4 އެކަލޭގެފާނު މީސްތަކުންނާއި ވާހަކަފުޅު ދައްކަވާ ނިމި ވަޑައިގެން ޝަމްއޫނު އަށް ވިދާޅުވިއެވެ. ”ދޯނި ފުނަށް ގެންގޮސް މަހެއް ހިފޭތޯ ދާ އެއްލާ.“
ނަމަވެސް ޓެކްސް ނަގާ މީހުންނަށް އަހަރެމެން އުނދަގޫ ކޮށްގެންނުވާނެ. ވީމާ ތިބާ ދޮއްޓެއް ހިފައިގެން ގޮސް މޫދަށް އެއްލާ. ފުރަތަމަ ހިފޭ މަހުގެ އަނގަ ހުޅުވާއިރު އޭގައި ބޮޑު ރިހިފައިސާ ފޮއްޗެއް އޮންނާނެ. އަދި އެ ފޮތި ނަގައިގެން ޓެކްސް ނަގާ މީހާއަށް އަހަރެންނާއި ތިބާގެ ނަމުގައި ދީ.“
ޝަމްއޫނު ބުންޏެވެ. ”ސާހިބާ. އަޅުގަނޑުމެން މިއައީ ރޭ ހަތަރުދަމު މަސައްކަތް ކޮށް ވެސް އެންމެ މަހެއް ވެސް ނުހިފިގެން. އެހެންނަމަވެސް ކަލޭގެފާނު ވިދާޅުވީތީ އަޅުގަނޑުމެން ދާ އެއްލަފާނަން.“
އެކަލޭގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”ދޯނީގެ ކަނާއަތް ފަރާތަށް ދާއެއްލާ! އޭރުން މަސް ހިފޭނެ.“ ދެން އެމީހުން ދާ އެއްލާފައި ނަގަން އުޅެ އުޅެ އެ ދާ އުފުލާ ވެސް ނުލެވުނެވެ. އެއީ ދަލަށް އަރާފައި ހުރި މަސްތައް ގިނަ ކަމުންނެވެ.