5 އީސާގެފާނު ވިދާޅުވިއެވެ. ”އިންސާނާގެ ދަރިކަލުން ކަމުގައިވާ އަހަރެންނަކީ ސަބަތުގެ ވެސް ވެރިސާހިބާ.“
އަދި އީސާގެފާނު މިފަދައިން ވާހަކަފުޅު ފުރިހަމަ ކުރެއްވިއެވެ. ”ސަބަތު ވަނީ އިންސާނުންނަށްޓަކައި. އިންސާނުން ވަނީ ސަބަތަށްޓަކައެއް ނޫން.
އެ ހިނދު ވިލާގަނޑެއް ފާޅުވެ އަދި އޭގެ ހިޔަނީގައި އެބޭކަލުން ފޮރުވިގެންވިއެވެ. އަދި އެ ވިލާގަނޑުގެ ތެރެއިން އަޑެއް އިވިގެން އައެވެ. ”މިއީ ތިމަންކަލާނގެ ލޯބިވެވޮޑިގެންވާ ދަރިކަލުން. އެކަލޭގެފާނުގެ އަޑު އައްސަވާ!“
ދާއޫދުގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރުމަށް ޚާއްސަ ކޮށްފައިވާ މާތް ތަނަށް ވަދެ ހަމައެކަނި އިމާމުން ފިޔަވާ އެހެން އެކަކު ވެސް ކެއުން މަނާ ކޮށްފައިވާ ބޯރޮށި ފަރީއްކުޅުއްވި. އަދި އެއިން އެކަލޭގެފާނުގެ އެކުވެރިންނަށް ވެސް ދެއްވި.“
އަދި ސަބަތުގެ އެހެން ދުވަހެއްގައި އީސާގެފާނު ދީނީ މަރުކަޒަކަށް ވަޑައިގެން މާތްރަސްކަލާނގެ ބަސްފުޅުތައް މީސްތަކުންނަށް އަންގަވާދެއްވަމުން ގެންދެވިއެވެ. އެތާނގައި ކަނާއަތް ވާވެފައި ވީ ފިރިހެނަކު ހުއްޓެވެ.
މާތްސާހިބާގެ ދުވަހުގައި މާތްރޫޙުފުޅުގެ ބާރުފުޅުން އަހަރެން ފުރިގެން ވިއެވެ. އަދި ތާޅަފިލީގެ އަޑުފަދަ ގަދަ އަޑެއް އަހަރެންނަށް އިވުނެވެ. އެ ހިނދު އެއަޑު އަހަރެންގެ ފުރަގަހުން ވާހަކަ ދައްކަމުން ދިޔައެވެ.