Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 6:25 - ކިތާބުލް މުޤައްދަސާ

25 ކަލޭމެންގެ ތެރެއިން ރަނގަޅަށް ކާން ލިބި ބަނޑުފުރިފައިވާ މީހުންނަށް ހިތާމަ ހުރި. އެއީ އެމީހުން ވާނީ ބަނޑުހައި ހޫނުކަން މަތީގަ. އަދި މިއަދު ހީ އުފާކުރާ މީހުންގެ މައްޗަށް ހިތާމަ ހުރި. އެއީ ފަހުން އެމީހުން ހިތާމަކޮށް ކަރުނަ އަޅަން ޖެހޭނެތީ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 6:25
33 ပူးပေါင်းရင်းမြစ်များ  

ހުނުމުގެ ފުރަގަހުގައި ހިތްދަތިކަން ފޮރުވިދެއެވެ. އެކަމަކު ހުނުން ހުއްޓުމުން އެ ހިތްދަތިކަން ފާޅުވެދެއެވެ.


މިއަޅާ މުއްސަނދި ވެއްޖެނަމަ މިއަޅާ އިނބަރަސްކަލާނގެއަށް އިންކާރުކުރެވި މިހެން ބުނެވިދާނެއެވެ. ”⁠މާތްރަސްކަލާނގެއަކީ ކާކުހެއްޔެވެ؟⁠“ މިއަޅާ ފަގީރު ވެއްޖެނަމަ މިއަޅާއަށް ވައްކަން ކުރެވިދާނެއެވެ. އޭރުން އިނބަރަސްކަލާނގެ މާތް ނަންފުޅަށް ހުތުރު އެރުވުނީއެވެ.


ފަހެ މާތްރަސްކަލާނގެ ވަޙީ ކުރެއްވި. ’⁠އޭ ބުދިއެއް ނެތް ނުވިސްނޭ މީހާއޭ. ހަމަ މި ރޭ ތިމަންކަލާނގެ ކަލޭގެ ފުރާނަ ގެންދަވާނަމޭ. ދެން ކަލޭގެ އަމިއްލަ ފައިދާއަށްޓަކައި ރައްކާ ކޮށް ބަހައްޓައިފައިވާ ހުރިހާ ތަކެތި ލިބޭނީ ކާކަށް ހޭ؟⁠‘⁠“


އެތަނުގައި ހިތާމަ އާއި ރުއިމާ ކުކުރުން ވާނެ. އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނާއި އަދި ހުރިހާ ނަބީންނެއް ވެސް މާތްރަސްކަލާނގެ ޙަޟްރަތުގައި ވާތަން ކަލޭމެންނަށް ފެންނާނެ. ނަމަވެސް ކަލޭމެން އެތަނުން ބޭރު ކުރެވޭނެ.


ނަމަވެސް ކަލޭމެންގެ ތެރެއިން މުއްސަނދިންނަށް ހިތާމަ ހުރި. އެއީ އެމީހުންނަށް ލިބެން ވީ ހުރިހާ އަރާމާއި އުފަލެއް އެވަނީ ލިބިފަ.


މީހުން ކަލޭމެންގެ މައްޗަށް ހުޝާމިދުކޮށް ކަލޭމެންގެ ރަނގަޅު ވާހަކަތައް ދައްކާ ހަދަނީނަމަ ކަލޭމެންގެ މައްޗަށް ހިތާމަ ހުރި. އެއީ އެފަދަ މީހުންގެ ކާބަފައިން ދޮގު ރަސޫލުންނާއިމެދު ވެސް ރަނގަޅު ވާހަކަތައް ދައްކާ ހެދި.⁠“


މިމީހުން އީސާގެފާނަށް މަލާމާތް ކޮށް ހީ ހެދިއެވެ. އެއީ އެމީހުންނަށް އެކުއްޖާ ވަނީ މަރުވެފައިކަން ޔަޤީން ވާތީއެވެ.


ނުބައި ބަސްތަކުންނާއި ލަދުޙަޔާތްކުޑަ ވާހަކަތަކުންނާއި މޮޔަ ބަސްތަކަކީ ތިޔަބައިމީހުންނާ ގުޅޭ ކަހަލަ ކަންތަކެއް ނޫނެވެ. އޭގެބަދަލުގައި މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރުވެރިވާށެވެ.


އެ ހިނދު ދުނިޔޭގެ މީސްތަކުން މިފަދައިން ބުނާނެއެވެ. ”⁠އަހަރެމެން ސުލްޙައިގައި ވަމެވެ. އަދި އަހަރެމެން ސަލާމަތުން ވަމެވެ.⁠“ އެހެނަސް އެބައިމީހުންގެ މައްޗަށް ހަލާކު ކުރިމަތި ވެދެއެވެ. މިފަދައިން ކަންތައްތައް ވާނީ ނުހަނު އަވަހަށެވެ. އެއީ މާބަނޑު އަންހެނަކު ދަރިއަކު ވިހެއުމުގައި އަޅާ ވޭންވަރު ފަދައިން ހިނގާނެ ކަމެކެވެ. އެބައިމީހުންނަށް ސަލާމަތެއް ނެތެވެ.


ކަލޭމެންގެ ފާފަވެރިކަމާއިމެދުގައި ހިތާމަކުރާށެވެ. ކަރުނައަޅާ ރޯށެވެ. ކަލޭމެންގެ ހުނުންތައް ރުއިމަށް ބަދަލު ކުރާށެވެ. އަދި ކަލޭމެންގެ އުފާތައް ހިތާމައަށް ބަދަލު ކުރާށެވެ.


ތިޔަބައިމީހުން ބުނޭ. ’⁠އަހަރެމެންނީ މުއްސަނދި އަދި ތަނަވަސްވާނޭ ބައެއް. އަހަރެމެންނަކަށް އެއްވެސް ކަމަކަށް ބޭނުމެއް ނުވޭ.⁠‘ ނަމަވެސް ތިޔަބައިމީހުންނަށް ހުރި ހިތްދަތިކަމާއި، ނިކަމެތިކަމެތިކަމާއި، ފަގީރުކަމާއި، ލޯކަނުކަމާއި އަދި ތިޔަބައިމީހުން ތިބި ބަރަހަނާ މިންވަރު ތިޔަބައިމީހުންނަށް އެނގިގެން ނުވޭމެ.


ކުރީގައި ބަނޑު ފުރިފައި ހުރި މީހާ މިހާރު އެވަނީ ކާއެތިކޮޅަކަށްޓަކައި ބުރަ އުފުލަން ޖެހިފައި. ކުރީގައި ބަނޑުހައިވެފައި ހުރި މީހާ އެވަނީ ބަނޑު ފުރިފައި. ކުރީގައި ދަރިޔަކު ނުލިބޭ މީހާއަށް އެވަނީ ހަތް ދަރިން ލިބިފައި. ކުރީގައި ދަރިން ތިބި މީހާ އެވަނީ އެ ދަރިން ގެއްލި ބިކަވެފައި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ