Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 6:10 - ކިތާބުލް މުޤައްދަސާ

10 އީސާގެފާނު ވަށައިގެން އެނބުރިވަޑައިގަތް އެންމެންގެ މޫނުތަކަށް ބައްލަވާ ލެއްވިއެވެ. ދެން އަތް ވާވެފައިވާ މީހާއަށް އީސާގެފާނު ވިދާޅުވިއެވެ. ”⁠އަތް ދަމާލާ.⁠“ މިމީހާ އީސާގެފާނު އެވިދާޅުވި ފަދައިން ކަން ކުރިއެވެ. ހަމަ އެވަގުތު އޭނާގެ އަތުގައި ބާރުޖެހި މުޅިން ރަނގަޅު ވެގެން ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 6:10
7 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު ކޯފާވެވަޑައިގެންހުންނަވާ ވަށައިގެންވީ މީސްތަކުންނާއި ދިމާއަށް ބައްލަވައި ލެއްވިއެވެ. ނަމަވެސް އެމީހުންގެ ގޮތްދޫނުކުރުމާއި ހިތްހަރު ކަމުގެ ސަބަބުން އެމީހުންނާއި މެދު އެކަލޭގެފާނު އެވަގުތު ވެސް ހިތާމަ ކުރެއްވިއެވެ. ދެން އަތް ވައުވެފައި ވީ ފިރިހެނާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ތިބާގެ އަތް ދަމާލާ.⁠“ އެ ފިރިހެނާ އޭނާގެ އަތް ދަމާލިއެވެ. އަދި އޭނާގެ އަތް ފުރިހަމައަށް ރަނގަޅު ވިއެވެ.


މިކަންތައް ވީ ގޮތް ފެނި ފަރީސީންނާއި ދީނުގެ ދަންނަބޭކަލުން ވަރަށް ބޮޑަށް ރުޅިއައެވެ. އަދި އީސާގެފާނާއި ދޭތެރޭ ކަންތައް ކުރާނެ ގޮތަކާއި މެދު ވިސްނާ މަޝްވަރާ ކުރަންފެށިއެވެ.


ދެން އީސާގެފާނު އެމީހުން ކުރެން ސުވާލު ކުރެއްވިއެވެ. ”⁠ސަބަތުގެ ދުވަހުގައި ކުރަން އަންގަވާފައި ވަނީ ރަނގަޅު ކަންތައްތަ ނުވަތަ ނުބައި ކަންތައްތަ؟ ފުރާނަ ސަލާމަތް ކުރުންތަ ނުވަތަ ފުރާނަ ނެތިކޮށްލުންތަ؟⁠“


ދެން އީސާގެފާނު ވިދާޅުވިއެވެ. ”⁠ތެދުވޭ! އަދި ކަލޭ އޮށޯވެ ތިޔަ އޮތް ތަންމަތިގަނޑު ނަގައިގެން ހިނގައި ގަނޭ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ