35 މަޑުކުރޭ. އަލަތު ކައިވެނި ވާ ފިރިހެނާ އެމީހުންނާއި ދުރަށް ގެންދެވޭނެ. އެދުވަހުން އެމީހުން ދެރަވެ ނުކައިތިބޭނެ.“
އީސާގެފާނު އެބައިމީހުންނަށް ޖަވާބު ދެއްވިއެވެ. ”ކައިވެނި ވާ ފިރިހެނާ މެހުމާނުންނާއި އެކުގައި ހުންނަ ހިނދު އެބައިމީހުން ދެރައެއް ނުވާނެ. އެކަމަކު ކައިވެނި ވާ ފިރިހެނާ އެބައިމީހުންގެ ކައިރިން ދުރަށް ދިއުމުގެ ވަގުތު ޖެހުމުން އެބައިމީހުން ދެރަވެ ނުކާނެ.
އަލަތު ކައިވެނި ވާ ފިރިހެނާ އެމީހުންނާއި ދުރަށް ގެންދެވޭނެ ދުވަސް އައުމުން އެމީހުން ނުކައި ރޯދަ ހިފާނެ.
ދެން އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”އިންސާނާގެ ދަރިކަލުންގެ ދުވަސްތަކުގެ ތެރެއިން އެންމެ ދުވަހެއް ނަމަވެސް ދުށުމަށްޓަކައި ކަލޭމެން ކެތް މަދުވާނެ ވަގުތެއް އެބައާދޭ. އެކަމަކު ކަލޭމެންނަކަށް އެދުވަހެއް ނުފެންނާނެ.
އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”އަލަތު ކައިވެނި ވާ ފިރިހެނާ އޭނާގެ މެހުމާނުންނާއިއެކު ވަނިކޮށް ކަލޭމެން އޭނާގެ މެހުމާނުން ގާތު ނުކައިތިބުމަށް ބުނާނަން ތަ؟
ދެން އެކަލޭގެފާނު އެމީހުންނަށް މި މާނަފުން ވާހަކަތައް ވިދާޅުވެދެއްވިއެވެ. ”އެއް ވެސް މީހަކު އާ ހެދުމަކުން ފޮތިގަނޑެއް ވީދާލާފައި ބާ ހެދުމެއްގައެއް ނާޅާނެ. އޭރުން އާ ހެދުމެއް ވީދާ ވެސް ލެވުނީ. އަދި އާ ފޮތިގަނޑެއް ބާ ހެދުމަކާ ނުގުޅޭނެ.
ފަޤީރުން އަބަދުވެސް ކަލޭމެންގެ ކުރިމަތީގައި ވާނެ. ނަމަވެސް އަހަރެން މާކަގިނަ ދުވަހަކު ދެނެއް ކަލޭމެންގެ ކައިރިއަކު ނުވާނެ.“
ހަމަ އަހަރެން ބަނީއިސްރާއީލުގެ ވެރިންނަށް ބުނާ ފަދައިން ކަލޭމެންނަށް ވެސް ބުނަން، މަގޭ ދަރިންނޭ! އަހަރެން ދެން މާކަ ގިނަވަގުތަކު ކަލޭމެންނާއި އެއްކަކު ނުވާނެ. ކަލޭމެން އަހަރެން ހޯދާނެ ވެސްމެ. އެކަމަކު އަހަންނެއް ނުފެންނާނެ އަދި އަހަރެން މި ދާތަނަކަށް ކަލޭމެންނަކަށް ނުވެސް އާދެވޭނެ.
އަހަރެން ދުނިޔެއަށް އައީ ބައްޕާފުޅުގެ ފަރާތުން. އަދި އަހަރެން ދުނިޔެއިން އެނބުރި މި ދަނީ ވެސް ބައްޕާފުޅުގެ އަރިހަށް.“
އެކަލޭގެފާނު އެހެން ވިދާޅުވި ތާ ގިނައިރެއް ނުވެ އެމީހުން އެންމެން ބަލަބަލާ ތިއްބާ އެކަލޭގެފާނު މައްޗަށް އުފުއްލެވުނެވެ. އަދި ވިލާގަނޑަކުން އެކަލޭގެފާނު ފޮރުވިގެންދިޔައެވެ.
ދެން ޕައުލް އާއި ބަރުނައްބާސް އީސާގެފާނަށް އީމާންވާ މީހުންގެ ކޮންމެ ޖަމާޢަތްތަކަށް ވެސް އެ ޖަމާޢަތެއް ބެލެހެއްޓުމަށް ބޮޑުން ޚިޔާރު ކުރިއެވެ. އަދި އެމީހުން ރޯދަހިފާ ދުޢާކޮށް މި ބޮޑުން ރަނގަޅަށް ބެލެހެއްޓެވުމަށް އެދި އެމީހުން އީމާންވެގެންވީ މާތް ސާހިބާ އީސާގެފާނަށް ދެންނެވިއެވެ.
ނަމަވެސް މާތްރަސްކަލާނގެ މާކުރިން ސުރެ ވެސް ރަސޫލުންނާއި ނަބީން މެދުވެރިކުރައްވާ އެންގެވި ފަދައިން އެކަލާނގެ ދުނިޔޭގެ ހުރިހާ ކަމެއް ފުރިހަމަ ކުރައްވާ އާކުރައްވަންދެން އީސާގެފާނު އެނބުރި ދުނިޔެއަށް ވަޑައިނުގަތް ސުވަރުގޭގައި މަޑުކުރައްވާނެ.