Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 6:29 - ކިތާބުލް މުޤައްދަސާ

29 ކަލޭގެ އެއްކަންކަށި މަތީ މީހަކު ޖަހައިފި ނަމަ އެނބުރިފައި އަނެއް ކަންކަށި ވެސް ޖަހަން ދައްކާ. މީހަކު ކަލޭގެ ކޮނޑުގައި އޮތް ސާލު އަތުލައިފި ނަމަ އެމީހަކު ކަލޭ ލައިގެން ހުރި ގަމީސް އަތުލުމަށް ވެސް ހުރަސް ނާޅާ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 6:29
15 ပူးပေါင်းရင်းမြစ်များ  

މަފީބޫޝަތު ރަސްގެފާނަށް ދެންނެވިއެވެ. ”⁠އަޅުގަނޑުގެ ސާހިބު ރަސްގެފާނު. ކަލޭގެފާނު ސަލާމަތުން އެނބުރި ވަޑައިގެންނެވީމާ އަޅުގަނޑަށް އެ ނިމުނީ. ސީބާއަށް އެ ހުރިހާ ބިމެއް ދެއްވާ.⁠“


އެއާއެކު އީސާގެފާނުގެ މޫނުފުޅަށް އެމީހުން ކުޅު ޖެހިއެވެ. އަދި ގޮށްމުށުން އެކަލޭގެފާނުގެ ހަށިކޮޅުގައި ތެޅިއެވެ. އަދި އަނެއްބަޔަކު އެކަލޭގެފާނުގެ ކަންކަށިފުޅުގައި ތެޅިއެވެ.


އެމީހުން އެކަލޭގެފާނު ކަނުބަނދެފައި ބުންޏެވެ. ”⁠ނިކަން ބުނެބަލަ، ދެންމެ ކަލޭ ގައިގައި އެޖެހީ ކާކު؟⁠“


ކަލޭގެ ކިބައިން އެއްޗަކަށް އެދޭ ކޮންމެ މީހަކަށް އެއެއްޗެއް ދީ. އަދި ކަލޭގެ އެއްޗެއް އެހެން މީހަކު އަތުލައިފި ނަމަ އެއެއްޗެއް އަނބުރާ ދިނުމަށް ނޭދޭ.


އީސާގެފާނު މިހެން ވިދާޅުވުމާއި އެކު ބައިތުލް މަޤްދިސްގެ ސިފައިންގެ މީހަކު އީސާގެފާނުގެ މޫނުފުޅު މަތީގައި ޖެހިއެވެ. އަދި ބުންޏެވެ. ”⁠އުއްތަމަ އިމާމާއި ތިޔަ ގޮތަށް ވާހަކަ ނުދައްކާ!⁠“


ޕައުލް މިހެން ބުނި އަޑު ހަމަ އިވުމާއި އެކު އުއްތަމަ އިމާމު އަނާނިޔާހު ޕައުލްއާއި ކައިރީގައި ވީ މީހުންނަށް އޭނާގެ އަނގަމަތީގައި ޖެހުމަށް އެންގިއެވެ.


އަދި ޖަލަށް ލެވުނު މީހުންނާމެދު ކަލޭމެން އޯގާވެރިވިއެވެ. މީގެ އިތުރުން ކަލޭމެން އުފަލުން ކަލޭމެންގެ މުދާތައް ލޫޓުވެން ވެސް ދޫކޮށްލިއެވެ. އެހެނީ ކަލޭމެންނަށް ލިބެން ހުރީ މާރަނގަޅު އަދި ދާއިމަށް ހުންނާނެ ތަކެތިކަން ކަލޭމެންނަށް އޭރުވެސް ވިސްނުނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ