Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 6:11 - ކިތާބުލް މުޤައްދަސާ

11 މިކަންތައް ވީ ގޮތް ފެނި ފަރީސީންނާއި ދީނުގެ ދަންނަބޭކަލުން ވަރަށް ބޮޑަށް ރުޅިއައެވެ. އަދި އީސާގެފާނާއި ދޭތެރޭ ކަންތައް ކުރާނެ ގޮތަކާއި މެދު ވިސްނާ މަޝްވަރާ ކުރަންފެށިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 6:11
16 ပူးပေါင်းရင်းမြစ်များ  

މިހެން ވިދާޅުވުމުން އެބޭކަލުންގެ މެދުގައި ބަހުސްކޮށް ވާހަކަދެކެވުނެވެ. ”⁠އެކަލޭގެފާނު އެހެން ވިދާޅުވީ އަހަރެމެން އަތުގައި ކާނޭ އެއްޗެއް ނެތުމުގެ ސަބަބުން.⁠“


ފަރީސީންނާއި ބޮޑުއިމާމުންނަށް މިވާހަކަތައް އަޑު އިވުނު ހިނދު އީސާގެފާނުގެ މިވާހަކަތައް ނިސްބަތްކުރައްވާފައި އެވަނީ އެބައިމީހުންނަށް ކަން އެނގުނެވެ.


އެ މަރުކަޒުގައި ވީ އެންމެން މި ވާހަކަތަކުގެ އަޑުއިވި ވަރަށް ބޮޑަށް ރުޅިއައެވެ.


އީސާގެފާނު ވަށައިގެން އެނބުރިވަޑައިގަތް އެންމެންގެ މޫނުތަކަށް ބައްލަވާ ލެއްވިއެވެ. ދެން އަތް ވާވެފައިވާ މީހާއަށް އީސާގެފާނު ވިދާޅުވިއެވެ. ”⁠އަތް ދަމާލާ.⁠“ މިމީހާ އީސާގެފާނު އެވިދާޅުވި ފަދައިން ކަން ކުރިއެވެ. ހަމަ އެވަގުތު އޭނާގެ އަތުގައި ބާރުޖެހި މުޅިން ރަނގަޅު ވެގެން ދިޔައެވެ.


މި ދުވަސްތަކުން ދުވަހެއްގައި އީސާގެފާނު ފަރުބަދަތަކުގެ ތެރެއަށް މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާކުރެއްވުން މަތީ ރޭގަނޑު ހޭދަކުރެއްވުމަށްޓަކައި ވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް އީމާންވާ އެތައްބަޔަކު ވެސް އެތަނުގެ ވަކި ހިސާބަކަށް އެކަލޭގެފާނުގެ އަރިހުގައި ދިޔައެވެ.


ދެން ބޮޑުއިމާމުންނާއި ފަރީސީން ބަނީއިސްރާއީލުގެ ބޮޑުންގެ ދީނީކޯޓުގެ ބައްދަލުވުމަކަށް ގޮވާލިއެވެ. އެމީހުން ބުންޏެވެ. ”⁠އަހަރެމެން ކުރަންވީ ކީއް؟ މިމީހާ އެތައް މުޢުޖިޒާތްތަކެއް ދައްކަމުން އެބަދޭ.


މިއަށް ފަހު އީސާގެފާނު ގަލީލީ ސަރަހައްދުގައި އެއް ރަށުން އަނެއް ރަށަށް ހިންގަވާފައި ދަތުރު ކުރައްވަމުން ވަޑައިގެންނެވިއެވެ. ބަނީ އިސްރާއީލުންގެ ވެރިން އޭރު ބޭނުންވެފައި ތިބީ އެކަލޭގެފާނު އަވަހާރަކޮށްލުމަށެވެ. އެހެންކަމުން އެކަލޭގެފާނު ބޭނުންފުޅުވީ މި ވަގުތު ޖުދެއާ ތެރޭން ދަތުރު ނުކުރެއްވުމަށެވެ.


އަދި ދީނީ މަރުކަޒުތަކުގައި އޭގެ ތެރެއިން އެތައް ބަޔެއްގެ ގައިގައި ހަންމުށިން ތެޅުމަށް ވެސް އެންގިން. އަދި އެ ގޮތުން އެމީހުން ލައްވާ އީސާގެފާނާއި ދެކޮޅަށް ވާހަކަ ދައްކުވަން އަޅުގަނޑު މަސައްކަތް ކުރީން. އަޅުގަނޑު އެމީހުންނަށް ކުރާ ނަފްރަތުގެ ބޮޑުކަމުން އީސާގެފާނަށް އީމާންވާ މީހުން ހޯދާ އެމީހުންނަށް އަދަބު ދިނުމަށް އެހެން ރަށްރަށަށް ވެސް ދިޔައިން.⁠“


އެހެން ކަމުން މިމީހުން ޕަތަރަސްއާއި ޔޫޙަންނާ ކޯޓުން ބޭރަށް ފޮނުވާލާ އެމީހުންގެ މެދުގައި މަޝްވަރާ ކުރިއެވެ.


އެކަމަކު ޕަތަރަސްއާއި ޔޫޙަންނާ އެމީހުންނަށް ދެންނެވިއެވެ. ”⁠ތިޔަބޭފުޅުން ވިދާޅުވެ ބައްލަވާ. އަޅުގަނޑުމެން ކިޔަމަން ވާންވީ ތިޔަބޭފުޅުންނަށް ތޯ ނުވަތަ މާތްރަސްކަލާނގެ ރަސްކަންފުޅަށް ތޯ؟


އީސާގެފާނުގެ މަންދޫބުންގެ މި ބަސްތައް އަޑު އިވުމުން ބަނީއިސްރާއީލުންގެ ބޮޑުން ރުޅިއައިސް ރަތްވެ އެ މަންދޫބުން މަރާލަން އުޅުނެވެ.


އިސްތިފާނުގެ މި ވާހަކަތައް އިވުމުން ބަނީއިސްރާއީލުގެ ވެރިން އޭނާ ދެކެ ރުޅިއައިސް ރަތްވިއެވެ.


އެމީހުންނަކަށް މާބޮޑު ކާމިޔާބީއެއް މިކަމުގައި ލިބުމެއް ނެތެވެ. އެހެނީ އެމީހުންގެ މޮޔަކަން ޔައްނީސް އާއި ޔަމްބިރީސްއާ މެދު ކަންތައް ވީފަދައިން އެންމެންނަށް ފާޅުގެން ހިނގައިދާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ