Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 6:48 - ކިތާބުލް މުޤައްދަސާ

48 އޭނާއަކީ ބިން ފުންކޮށް ކޮނެ ވަރުގަދަ ބިންގަލެއް އަޅާ އޭގެމަތީ ގެއެއް ބިނާކުރި މީހާގެ މިސާލު. ކަނޑު ގަދަވެ ރާޅު އަރައި ބޮޑު ރާޅުތަކުގެ ހަމަލާ އެގެއަށް އައި. ނަމަވެސް އެގެ ބިނާ ކުރެވިފައި ވަނީ ރަނގަޅަށް ކަމުން އެގެއަކަށް ގުޑުމެއް ނޭރި.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 6:48
37 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެއަކީ މިއަޅާގެ ރައްކާތެރި ކަމުގެ ހިލައެވެ. މިއަޅާގެ ކިއްލާއެވެ. މިއަޅާ ނަޖާކޮށްދެއްވާ ކަލާނގެ.


މާތްރަސްކަލާނގެ ފިޔަވައި އެހެން ކަލެއް ނުވެއެވެ. މާތްކަލާނގެ ނޫން އެހެން ގަލެއް ވެސް ނުވެއެވެ.


ދިރިދެމިވޮޑިގެންވާ މާތްރަސްކަލާނގެ އަކީ މިއަޅާގެ ހިލައެވެ. މާތްރަސްކަލާނގެއަށް މިއަޅާ ޙަމްދު ކުރަމެވެ. އެކަލާނގެއީ އިއްޒަތްތެރި ކަލާނގެއެވެ. މިއަޅާއަށް ނަޖާ ކުރައްވާ ގަލެވެ.


މިއަޅާގެ އަދާވާތްތެރިން މިއަޅާ މަރާލަން އުޅުނެވެ. މަރުގެ ރާޅުތަކުގެ ތެރެއަށް މި އަޅާއަށް ވަދެވުނެވެ. ގަދަފަދަ އޮއިވަރާއެކު އޮހެމުން ދިޔަ ފެންގަނޑެއްގެ ތެރެއަށް މިއަޅާ ވެއްޓުނެވެ. އެއީ މަރާ ދިމާއަށް ދިޔަ ތޫފާނެކެވެ.


އިސްރާއީލުގެ ކަލާނގެ ވަޙީ ކުރެއްވިއެވެ. ’⁠އިސްރާއީލުންގެ ހިލަ⁠‘ އަހަންނަށް އެންގެވިއެވެ. ’⁠އަދުލުވެރި ރަސްކަލެއްނަމަ އެރަސްގެފާނު އަމުރު ހިންގަވާނީ މާތްކަލާނގެ ކިބަފުޅަށް ބިރުވެތިވެ ހުރެގެންނެވެ.


ޙަޔާތަށް ތޫފާނެއް އަންނަ ހިނދު ނުބައިނުލަފާމީހުން ގެއްލި ހިނގައިދާނެއެވެ. އެކަމަކު ޞާލިޙުން ތިބޭނީ އަބަދުވެސް ސަލާމަތްކަން މަތީގައެވެ.


އަހަރެން ކައިރިއަށް އައިސް އަހަރެންގެ ބަސްތަކުގެ އަޑުއަހާ އެއަށް އަމަލުކޮށް އުޅޭ މީހެއްގެ މިސާލު ބުނަން ތަ؟


ނަމަވެސް އަހަރެންގެ ބަސްތަކުގެ އަޑުއަހާ އެއަށް އަމަލުނުކޮށް އުޅޭ މީހަކީ ބިންގަލަކާ ނުލާ މަޑު ފަސްގަނޑެއްގެ މަތީގައި ގެއެއް އެޅި މީހަކާއި އެއްފަދަ މީހެއް. ބޮޑު ރާޅުތަކުގެ ހަމަލާ އެގެއަށް ލިބުމާއިއެކު މުޅި ގެ ފުނޑުފުނޑުވެ ވީރާނާވެ ނެތި ހިނގައްޖެ.⁠“


އަހަރެން ކަލޭމެން ގާތު މިހުރިހާ ވާހަކައެއް މި ދެއްކީ އެއީ އަހަރެންގެ ކިބައިން ކަލޭމެންނަށް ފުރާނައިގެ ހިތްހަމަ ޖެހުން ދިނުމަށް. މި ދުނިޔޭގައި ކަލޭމެން ވަރަށް ގިނަ އުނދަގޫތަކާއި އަނިޔާތަކާއި ކުރިމަތިލާން ޖެހޭނެ. ނަމަވެސް އުފާކުރޭ ހިތްވަރު ދެރަ ނުކުރޭ. އަހަރެން މި ދުނިޔެ ބަލިކޮށް ކާމިޔާބު ހޯދައިފިން.⁠“


އެ ރަށްރަށުގައި އެމީހުން އީސާގެފާނަށް އީމާންވެގެން ތިބި މީސްތަކުންނަށް ހިތްވަރު ދީ އީމާންކަން މަތީ ދެމިތިބުމަށް ގޮވާލިއެވެ. އެމީހުން ބުންޏެވެ. ”⁠މާތްރަސްކަލާނގެ ރަސްކަންފުޅުގެ ބާރު ފުރިހަމަ ގޮތުގައި ހިނގާނެ ދުވަހުގެ ކުރިން އަހަރެމެންނަށް ވަރަށް ގިނަ އަނިޔާ ތަކާ ކުރިމަތިލާން ޖެހޭނެއޭ.⁠“


އަހަރެމެން ހުރިހާ އެންމެންނަކީ ބިނާކުރެވިފައިވާ ޢިމާރާތުގެ ބައެކެވެ. މަންދޫބުންނާއި ނަބީންނަކީ އެ ޢިމާރާތުގެ ބިންގައު ފަދައިންވާ ބައެއްމެއެވެ. އަދި އެ ޢިމާރާތުގެ އެންމެ މުހިންމު ބުންޔާދަކީ އަލްމަސީޙު އީސާގެފާނުގެ އަމިއްލަ ނަފްސުފުޅެވެ.


އެހެނަސް މާތްރަސްކަލާނގެ ބިންގާ ވަނީ ވަރުގަދައަށް ގާއިމުވެފައެވެ. މިބަސްފުޅުތައް ވަނީ އޭގައި ލިޔެވި ބިންވަޅު ނެގިފައެވެ. ”⁠މާތް ސާހިބާ އެކަލޭގެފާނުގެ އަހުލުވެރިން ދެނެވަޑައިގަންނަވައެވެ. އަދި އެކަލޭގެފާނުގެ ނަންފުޅުގައި އަޅުކަންކުރާ މީސްތަކުން އެންމެހާ ނުބައި ކަންތަކުން ދުރުވެގެންވާށެވެ.⁠“


އެހެންވީމާ، މަގޭ އަޚުންނާއި އުޚުތުންނޭވޭ! މީސްތަކުންގެ ތެރެއިން މާތްރަސްކަލާނގެ ގޮވާލައްވާ، ތިޔަބައިމީހުން ޚިޔާރު ކުރެއްވި ގޮތާއިމެދު ސާބިތުކޮށްދިނުމަށް ގަދައަޅައި މަސައްކަތްކުރާށެވެ. މި ގޮތުގައި ތިޔަބައިމީހުން ތިބެއްޖެނަމަ ފާފައިގެ ތެރެއަށް ފުރޮޅިގެންނެއް ނުދާނެއެވެ.


އަހަރެންގެ ދަރިންނޭވެ! އެހެންވީމާ، އަލްމަސީޙާއި އެކުގައި ބަދަހި ގުޅުމެއްގައި ދެމިތިބޭށެވެ. އެއީ މި ދުނިޔެއަށް އެކަލޭގެފާނު އެނބުރިވަޑައި ގަންނަވާ ހިނދު ލަދުވެތި ކަމެއް ނެތި ފުރިހަމަ ހިތްވަރާއެކު އެކަލޭގެފާނާއި ބައްދަލު ވާނެ ގޮތް މެދުވެރި ވުމަށްޓަކައެވެ.


ތިޔަބައިމީހުން ކައްސައިލިޔަނުދީ އެހީތެރިވުމުގެ ކުޅަދާނަކަން ލިބިވޮޑިގެން ވަނީ މާތްރަސްކަލާނގެ ކިބަފުޅަށެވެ. ތިޔަބައިމީހުން ކުށެއް ނެތި މާތްކަލާނގެ ޖަލާލަތުވަންތަ ޙަޟްރަތުގައި އުފަލުން ފުރިގެން ވާނެ ގޮތް މެދުވެރި ކުރައްވަނީ އެކަލާނގެއެވެ.


އިނބަރަސްކަލާނގެ ފިޔަވައި މުޤައްދަސް ވަންތަ ކަލަކު ނުވޭ. އިނބަރަސްކަލާނގެ ފިޔަވައި ރައްކާތެރިކަމުގެ ނިވަލެއް ދެވޭނެ އެހެން ފަރާތެއް ނުވޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ