6 އެމީހުން ދާ ހަމަ އެއްލުމާއެކު ދަލުގައި ޖެހުނު މަސްތަކުގެ ގިނަކަމުން ބަރުވެގެން ގޮސް ދާ އެކިތަންތަނުން ކޮށަކޮށައިގެން ދާން ފެށިއެވެ.
މިމީހުން އެމީހުންނާއިއެކު މަހަށް ދިއުމަށް އުޅުނު އަނެއް ދޯނީގެ މީހުންނަށް ގޮވާގެނެސް ދެދޯންޏަށް މަސްތައް އެރުވިއެވެ. މަސްތަކުގެ ގިނަކަމުން ބަރުވެގެން ގޮސް ދެދޯނިމެ ވަނީ ކިރިޔާ ގެނބި ނުގެނބިއެވެ.
އެދުވަހު ޕަތަރަސް ދެއްކި ވާހަކަތައް ގަބޫލު ކުރި މީހުން ތައުބާގެ ހިނެވުމުން ހިނައިގަތެވެ. އަދި އެދުވަހު ގާތްގަނޑަކަށް ތިން ހާސް މީހުން އީސާގެފާނު ގަބޫލުކޮށް އެކަލޭގެފާނުގެ މައްޗަށް އީމާންވާ މީހުންގެ ތެރެއަށް އިތުރު ވިއެވެ.
ނަމަވެސް ޕަތަރަސްއާއި ޔޫޙަންނާ ދެއްކި މާތްރަސްކަލާނގެ ބަސްފުޅުތަކުގެ އަޑުއެހި އެތައް ބަޔަކު، އެބަސްފުޅުތައް ގަބޫލުކޮށް އީމާންވިއެވެ. އެހެން ކަމުން އީމާންވީ މީހުންގެ އަދަދު ގާތްގަނޑަކަށް ފަސްހާހަށް ވުރެވެސް މައްޗަށް އެރިއެވެ.
އެހެންވީމާ ބުނަމެވެ. ހިތްވަރު ދެރަނުކޮށް ރަނގަޅަށް ކަންތައް ކުރަމުން ގެންދާށެވެ. އަހަރެމެން ދެގޮތެއް ނުވެތިބެ ކަންތައްކުރުމުން އެކަމުގެ ވަގުތު ޖެހުމުން އަހަރެމެންނަށް އެކަމުގެ ފައިދާ ފެންނާނެ އެވެ.