Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 6:17 - ކިތާބުލް މުޤައްދަސާ

17 އީސާގެފާނު އެކަލޭގެފާނުގެ ޚާއްސަ ބާރަ އަސްޙާބީންނާއިއެކު އުސް ބިމުން ފައިބާވަޑައިގެން ހަމަ ބިމަށް ތިރިއަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް އީމާންވާ އިތުރު އެތައް އަސްޙާބީންނެއް ވެސް އެތާނގައި ވިއެވެ. އަދި އޭގެ އިތުރުން ޖުދެއާ ކަރައިންނާއި ޖެރޫސަލަމުންނާއި ދުރު ރަށްތައް ކަމުގައިވާ ޞޫރުންނާއި ޞައިދޫނުން ވެސް އެތައް ބައިވަރު ބަޔަކު އެތަނަށް އެއްވެފައި ވެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 6:17
14 ပူးပေါင်းရင်းမြစ်များ  

އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ކޮރާޒިންގެ އަހުލުވެރިންނޭ! ބެތުސައިދާގެ އަހުލުވެރިންނޭ! ތިޔަ ދެ ސަހަރަށް ބޮޑު ހިތާމައެއް ހުރި! ތިޔަ ދެ ސަހަރުގެ އަހުލުވެރިންނަށް ދެއްކެވި މުޢުޖިޒާތްތައް ޞޫރު އާއި ޞައިދޫންގެ އަހުލުވެރިންނަށް ދެއްކެވި ކަމުގައިވާނަމަ އެމީހުން މޮޅިވެރިކަމުގެ ހެދުންތައް ލައި ބޮލަށް އަޅި އަޅައި އެމީހުން ތައުބާވެއްޖެތާ ކިތަންމެ ދުވަހެއް.


ފަރީސީނުންގެ ބޭނުމަކީ ކޮބައިކަން އީސާގެފާނު ދެނެވަޑައިގެން އެތަން ދޫކުރައްވާ ވަޑައިގެންނެވިއެވެ. އަދި ގިނަ ޢަދަދެއްގެ މީހުން އެކަލޭގެފާނުގެ ފަހަތްޕުޅުގައި ދިޔައެވެ. އެމީހުންގެ ތެރޭގައި ތިބި ހުރިހާ ބަލިމީހުންނަށް ޝިފާ ދެއްވިއެވެ.


އީސާގެފާނު އެއްގަމަށް ފައިބައިވަޑައިގެންނެވި ހިނދު އެކަލޭގެފާނުގެ އިންތިޒާރުގައި މީސްތަކުން ތިބިތަން އެކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ. މިކަމާއި އެކަލޭގެފާނު ނުހަނު ހަމްދަރުދީވެ ވަޑައިގެން އެމީހުންގެ ބަލިތަކަށް ޝިފާދެއްވިއެވެ.


އީސާގެފާނު އެ ސަރައްޙައްދު ދޫކުރައްވާ ޞޫރު އާއި ޞައިދޫންގެ ސަރަހައްދަށް ވަޑައިގެންނެވިއެވެ.


އީސާގެފާނަށް އެއްވެފައި ތިބި މީސްތަކުން ފެނިވަޑައިގެން އެކަލޭގެފާނު ފަރުބަދައިގެ މައްޗަށް އަރާވަޑައިގެންނެވުމަށް ފަހު އިށީނދެ ވަޑައިގަތެވެ. އެ ހިނދު އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް އައެވެ.


އެހެން ނަމަވެސް އީސާގެފާނުގެ ޚަބަރު އެރަށުގެ ތެރެއަށް ފެތުރިގެން ހިނގައްޖެއެވެ. އަދި ނަތީޖާއެއްގެ ގޮތުން އެތައް ބަޔަކު އެކަލޭގެފާނުގެ ބަސްފުޅުގެ އަޑު އެހުމަށާއި ބަލިތަކުން ފަސޭހަވުމަށް އެދި އެކަލޭގެފާނުގެ އަރިހަށް އައެވެ.


މި ދުވަސްތަކުން ދުވަހެއްގައި އީސާގެފާނު ފަރުބަދަތަކުގެ ތެރެއަށް މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާކުރެއްވުން މަތީ ރޭގަނޑު ހޭދަކުރެއްވުމަށްޓަކައި ވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް އީމާންވާ އެތައްބަޔަކު ވެސް އެތަނުގެ ވަކި ހިސާބަކަށް އެކަލޭގެފާނުގެ އަރިހުގައި ދިޔައެވެ.


އަދި ޔަޢުޤޫބު ގެ ދަރި ޔުދާސް އާއި އިސްކަރިޔޮތުގެ ޔުދާސްއެވެ. މި އިސްކަރިޔޮތުގެ ޔުދާސް ފަހުން ވީ ޚިޔާނާތްތެރިއަކަށެވެ.


މިމީހުން އެތަނަށް އައީ އީސާގެފާނުގެ ބަސްފުޅުތަކުގެ އަޑުއެހުމަށާއި އެމީހުންގެ ބަލިތަކުން ފަސޭހަ ވުމަށް އެދިއެވެ. ޖިންނީންގެ ސަބަބުން މީހުންނަށް ޖެހިފައިވާ ބަލިތައް ވެސް އެދުވަހު އެތާނގައި ފަސޭހަ ކުރެވުނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ