Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 6:23 - ކިތާބުލް މުޤައްދަސާ

23 އެ ގޮތަށް ކަންތައްތައް ހިނގައިދާ ދުވަހުން ކަލޭމެން އުފަލުންނަށާ ހަދާ. އެއީ މާތްރަސްކަލާނގެ ކަލޭމެންނަށް މަތިވެރި ޘަވާބެއް ސުވަރުގެގައި ދެއްވާނެ. ކަލޭމެންނާއި ދޭތެރޭ އެފަދައިން ކަންތައް ކުރާ މީހުންގެ ކާބަފައިން ނަބީ ބޭކަލުންނާއި ދޭތެރޭ ވެސް ކަންތައްތައް ކުރީ ހަމަ އެފަދައިން.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 6:23
45 ပူးပေါင်းရင်းမြစ်များ  

މިއިރު ޝާއުލްގެފާނުގެ ދަރިކަނބަލުން މީކާލް ގޭގެ ކުޑަދޮރަކުން ބައްލަވަން އިންނެވިއެވެ. މާތްރަސްކަލާނގެ ފޮށިކޮޅު ދާއޫދުގެ ސަހަރަށް އެރުވި އިރު ދާއޫދު ރަސްގެފާނު އެ ފޮށިކޮޅު ކުރިމަތީގައި ފުމެއަރުއްވަމުން ނައްޓަވަމުން ގެންދަވާތަން ފެނިގެން އޭނާ ދާއޫދުގެފާނު ދެކެ ވަރަށްފޫހި ވެއްޖެއެވެ.


އެކަމާމެދު އުފާފާޅުކޮށް ހިތްހަމަޖައްސައިގެން ތިބޭތި! ސުވަރުގޭގައި މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް މަތިވެރި އިނާމެއް ދެއްވާނެ. އެއީ ކުރީގައި އުޅުއްވި ނަބީބޭކަލުންނަށް ވެސް މީސްތަކުން އަނިޔާކުރީ އެފަދައިން.⁠“


ކަލޭގެ ސަލާމުގެ އަޑު އިވުމާއިއެކު އަހަރެންގެ ބަނޑުގައި މި ވާ ދަރިފުޅު އުފަލުން ތޮޅެންފެށި.


ކަލޭމެން ކަލޭމެންގެ ދުޝްމިނުން ދެކެ ލޯބިވޭ. އެބައިމީހުންނަށް ހެޔޮކޮށް ހިތާ ރަނގަޅަށް ކަންތައް ކުރޭ. އަދި ކަލޭމެން ކައިރީ މީހަކު ދަރަންޏަށް އެއްޗެއް ދޭން އެދެފި ނަމަ އެއެއްޗެއް އަނބުރާ ލިބުމަށް އުންމީދު ނުކޮށް އެމީހަކަށް އެ އެއްޗެއް ދީ. އޭރުން ކަލޭމެންނަށް މާތްރަސްކަލާނގެ ދެއްވާ ޘަވާބު ބޮޑުވާނެ. އަދި ކަލޭމެންނަކީ އެންމެމަތިވެރި ފަރާތުގެ ދަރިން ކަމުގައި ވާނެ. އެއީ އެކަލާނގެއީ ޝުކުރުވެރި ނުވާ މީހުންނަށާއި ނުބައިނުލަފާ މީހުންނަށް ވެސް އޯގާތެރިވެ ވޮޑިގެންވާ ކަލާނގެ.


ދެން ޕައުލް އޭނާއަށް ގޮވާލާފަ ބާރަށް ބުންޏެވެ. ”⁠ކޮޅަށް ތެދުވޭ.⁠“ ހަމައެވަގުތު އެމީހާ ފުންމައިގެން ތެދުވެ ހިނގަންފެށިއެވެ.


ދެން އޭނާ ފުންމައިގެން ދެފައި މައްޗަށް ކޮޅަށް ތެދުވެ ހިނގަން ފެށިއެވެ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ސަނާ ކިޔަމުން ޕަތަރަސްއާއި ޔޫޙަންނާ އާއި އެކު ބައިތުލް މަޤްދިސްގެތެރެއަށް ދިޔައެވެ.


އީސާގެފާނުގެ މަންދޫބުން އެ ކޯޓުން އެނބުރި ދިޔައީ އުފާކުރަމުންނެވެ. އެއީ އެމީހުންނަކީ އީސާގެފާނުގެ ޙައްޤުފުޅުގައި އަނިޔާ ލިބުން އެކަށީގެންވާ ބަޔަކު ކަމުގައި މާތްރަސްކަލާނގެ ދެކެވޮޑިގެންވީތީއެވެ.


މިއަދު ތިޔަބައިމީހުންނަށްޓަކައި އަހަރެން މިވޭންތައް އުފުލަމުން ދާއިރު އަހަރެން މިވަނީ އުފަލުގައެވެ. އެއީ އަހަރެން ޖިސްމާނީ ގޮތުން އުފުލަމުން މިދަނީ އީސާ އަލްމަސީޙު އެކަލޭގެފާނުގެ ހަށިކޮޅު ކަމަށްވާ އެކަލޭގެފާނުގެ ޖަމާޢަތާމެދު އުފުލަމުން ގެންދަވާ ވޭނުގައި އަހަރެން ބައިވެރިވާތީއެވެ.


އަހަރެމެން މުސީބާތަށް ކެތްތެރިވެ ކުރިއަށް ދާނަމަ، އެކަލޭގެފާނާއެކު އަހަރެމެން ވެރިކުރާނެވެ. އަހަރެމެން އެކަލޭނގެފާނު އެނގޭކަމަށް އިންކާރު ކޮށްފިނަމަ، އެކަލޭގެފާނު ވެސް އަހަރެމެން އެނގިވަޑައިގަންނަވާނެ ކަމަށް އިންކާރު ކުރައްވާނެއެވެ.


އެއާ ޚިލާފަށް އެކަލޭގެފާނު ދެކެވަޑައިގެންނެވީ މިޞްރުގެ ޚަޒާނާއަށް ވުރެން އަލްމަސީޙަށްޓަކައި ލަދާއި ވޭނުގައި ހޭދަކުރެއްވުން މާ ރަނގަޅުކަމަށެވެ. އެކަލޭގެފާނު ބެއްލެވީ ކުރިމަގުގައި ލިބޭނެ އިނާމަކަށެވެ.


އީމާންތެރިކަމާ ނުލައި މާތްރަސްކަލާނގެ ރުހިވޮޑިގަތުމެއް އެކަކަށް ވެސް ހާސިލެއް ނުވާނެއެވެ. އެހެނީ އެކަލާނގެ ވީތަނެއް ހޯދާ މީހަކުނަމަ އެކަލާނގެ ވޮޑިގެންވާކަމާ މެދު އީމާންވާން ޖެހެއެވެ. އަދި ހިތުގެ އަޑިން އެކަލާނގެ ހޯދާބަޔަކަށް އެކަމުގެ ޘަވާބު އެކަލާނގެ ދެއްވާނެކަމާ މެދު ވެސް އީމާންވާން ޖެހެއެވެ.


އަހަރެންގެ އަޚުންނާއި އުޚުތުންނޭވެ. ތަފާތު މުސީބާތްތައް ކަލޭމެންނަށް ކުރިމަތިވާ ހިނދު ފުންކޮށް ވިސްނުމުގައިވެ އުފަލެއް ކަމުގައި ދެކޭށެވެ.


އޭގެބަދަލުގައި އުފާކުރާށެވެ. އަލްމަސީޙު އުފުއްލެވިފަދަ ދިލަގަދަ ވޭނާއި އަނިޔާތަކެއް އުފުލުމުގައި ތިޔަބައިމީހުން ވެސް ޙިއްސާ ކުރެވޭތީއެވެ. އެއީ މަތިވެރި ނޫރުފުޅާއިއެކު އަލްމަސީޙު އަލުން އަނބުރާ ވަޑައިގަންނަވާ ދުވަހުން ތިޔަބައިމީހުންނަށް އުފާވެރިކަން ނިހާޔަތަށް ލިބިދޭނެތީއެވެ.


ތިޔަބައިމީހުންނަށް ކަންފަތް ލިބިގެންވާނަމަ މަސީޙީ ޖަމާޢަތްތަކަށް މާތްރޫޙުފުޅު ވިދާޅުވި އެއްޗެއްގެ އަޑުއަހާ! ފޮރުވިގެންވީ މަންނާއިން ބައެއް އަހަރެން ނަސްރު ހޯދާ ފަރާތްތަކަށް ދޭނަން. އަދި ހުދު ހިލައިގައި އާ ނަމެއް ލިޔެ އެއިން ކޮންމެ ފަރާތަކަށް އަހަރެން ދޭނަން. ނަމަވެސް އެ ހިލަ ލިބިދޭ ފަރާތަށް މެނުވީ އެ ހިލައިގައިވާ ލިޔުމެއް އެނގިގެންނުވާނެ.⁠“


ނަސްރު ހޯދާ އަދި ދުނިޔެ ނިމުމާއި ހަމައަށް އަހަރެންނާއިމެދު ކިޔަމަންތެރި ކަމުގައިވާ މީހުންނަށް އަހަރެން ދުނިޔޭގެ ޤައުމުތަކުގެ މައްޗަށް ބާރު ދޭނަން.


ތިޔަބައިމީހުންނަށް ކަންފަތް ލިބިގެންވާނަމަ މަސީޙީ ޖަމާޢަތްތަކަށް މާތްރޫޙުފުޅު ވިދާޅުވި އެއްޗެއްގެ އަޑުއަހާ! ނަސްރު ހޯދާ ފަރާތްތަކަށް މާތްރަސްކަލާނގެ ބަގީޗާގައިވާ ޙަޔާތު ލިބިދޭ ގަހުގެ މޭވާ ކެއުމުގެ ޙައްޤު އަހަރެން ދޭނަން.⁠“


ނަސްރު ހޯދާ ފަރާތްތަކަށް މި ހުރިހާ ރަޙުމަތެއް ލިބިދޭނެ. އަދި އަހަރެންނަކީ އެބައިމީހުންގެ ރަސްކަލާނގެ. ހަމައެހެންމެ، އެބައިމީހުންނަކީ އަހަރެންގެ ދަރިން ކަމުގައި ވެސް ވާނެ.


ނަސްރު ހޯދާ ކޮންމެ ފަރާތަކީ އެއީ އަހަރެންގެ މާތްކަލާނގެ ގެކޮޅުގައިވާ ތަނބެއް ކަމުގައި އަހަރެން ހަދާނަން. އަދި އެބައިމީހުން ދާއިމަށް އެތަނުގައި ތިބޭނެ. އެމީހުންގެ ގައިގައި އަހަރެންގެ މާތްކަލާނގެ ނަންފުޅާއި، އަދި އަހަރެންގެ މާތްކަލާނގެ ސަހަރު ކަމުގައިވާ އާ ޖެރޫސަލަމުގެ ނަންފުޅު ވެސް ލިޔާނަން. އާ ޖެރޫސަލަމް އަންނާނީ އަހަރެންގެ މާތްކަލާނގެ ޙަޟްރަތުން އުޑުން. އަދި ހަމައެހެން އެމީހުންގެ ގައިގައި އަހަރެންގެ އާ ނަން ވެސް އަހަރެން ލިޔާނަން.


ނަސްރު ހޯދާ މީހުންނީ ވެސް އެބައިމީހުންނާއިއެކު ހުދު ހެދުމުގައި ވާނޭ ބައެއްމެ. އަދި އަހަރެން އެބައިމީހުންގެ ނަން ޙަޔާތުގެ ފޮތުން ފުހެ ނުލާނަން. އެބައިމީހުންގެ ނަން އަހަރެންގެ ބައްޕާފުޅުގެ ޙަޟްރަތުގައްޔާއި އަދި އެކަލާނގެ މަލާއިކަތުންގެ ޙާޟިރުގައި އަހަރެން އިޢުލާނު ކުރާނަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ