10 ރޯމުގެ ސިފައިންގެ މީހާ ފޮނުވި މީހުން އެނބުރި އޭނާގެ ގެއަށް ދިޔައިރު އެސިފައިންގެ މީހާގެ ނޯކަރުވަނީ އޭނާއަށް ޖެހިފައި ވީ ބޮޑު ބަލިން ގަދަވެ މުޅިން ފަސޭހަވެ ރަނގަޅުވެފައެވެ.
އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”ދައްތާ. ދައްތަގެ އީމާންތެރިކަން ވަރަށް ވެސް މަތިވެރި. ދައްތަ އެދިގެންވާ ކަމެއް އަހަރެން ދައްތައަށް ކޮށްދޭނަން.“ އަދި ހަމަ އެ ހިނދު އެ އަންހެނާގެ ދަރިފުޅު ބަލިން ފަސޭހަވެ ރަނގަޅުވިއެވެ.
އެއަށް ފަހު އީސާގެފާނު އެ އޮފިސަރަށް ވިދާޅުވިއެވެ. ”ތިބާ އެނބުރި ގެއަށްދޭ. ތިބާގެ އީމާންތެރިކަމުގެ ސަބަބުން ތިބާގެ ނޯކަރުގެ ބަލި ރަނގަޅުވާނެ.“ ހަމަ އެހިނދު، އެ އޮފިސަރުގެ ނޯކަރުގެ ބަލި ފަސޭހަވިއެވެ.
އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެންނަށް ކުޅަދާނަވެގެން ވާނަމައޭ ތިބާ ތިޔަ ބުނީ ކީއްވެ؟ އީމާންތެރިކަމުގައިވާ މީހަކަށް ކޮންމެ ކަމެއް ވެސް ކުޅަދާނަ ވެގެންވާނެ.“
އެއަށް ފަހު އީސާގެފާނު ނާޔިން އޭ ކިއުނު ރަށަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަސްޙާބީންނާއި އަދި އެހެން ވެސް އެތައް ގިނަ މީސްތަކުންނެއް އެކަލޭގެފާނާއި އެކުގައި ވިއެވެ.
އީސާގެފާނަށް އިވިވަޑައިގެން ރޯމުގެ ސިފައިންގެ މީހާގެ މިބަސްތަކުގެ ސަބަބުން އީސާގެފާނު ހައިރާންވެ ވަޑައިގެން އެކަލޭގެފާނުގެ އަރިހުގައި ވީ މީސްތަކުންނަށް ވިދާޅުވިއެވެ. ”މިފަދަ މަތިވެރި އީމާންކަމެއް މުޅި ބަނީއިސްރާއީލުންގެ ތެރެއިން ވެސް އަހަރެން ނުދެކެން.“