Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 6:38 - ކިތާބުލް މުޤައްދަސާ

38 ދީލަތިވޭ. އެއިރުން މާތްރަސްކަލާނގެ ކަލެއަށް ދީލަތިވެ ވޮޑިގެން ވާނެ. ފުރި ބާރުވެ ބަންޑުން ވަމުން ދާ ނާޅިއަކުން ކަލެއަށް މިނެ ދެއްވާނެ. ކަލޭ މިނި ނާޅިއަކުން އެކަލާނގެ ވެސް ކަލެއަށް މިނެ ދެއްވާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 6:38
29 ပူးပေါင်းရင်းမြစ်များ  

ކަލޭގެފާނާއެކު ކޯރު ހުރަސްކޮށް އަޅުގަނޑު ތަންކޮޅަކަށް ހިނގައިދާނަން. އެކަމަކު އަޅުގަނޑު ގެންދަވައި ތިޔަ ދެއްވާ އިނާމެއް އަޅުގަނޑަކަށް ޙައްޤެއް ނޫން.


ލޮލަކަށް ލޮލެއް، ދަތަކަށް ދަތެއް، އަތަކަށް އަތެއް، ފަޔަކަށް ފަޔެއް.


މާތްރަސްކަލާނގެ ތިމާއަށް ދެއްވާ މުދަލުން ފުދެން ވާނެއެވެ. ތިމާ އިތުރަކަށް ކަންބޮޑުވާކަށް ނުޖެހެއެވެ.


ފަގީރަކަށް އެހީވެއްޖެނަމަ އެއީ މާތްރަސްކަލާނގެ ކިބަފުޅަށް ދޫކުރެވޭ ދަރަންޏެކެވެ. އެކަލާނގެ އެ ދަރަނި އަދާކޮށް ދެއްވާނެއެވެ.


ދީލަތި މީހުންނަށް ބަރަކާތް ލައްވާނެތެވެ. އެހެނީ އެމީހުންނަކީ ފަގީރުންނަށް ކާންދޭ ބައެކެވެ.


އަދި އަހަރެންނަށް ތަބާވާ ފަރާތްތަކުގެ ތެރެއިން އެންމެ އާރެއް ބާރެއް ނެތް މީހަކަށް ފިނިފެން ތައްޓެއް ދިން މީހަކަށް ވެސް ހަމަކަށަވަރުން މާތްރަސްކަލާނގެ ޘަވާބު ދެއްވާނެ.⁠“


މާތް ރަސްކަލާނގެ ތިޔަބައިމީހުންގެ ކަންކަމާއި މެދު ފައިސަލާ ކުރައްވާނީ ތިޔަބައިމީހުން އަނެކުންގެ ކަންކަމާއި މެދު ފައިސަލާ ކުރާ ގޮތަށް. އަދި މާތްރަސްކަލާނގެ ތިޔަބައިމީހުންނާއި މެދު މިނާލައްވާނީ ތިޔަބައިމީހުން އަނެކުންގެ ކަންކަމާއި މެދު މިނި ނާޅިއަކުން.


އަދި އެބައިމީހުންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުންނަށް އަޑު އިވުނު ކަންތަކާ މެދު ސަމާލުވޭ! ތިޔަބައިމީހުން މިނާ ނާޅިއަކުން ތިޔަބައިމީހުންނާ މެދުގައި ވެސް މިނެމުން ދާނެ. އަދި އެއަށް ވުރެން ވެސް އިތުރަށް މިނޭނެ.


ކަލޭގެ ކިބައިން އެއްޗަކަށް އެދޭ ކޮންމެ މީހަކަށް އެއެއްޗެއް ދީ. އަދި ކަލޭގެ އެއްޗެއް އެހެން މީހަކު އަތުލައިފި ނަމަ އެއެއްޗެއް އަނބުރާ ދިނުމަށް ނޭދޭ.


އެހެނީ އެއްވެސް މީހެއްގެ ކިބައިގައި އަނެކާ އާއިމެދުގައި ރަޙުމެއް ނުވާނަމަ އިންސާފު ކުރައްވާ ހިނދު އެމީހަކަށް ރަޙުމެއް ނުލިބޭނެއެވެ. ނަމަވެސް ކަލޭމެން އޯގާތެރިވެގެންވާނަމަ މާތްރަސްކަލާނގެ އިންސާފު ކުރައްވާ ހިނދު ކަލޭމެންގެ މައްޗަށް އެކަލާނގެ އޯގާވަންތަވެ ވޮޑިގެންވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ