2 ފަރީސީނުގެ ބަޔަކު އެމީހުންނާއި ސުވާލު ކުރިއެވެ. ”ސަބަތުގެ ދުވަހުގައި ކުރުން މަނާ ކަންތައްތައް ކަލޭމެން ތިޔަކުރަނީ ކީއްވެ؟“
މީހަކު އޭނާގެ ހިމާރެއް ގެރިއެއް ކަންބަޅިއެއް ނުވަތަ އެނޫން ވެސް ޖަނަވާރެއް ބެލެހެއްޓުމަށް އަވަށްޓެރިޔަކާ ހަވާލުކޮށްފައި ހުއްޓައި އޭން އެއްޗެއް މަރުވެ އަނިޔާއެއްވެ ގެއްލި ކަމެއްވެ އެވީ ގޮތެއް ނޭނގުނު ނަމަ،
މަސައްކަތް ކުރަން ކަލޭމެންނަށް ހަ ދުވަސް ލިބިފައިވާނެ. އެކަމަކު ހަތްވަނަ ދުވަސް ވާންވާނީ ސަބަތުގެ ދުވަހަށް. އެއީ ހުރިހާ މަސައްކަތެއް ހުއްޓާލައި އަރާމުކުރަން ތިބެންވާ ދުވަސް. އެއީ މާތްރަސްކަލާނގެއަށް ޚާއްސަ ވެގެންވާ މާތް ދުވަހެއް. އެކަކު ވެސް އެދުވަހު މަސައްކަތެއް ކޮށްފިއްޔާ މަރާލަން ޖެހޭނެ.
ކަލޭމެން މަސައްކަތްކޮށް އުޅެން ހަފްތާއަކު ހަ ދުވަސް އޮންނާނެ. އެކަމަކު ހަތްވަނަ ދުވަސް ވާންވާނީ ސަބަތުގެ ދުވަހަށް. އެދުވަސް ހޭދަކުރަން ވާނީ އަރާމު ކުރުމުގައި. އެއީ މާތްރަސްކަލާނގެއަށް ޚާއްސަކުރެވޭ މާތް ދުވަހެއް. އެދުވަހު މަސައްކަތެއް ކޮށްފި މީހާ މަރާލެވޭނެ.
ފަރީސީނުގެ ބަޔަކަށް މިތަންފެނި އީސާގެފާނަށް ދެންނެވިއެވެ. ”ނިކަންދެކެބަލަ! ކަލޭގެ އަސްޙާބީން ކުރަމުން އެ ގެންދަނީ ސަބަތުގެ ދުވަހުގައި ކުރުން މަނާ ކަންތައްތައް.“
”ކަލޭގެފާނުގެ އަސްޙާބީން އަޅުގަނޑުމެންގެ ކާބަފައިންގެ އުނގަންނައިދިނުންތަކަށް ތަބާ ނުވެ، ކެއުމުގެ ކުރިން އެމީހުންގެ އަތް ނުދޮންނަނީ ކީއްވެ؟“
އެހެންވެ، ފަރީސީނުގެ ބަޔަކު އެކަލޭގެފާނަށް ސުވާލު ކުރިއެވެ. ”ނިކަންދެކެބަލަ، ސަބަތުގެ ދުވަހެއްގައި ކުރުން މަނާ ކަންތައް ކަލޭގެ އަސްޙާބީން ކުރަނީ ކީއްވެ!“
އެމީހުން އީސާގެފާނާއި ދިމާލަށް ބުންޏެވެ. ”ޔަޙުޔާގެފާނުގެ އަސްޙާބީން ވެސް އަދި ފަރީސީނުގެ އަސްޙާބީން ވެސް މަހަކު އެތައްފަހަރަކު ރޯދަހިފާ ދުޢާކޮށް ހަދާ. އެކަމަކު ކަލޭގެފާނުގެ އަސްޙާބީން އެފަދައަކުން ކަންތަކެއް ނުކުރޭ.“
އެއަށް ފަހު ބަނީއިސްރާއީލުގެ ވެރިން އީސާގެފާނަށް ވަރަށް ގިނަ އުނދަގޫތައް ދޭން ފެށިއެވެ. އެއީ އެކަލޭގެފާނު މިފަދަ ކަންތައްތައް ސަބަތުގެ ދުވަހުގައި ކުރައްވަމުން ގެންދަވާތީއެވެ.