Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 6:41 - ކިތާބުލް މުޤައްދަސާ

41 ކަލޭމެން އަނެކާގެ ލޮލުގައި އިން ކުނޑިކޮޅެއް ފެނިގެން އެއާމެދު ކަންބޮޑުވާ އިރު ކަލޭގެ އަމިއްލަ ލޮލުގައި އޮތް ބޮޑު ވަކަރުގަނޑާ ދޭތެރޭ ކަންބޮޑު ނުވަނީ ކީއްވެ؟

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 6:41
18 ပူးပေါင်းရင်းမြစ်များ  

”⁠އެހެން މީހުންގެ ކުށްތަކަށް ފައިސަލާ ނުކުރޭ. އެހެންނޫނީ ތިޔަބައިމީހުންގެ ކުށްތަކަށް ވެސް ފައިސަލާ ކުރައްވާނެ.


އަދި އެކަލޭގެފާނުގެ އަސްޙާބީންގެ އަތުގައި ވީ މަދު މަސްކޮޅު ނަންގަވާ މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ދެންނެވިއެވެ. ދެން އެކަލޭގެފާނުގެ އަސްޙާބީންގެ އަތަށް ދެއްވައި މީސްތަކުންނަށް ކާން ދެއްވުމަށް އެންގެވިއެވެ.


ދަރިވަރަކު އޭނާގެ އެދުރަކަށް ވުރެ މޮޅެއް ނުވާނެ. ނަމަވެސް ފުރިހަމައަށް ތަމްރީނު ލިބުމުން އޭނާގެ އެދުރުމީހާ އެއްވަރަށް މޮޅުވާނެ.


ކަލޭގެ އަޚާއާއި ދިމާލަށް އޭނާގެ ލޮލުގައި ވާ ކުނޑިކޮޅު ނަގަން ދައްކާށޭ ބުނާއިރު ކަލޭގެ އަމިއްލަ ލޮލުގައި އޮތް ވަކަރުގަނޑު ކަލެއަށް ނުފެންނަނީ ކީއްވެ؟ އޭ ދެފުށްދެގޮތް މީހާ. އެންމެފުރަތަމަ ކަލޭގެ ލޮލުގައި ތިއޮތް ވަކަރުގަނޑު ނަގާ. އޭރުން ކަލޭގެ އަޚާގެ ލޮލުގައި ވާ ކުނޑިކޮޅު ނެގުމަށް ކަލެއަށް ސާފުކޮށް ފެންނާނެ.⁠“


އެކަމު އެމީހުން ކުރުނުކޮށް ހުއްޓުމެއް ނެތި އެކަލޭގެފާނުގެ ކިބައިން ޖަވާބަކަށް އެދެމުން ދިޔައެވެ. އެހެންކަމުން އެންމެފަހުން އީސާގެފާނު ތެދުވެވަޑައިގެން ވިދާޅުވިއެވެ. ”⁠އޭނާގެ ގައިގައި ޖަހަން އެއްލާ އެންމެފުރަތަމަ ހިލަގަނޑު އެއްލަން ޖެހޭނީ މިތާނގައި ތިބި މީހުންގެ ތެރެއިން ދުވަހަކު ވެސް ފާފައެއް ކޮށްފައި ނުވާ މީހަކު.⁠“


އެއީ އެބައިމީހުންނަށް އެބައިމީހުންގެ މޫނު ފެނެއެވެ. އަދި އެ ލޯގަނޑުގެ ކުރިމަތިން ދިއުމުން އިސާހިތަކު އެމީހުންގެ ޙަޤީޤީ ސޫރަ ހަނދާންނެތިދެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ