14 ދެން އީސާގެފާނު ވަޑައިގެން ސަންދޯކުގެ މަތީގައި އަތްޕުޅު ބޭއްވެވުމާއިއެކު ސަންދޯއް އުފުލަމުން ދިޔަ މީހުން ހުއްޓިއްޖެއެވެ. ދެން އީސާގެފާނު މަރުވެފައިވާ މީހާއަށް ވިދާޅުވިއެވެ. ”އޭ ޒުވާނާ. ތެދުވޭ!“
އެކަލޭގެފާނު އެ އަންހެންކުއްޖާގެ އަތުގައި ހިއްޕެވުމަށް ފަހު އެކުއްޖާއަށް ވިދާޅުވިއެވެ. ”ތަލީތާ ކޮއުމް“ މާނައީ ”ކުޑަ ކަނބުލޯ، ތެދުވުމަށް އަހަރެން އަމުރުކުރަން!“
މާތްސާހިބާއަށް މިކަނބުލޭގެ ފެނި ވަޑައިގަތްހިނދު ވަރަށް ދެރަފުޅުވިއެވެ. އަދި އެކަނބުލޭގެއަށް ވިދާޅުވިއެވެ. ”ނުރޮއެ.“
މަރުވެފައި ވީ ޒުވާނާ ތެދުވެ ވަގުތުން ވާހަކަދައްކަން ފެށިއެވެ. އެ ހިނދު އީސާގެފާނު އޭނާ އޭނާގެ މަންމަޔާ ހަވާލު ކުރެއްވިއެވެ.
އީސާގެފާނު ކުރެއްވި ކަންތަކުގެ މިޚަބަރު މުޅި ޖުދެއާ އާއި އަދި ކައިރީގައި ވާ އެހެން ރަށްތަކަށް ވެސް ފެތުރިގެން ހިނގައްޖެއެވެ.
އީސާގެފާނު ވިދާޅުވިއެވެ. ”މީހުންނަށް އަލުން ދިރުން ދޭނީ އަހަރެން. އަދި މީހުންނަށް ނިމުންނުވާ ދިރިހުރުން ދެނީ ވެސް ހަމަ އަހަރެން. އަހަރެން ގަބޫލުކޮށް އީމާންވާ މީހުން މަރުވިޔަސް ދިރިތިބޭނެ.
ބައްޕާފުޅު މީސްތަކުން މަރުވުމަށް ފަހު އަލުން ދިރުއްވާހެން ހަމަ ދަރިކަލުން ވެސް އެދަރިކަލުން ބޭނުންފުޅު މީހަކަށް ދިރުން ދެއްވާނެ.
އަހަރެން ބުނަންތަ؟ އެފަދަ ދުވަހެއް އެބައާދޭ. އަދި ކޮބާ! އެދުވަސް މިހާރު ވެސް މި ވަނީ އައިސްފަ. އެދުވަހުން މަރުވެފައިވާ މީހުންނަށް މާތްރަސްކަލާނގެ ދަރިކަލުންގެ އަޑުއިވޭނެ. އަދި އެ އަޑު އިވޭ ބަޔަކަށް ދިރިހުރުން ލިބޭނެ.
ގޯސް މީހުން ވަންހަނާގައި ކުރަމުން ގެންދާ އަމަލުތަކުގެ ވާހަކަތަކަކީ ދެއްކުން ލަދުވެތި ވާހަކަތަކެކެވެ.