Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 6:45 - ކިތާބުލް މުޤައްދަސާ

45 ރަނގަޅު މީހުންގެ ހިތްތައް ރަނގަޅު ޚިޔާލުތަކުން ފުރިފައި ވާތީ އެމީހުން ރަނގަޅު އަމަލުތައް ކުރޭ. ނުބައިމީހުންގެ ހިތްތައް ނުބައި ޚިޔާލުތަކުން ފުރިފައި ވާތީ އެބައިމީހުން ނުބައި އަމަލުތައް ކުރޭ. ދުލުން ފާޅު ކުރެވެނީ ހިތުގެ އަޑީގައި އުފެދިގެން ނުކުންނަ ބަސްތައް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 6:45
31 ပူးပေါင်းရင်းမြစ်များ  

ވިސްނާ ނުލާ ދޫކޮށްލާ ބަސްތަކުން ވާނީ ޒަޚަމެވެ. ބުއްދިވެރި ބަސްތަކުން ލިބޭނީ ޝިފާއެވެ.


ރަނގަޅު ދަނޑިވަޅުގައި ދޭ ރަނގަޅު ޖަވާބަކުން އެންމެން އުފާކުރުވައެވެ.


ތިމާ ވިސްނާ ކަންތަކަށް ސަމާލުވާށެވެ. އެހެނީ ދިރިއުޅުން ބިނާވާނީ ތިމާ ވިސްނާ އެއްޗެއްގެ މައްޗަށެވެ.


އަހަރެންނަށް އީމާންވާ ކޮންމެ މީހެއްގެ ހިތުގައި ވެސް، މާތްރަސްކަލާނގެ ވަޙީ ބަސްފުޅުގައި ލިޔެވިގެންވާ ފަދައިން، ދިރުން ލިބޭ ފެން އާރުތައް ވެސް އުތުރި އަރާނެ.⁠“


ޕަތަރަސް ބުންޏެވެ. ”⁠އަނާނިޔާހު އޭ، ކަލޭގެ ހިތަށް ޝައިތާނާ ވެރިވިޔަ ތިޔަ ދިނީ ކީއްވެ؟ ކަލޭގެ ބިން ވިއްކާލާ ލިބުނު ލާރިން ބައެއް ފޮރުވާ މާތްރޫޙުފުޅަށް ތިޔަ ދޮގުހެދީ ކީއްވެ؟


މާތްރަސްކަލާނގެ މުޤައްދަސް ކުރެއްވި މީހުންގެ ތެރެއިން އަހަރެންނީ އެންމެ ނިކަމެތި އިންސާނާއެވެ. ނަމަވެސް މާތްރަސްކަލާނގެ އަހަރެންގެ މައްޗަށް އޯގާވެރިވެ ވޮޑިގަންނަވާ އަހަރެން ޚިޔާރު ކުރެއްވީ ބަނީއިސްރާއީލު ދަރިކޮޅުގެ އަހުލުވެރިން ނޫން ދަރިކޮޅުތަކަށް އަލްމަސީޙުގެ ރަޙުމަތްފުޅާއި ބަރަކާތާއި ނިޢުމަތްފުޅަކީ މިން ކުރެވޭނޭ ކަމެއް ނޫންކަމުގެ ހެޔޮޚަބަރުފުޅު ދިނުމަށެވެ.


ހަޑިހުތުރު ބަސްތަކުން ތިޔަބައިމީހުންގެ ދޫ ރައްކާތެރިކުރާށެވެ. ވަގުތާ ޙާލަތަށް ބަލައި މީހުންނަށް ފައިދާހުރި ހެޔޮބަސްތަކުން މުޚާތަބުކުރާށެވެ. އޭރުން އެބަސްތަކުގެ އަޑުއިވޭ ފަރާތްތަކަށް ހިތްވަރު ލިބިދޭނެއެވެ.


އޭރުން، އަނެކުންނާއި މުޢާމަލާތް ކުރާ ހިނދު ހިތްވަރު ދިނުމަށްޓަކައި ޒަބޫރުގެ ފަތްފުށްތަކުންނާއި މަދަޙައިގެ މަދަހައިންނާއި ރޫޙާނީ ލަވަތަކުން މުޢާމަލާތް ކުރެވޭނެއެވެ. މިފަދަ ރާގުތަކުން ތިޔަބައިމީހުންގެ ހިތްތަކުގައި މާތްސާހިބާއަށްޓަކައި ރާގު އުފައްދާށެވެ. މާތްސާހިބާ އަށް ހަމްދާ ސަނާ ކިޔާށެވެ.


އީސާއަލްމަސީޙުގެ ރިސާލަތު އޭގެ މުއްސަނދިކަމާއެކު ތިޔަބައިމީހުންގެ ކިބައިގައި އެކުލަވާށެވެ. އަދި އެކަކު އަނެކަކަށް އޭގެ ޙިކުމަތްތައް ކިޔައިދީ ވިސްނައިދީ ހަދާށެވެ. މިއާއެކު މާތްކަލާނގެ ކިބަފުޅަށް ޝުކުރު ދަންނަވައި މަދަހަ ސަނާ ކިޔައި ރޫހާނީ ލަވަޔާއި ތަރާނާތައް ކިޔަމުން ދާށެވެ.


ހިތްގައިމުކަމާއި ޝައުގުވެރިކަން އެކުލެވޭ ގޮތުގައި އެމީހުންނާ ވާހަކަ ދައްކާށެވެ. އޭރުން އެމީހުންގެ ސުވާލުތަކަށް ރަނގަޅުގޮތުގައި ޖަވާބު ދެވޭނެއެވެ.


އެކަމަކު ތިމަންކަލާނގެ އިސްރާއީލުންނަށް މި އާ ޢަހުދުނާމާ ގާއިމު ކުރައްވައި، ތިމަންކަލާނގެ މީސްތަކުންގެ ސިކުނޑިއަށް އެއަމުރުފުޅުތައް ވައްދަވައި، އެއަމުރުފުޅުތައް އެމީހުންގެ ހިތްތަކުގައި ލިޔުއްވާނެ ދުވަސް އެބަ އާދެއެވެ. ތިމަންކަލާނގެ ވާހުށީ އެމީހުންގެ ކަލާނގެ ކަމުގައެވެ. އަދި އެމީހުން ވާހުށީ ތިމަންކަލާނގެ މީހުން ކަމުގައެވެ.


އެކަލޭގެފާނު ވަޑައިގަންނަވާނީ ހުރިހާ އެންމެންގެ މައްޗަށް އިންސާފު ގާއިމު ކުރެއްވުމަށެވެ. އަދި ކަލެއް ނެތް ކަމަށް ދެކެގެން ނުބައިކަންތައް ކުރި މީހުންނާއި ކަލެއް ނެތް ކަމަށް ދެކެ ފާފަކޮށް އެކަލާނގެއާ ދެކޮޅުވެރި ބަސްތައް ބުނި ހުރިހާ އެންމެން ކުށްވެރި ކުރެއްވުމަށެވެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ