Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 6:21 - ކިތާބުލް މުޤައްދަސާ

21 ކަލޭމެންގެ ތެރެއިން ބަނޑުހައި ހޫނު ކަމުގައި ތިބި މީހުންނަށް ބަރަކާތް ހުރި. ކަލޭމެންގެ ހިތް ފުރެންދެން ލިބޭނެ. ކަލޭމެންގެ ތެރެއިން ހިތާމަކުރާ މީހުންނަށް ބަރަކާތް ހުރި. އަދި ކަލޭމެން އުފާކުރާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 6:21
56 ပူးပေါင်းရင်းမြစ်များ  

އިބްރާހީމްގެފާނު ބިންމަތީ މޫނުފުޅު ޖައްސަވައި މާތްކަލާނގެ ކިބަފުޅަށް ސަޖިދަ ކުރެއްވިއެވެ. އެ ހިނދު އެކަލާނގެ ވަޙީބަސްފުޅު އެކަލޭގެފާނަށް ދޭހަވެ ރަނގަޅަށް އޮޅުންފިލާ ވަޑައިގަތުމުން ހިނިފުޅުވެޑުވުނެވެ. އެވަގުތު އެކަލޭގެފާނުގެ ހިތްޕުޅަށް އަރާވަޑައިގަތެވެ. ”⁠ގަރުނަކަށް ވުރެ ގިނަދުވަސް ވެފައިވާ ފިރިހެނަކަށް ދަރިއަކު ލިބިދާނެތަ؟ ސާރާގެ އުމުރުން ނުވަދިހަ އަހަރުގައި އެކަމަނާއަށް ދަރިއަކު ލިބިދާނެތަ؟⁠“ ދެން އެކަލޭގެފާނު މާތްކަލާނގެއަށް ދެންނެވިއެވެ. ”⁠އިނބަރަސްކަލާނގެ ވަޢުދުފުޅާއި އެއްގޮތަށް އިސްމާޢީލްއަކީ އަޅުގެ ހުރިހާ ތަކެއްޗެއްގެ މިލްކުވެރިއަކަށް ހެއްދަވަންވީ ނޫންތޯ؟⁠“


އަދި ސާރާ ވިދާޅުވިއެވެ. ”⁠މާތްކަލާނގެ އަހަރެންނަށް ހުނުމުގެ އުފާވެރިކަން ދެއްވައިފި. މިވާހަކަ އަޑުއެހި ކޮންމެ މީހަކުމެ އަހަރެންނާއި އެކުގައި މި ހުނުމުގެ އުފަލުގައި ބައިވެރިވާނެ.


މާތްރަސްކަލާނގެ ބަރަކާތް ހުރީ ހިތުގެ ވޭނުގައި ރޯން ތިބި މީހުންނަށް. އެހެނީ އެކަލާނގެ އެފަދަ މީހުންގެ ހިތްހަމަ ޖައްސަވައިދެއްވާނެ.


މާތްރަސްކަލާނގެ ބަރަކާތް ހުރީ ކެއުން ބުއިމަށް ހައިވެ ކަރުހިއްކާފައިވާ ފަދައިން މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތަށް އަމަލު ކުރުމަށް އެދޭ މީހުންނަށް. އެހެނީ އެފަދަމީހުން އެދޭ އެދުންތައް ފުރިހަމަވެ ހާސިލުވެގެން ދާނެ.


މި ނިޢުމަތުގެ ސަބަބުން މާތްރަސްކަލާނގެ ހާލުގައިޖެހިފައިވާ މީހުންނަށް ނިޢުމަތް ލައްވާ އަދި މުއްސަނދިން ހުސް އަތާ ފޮނުވާލައްވާނެ.


އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ބައްލަވާ ވިދާޅުވިއެވެ. ”⁠ކަލޭމެންގެ ތެރެއިން ފަގީރުންނަށް ބަރަކާތް ހުރި. މާތްރަސްކަލާނގެ ރަސްކަންފުޅު ވަނީ ކަލޭމެންނަށް.


އިންސާނާގެ ދަރިކަލުންގެ ސަބަބުން މީހުން ކަލޭމެންގެ މައްޗަށް ރުޅިއަރާ، އެމީހުންގެ ތެރޭ ބައިވެރި ނުކޮށް، ކަލޭމެންނާ ދިމާލަށް ހަޑިހުތުރު އެއްޗިހި ކިޔާ އަދި ކަލޭމެންނަކީ ނުބައިމީހުން ކަމަށް ބަލާނެ. މިފަދައިން ކަލޭމެންނާ ދޭތެރޭ މީހުން ކަންތައް ކުރާ ހިނދު ކަލޭމެންގެ މައްޗަށް ރަޙުމަތްލެއްވިގެން ވޭ.


ކަލޭމެންގެ ތެރެއިން ރަނގަޅަށް ކާން ލިބި ބަނޑުފުރިފައިވާ މީހުންނަށް ހިތާމަ ހުރި. އެއީ އެމީހުން ވާނީ ބަނޑުހައި ހޫނުކަން މަތީގަ. އަދި މިއަދު ހީ އުފާކުރާ މީހުންގެ މައްޗަށް ހިތާމަ ހުރި. އެއީ ފަހުން އެމީހުން ހިތާމަކޮށް ކަރުނަ އަޅަން ޖެހޭނެތީ.


ދެން އީސާގެފާނު ކީރިތި ކުރެއްވިއެވެ.


އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠ކަލެއަށް މާތްރަސްކަލާނގެ ދެއްވާނެ މަތިވެރި ހަދިޔާ އަކީ ކޮބައިކަން ކަލެއަށް އެނގޭނަމަ، އަދި ކަލޭގެ ކިބައިން ފެންފޮދަކަށް މިއެދެނީ ކާކުކަން ކަލެއަށް އެނގޭ ނަމަ، ކަލޭ އަހަރެންގެ ކިބައިން ފެނަށް އެދޭނެ. އޭރުން އަހަރެން ކަލެއަށް ދިރިހުރުމުގެ ފެން ދޭނަން.⁠“


ދެން އީސާގެފާނު ވިދާޅުވިއެވެ. ”⁠ދިރުންދޭ ކާނާއަކީ އަހަރެން. އަހަރެންގެ ގާތަށް އަތުވެއްޖެ އެއްވެސް މީހަކު ބަނޑުހައެއް ނުވާނެ. އަދި އަހަރެން ގަބޫލުކޮށް އީމާންވި މީހަކު ދުވަހަކު ވެސް ފެންބޮވައެއް ނުގަންނާނެ.


އުފާވެރި ކަމުގައިވާ މީހުންނަކީ ކުރިމަތިވާ މުސީބާތްތަކަށް ކެތްތެރިވެ އީމާންތެރިކަމުގައި ދެމިތިބޭ މީހުންނެވެ. މިފަދަ ފަރާތްތަކަށް ޙަޔާތުގެ ތާޖު ލިބިދެއެވެ. އެއީ މާތްރަސްކަލާނގެ އެކަލާނގެ ދެކެ ލޮބުވެތިކަމުގައިވާ ހުރިހާ އެންމެންނަށް އެކަލާނގެ ދެއްވުމަށް ވަޢުދުވެވޮޑިގެންނެވި އިނާމު ވެސްމެއެވެ.


ތަޚުތުން ހަރުއަޑުން މިފަދައިން މުޚާތަބު ކުރި އަޑު އަހަރެން އެހީމެވެ. ”⁠މާތްރަސްކަލާނގެ މިހާރު މިވަނީ އިންސާނުންނާއި އެކުގައި! އެކަލާނގެ އެބައިމީހުންނާއި އެކުގައި ޙަޔާތު ވޭތުކުރައްވާނެ. އަދި އެބައިމީހުންނަކީ އެކަލާނގެ މީސްތަކުންމެ. އެބައިމީހުންނާއި އެކުގައި އެކަލާނގެ ވޮޑިގެންވާނެ. އަދި އެކަލާނގެއީ އެބައިމީހުންގެ މާތްކަލާނގެ ވެސްމެ.


އިތުރަށް އެބައިމީހުން ހައިހޫނުކަމުގައި ނުވާނެ. ނުވަތަ ކަރުހިއްކުމެއް ނުވަތަ އިރުގެ ހޫނުކަމެއް ނުވަތަ އެހެން ހޫނު ކަމަކުން އެބައިމީހުން އަނދައިގެން ނުދާނެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ