Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 6:18 - ކިތާބުލް މުޤައްދަސާ

18 މިމީހުން އެތަނަށް އައީ އީސާގެފާނުގެ ބަސްފުޅުތަކުގެ އަޑުއެހުމަށާއި އެމީހުންގެ ބަލިތަކުން ފަސޭހަ ވުމަށް އެދިއެވެ. ޖިންނީންގެ ސަބަބުން މީހުންނަށް ޖެހިފައިވާ ބަލިތައް ވެސް އެދުވަހު އެތާނގައި ފަސޭހަ ކުރެވުނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 6:18
5 ပူးပေါင်းရင်းမြစ်များ  

އެ ސަރަހައްދުގައި ދިރިއުޅެމުން ދާ ކަންޢާނީންގެ އަންހެނަކު ހަރުއަޑުން އާދޭސް ދަންނަވަމުން އީސާގެފާނުގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. ”⁠އޭ މާތްސާހިބާ! ދާއޫދުގެފާނުގެ ދަރިކަލުންނޭ! އަޅުގަނޑުގެ މައްޗަށް ރަޙުމް ކުރައްވާ! ޖިންނިއެއް އަޅުގަނޑުގެ އަންހެން ދަރިފުޅާ އަވަލައިފި. އެކަމުގައި އޭނާ ނުހަނު ވޭން އުފުލަމުން ގެންދޭ.⁠“


އީސާގެފާނު އެކަލޭގެފާނުގެ ޚާއްސަ ބާރަ އަސްޙާބީންނާއިއެކު އުސް ބިމުން ފައިބާވަޑައިގެން ހަމަ ބިމަށް ތިރިއަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް އީމާންވާ އިތުރު އެތައް އަސްޙާބީންނެއް ވެސް އެތާނގައި ވިއެވެ. އަދި އޭގެ އިތުރުން ޖުދެއާ ކަރައިންނާއި ޖެރޫސަލަމުންނާއި ދުރު ރަށްތައް ކަމުގައިވާ ޞޫރުންނާއި ޞައިދޫނުން ވެސް އެތައް ބައިވަރު ބަޔަކު އެތަނަށް އެއްވެފައި ވެއެވެ.


އެންމެން އެކަލޭގެފާނުގެ ގައިކޮޅުގައި އަތްލުމަށްޓަކައި މަސައްކަތް ކުރަމުން ދިޔައެވެ. އެކަލޭގެފާނުގެ ހަށިކޮޅުގައި ވީ މަތިވެރި ބާރުފުޅުގެ ސަބަބުން އެންމެންގެ ބަލިތަކަށް ޝިފާ ލިބެމުން ދިޔައެވެ.


ޖެރޫސަލަމުގެ ވަށައިގެންވާ އެކި ރަށްތަކުން އެތައް ބައިވަރު ބަޔަކު ތަފާތު ބަލިތައް ޖެހިފައި ވާ މީހުންނާއި ނުބައި ރޫޙުތަކުގެ ބާރުގެދަށުވެ އުނދަގޫތައް ލިބެމުން ދާ މީހުން ގެނައެވެ. އަދި މި އެންމެންނަށްމެ ޝިފާ ލިބި ރަނގަޅުވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ