ލޫކާސް 6:27 - ކިތާބުލް މުޤައްދަސާ27 އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެންގެ ބަސްތައް އަޑުއަހާ މީހުންނަށް ބުނަން. ކަލޭމެންގެ އަދާވާތްތެރިން ދެކެ ލޯބިވޭ. ކަލޭމެންނަށް ނުބައިކޮށް ހިތާ ކަލޭމެންގެ މައްޗަށް ނަފްރަތުކުރާ މީހުންނަށް ހެޔޮކޮށް ކަންތައް ކުރޭ. အခန်းကိုကြည့်ပါ။ |
އެވަގުތު އީސާގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް ދެންނެވިއެވެ. ”ބައްޕާ! އެބައިމީހުންގެ ފާފަ ފުއްސަވާ ދެއްވާ. އެބައިމީހުން އެކުރާ ކަންތައްތަކެއް އެބައިމީހުންނަކަށް ނުވިސްނޭ.“ އީސާގެފާނު ސަލީބަށް އެރުވުމުގެ ކަންތައް ކުރި ސިފައިންގެ މީހުން އެކަލޭގެފާނުގެ ހެދުންކޮޅު ލިބޭނެ މީހަކު ބެލުމަށް ގުރުއަތު ލިއެވެ.
ކަލޭމެން ކަލޭމެންގެ ދުޝްމިނުން ދެކެ ލޯބިވޭ. އެބައިމީހުންނަށް ހެޔޮކޮށް ހިތާ ރަނގަޅަށް ކަންތައް ކުރޭ. އަދި ކަލޭމެން ކައިރީ މީހަކު ދަރަންޏަށް އެއްޗެއް ދޭން އެދެފި ނަމަ އެއެއްޗެއް އަނބުރާ ލިބުމަށް އުންމީދު ނުކޮށް އެމީހަކަށް އެ އެއްޗެއް ދީ. އޭރުން ކަލޭމެންނަށް މާތްރަސްކަލާނގެ ދެއްވާ ޘަވާބު ބޮޑުވާނެ. އަދި ކަލޭމެންނަކީ އެންމެމަތިވެރި ފަރާތުގެ ދަރިން ކަމުގައި ވާނެ. އެއީ އެކަލާނގެއީ ޝުކުރުވެރި ނުވާ މީހުންނަށާއި ނުބައިނުލަފާ މީހުންނަށް ވެސް އޯގާތެރިވެ ވޮޑިގެންވާ ކަލާނގެ.
ގޮވާން ހެއްދުމަށް ރަނގަޅު ބިމުގެ މައްޗަށް އޮހުނު އޮށްތަކުގެ މިސާލަކީ މާތްރަސްކަލާނގެ ބަސްފުޅުތަކުގެ އަޑުއިވި އެއަށް ކިޔަމަންވެ އަދި އެގޮތުގައި ދެމިތިބެ އެކަލާނގެއަށް އިތުބާރު ކުރާ ހިތުގެއަޑި ސާފު ރަނގަޅު ތެދުވެރި މީހުންގެ މިސާލު. އެބައިމީހުންނަކީ ރަނގަޅު ގޮވާން ލިބޭ ފައިދާ ހުރި ގަސްތަކެއް ފަދަ ބައެއް.“