Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 5:5 - ކިތާބުލް މުޤައްދަސާ

5 ޝަމްއޫނު ބުންޏެވެ. ”⁠ސާހިބާ. އަޅުގަނޑުމެން މިއައީ ރޭ ހަތަރުދަމު މަސައްކަތް ކޮށް ވެސް އެންމެ މަހެއް ވެސް ނުހިފިގެން. އެހެންނަމަވެސް ކަލޭގެފާނު ވިދާޅުވީތީ އަޅުގަނޑުމެން ދާ އެއްލަފާނަން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 5:5
14 ပူးပေါင်းရင်းမြစ်များ  

އަސްޙާބީން އީސާގެފާނަށް ގޮވައި ހޭފުޅުލައްވައި އެކަލޭގެފާނަށް ދެންނެވި އެވެ. ”⁠ސާހިބާ، ސާހިބާ! އަޅުގަނޑުމެން ގެނބި މި މަރުވަނީ!⁠“ އީސާގެފާނު ތެދުވެ ވަޑައިގެން ޖެހެމުން ދިޔަ ގަދަ ވަޔަށާއި ބޮޑެތި ބިޔަ ރާޅުތަކަށް މަޑުވުމަށް އަމުރު ކުރެއްވި އެވެ. ހަމަ އެވަގުތު ވައިގަނޑު މަޑުވެ ރާޅުތައް ހިނދި ކަނޑު އިހު އޮތް ފަދައިން މަޑުވެއްޖެއެވެ.


އެވަގުތު އީސާގެފާނު ވިދާޅުވިއެވެ. ”⁠މަގޭ ގައިގައި އަތް ލީ ކާކު؟⁠“ އެތާނގައި ތިބި އެންމެންމެ އެކަލޭގެފާނުގެ ގައިކޮޅުގައި ނާތްލަން ކަމަށް ބުނުމުން ޕަތަރަސް ދެންނެވިއެވެ. ”⁠ސާހިބާ. މިއެންމެން ވެސް ކަލޭގެފާނުގެ ގައިގައި ބީހިލެވޭތޯ އާ ކަލޭގެފާނާއި ކައިރި ވެވޭ ތޯ އެބަ މަސައްކަތް ކުރޭ.⁠“


މޫސާގެފާނާއި އިލްޔާސްގެފާނު އެނބުރި ވަޑައިގަތުމަށް ތައްޔާރު ވި ވަގުތު ޕަތަރަސް އީސާގެފާނަށް ދެންނެވިއެވެ. ”⁠ސާހިބާ. އަޅުގަނޑުމެން މިތާނގައި މި ވަގުތު ވީކަން ރަނގަޅު. ތިޔަބޭކަލުންނަށް ހިޔާވާނޭ ތިން ތަން ހަދައިދެން ތޯ؟ ކަލޭގެފާނަށް އެއްތަން، މޫސާގެފާނަށް އެއްތަން އިލްޔާސްގެފާނަށް އެއްތަން ހަދައިދެން ތޯ؟⁠“ ޕަތަރަސްއަށް އޭނާ މިބުނި އެއްޗެއްގެ މާނައެއް ވެސް ނުވިސްނުނެވެ.


ޔޫޙަންނާ ބުންޏެވެ. ”⁠ސާހިބާ! ކަލޭގެފާނުގެ ނަންފުޅު ބޭނުންކޮށް ޖިންނި މޮޔަވެފައިވާ މީހުން ރަނގަޅުކުރާ މީހަކު އަޅުގަނޑުމެން ދުށިން. އަޅުގަނޑުމެން އެމީހާ އެކަން ކުރުން މަނާކޮށް ހުއްޓުވުމަށް މަސައްކަތް ކުރީން. އެއީ އެމީހާއަކީ އަޅުގަނޑުމެންގެ ތެރޭން މީހެއް ނޫން.⁠“


ކަލޭމެން އަހަރެންގެ ބަސްތަކަށް ކިޔަމަން ވަނީ ނަމަ ކަލޭމެންނަކީ އަހަރެންގެ ރަޙުމަތްތެރިން، އަދި ގާތް މީހުން.


ނަމަވެސް އީސާގެފާނުގެ މަންމާފުޅު އެގޭގެ ނޯކަރުންނަށް ވިދާޅުވިއެވެ. ”⁠އޭނާ އަންގާ ގޮތަކަށް ކަލޭމެން ކަންތައް ކުރޭ.⁠“


ޝަމްއޫނު ޕަތަރަސް ބުންޏެވެ. ”⁠އަހަރެން މިދަނީ މަހަށްދާން.⁠“ ދެން އެމީހުން ބުންޏެވެ. ”⁠އަހަރެމެން ވެސް ދާނަން.⁠“ މިއެންމެން މަހަށް ގޮސް މުޅިރޭ އުޅެގެން ވެސް އެކައްޗެއް ވެސް ނުބޭނުނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ