Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 5:33 - ކިތާބުލް މުޤައްދަސާ

33 އެމީހުން އީސާގެފާނާއި ދިމާލަށް ބުންޏެވެ. ”⁠ޔަޙުޔާގެފާނުގެ އަސްޙާބީން ވެސް އަދި ފަރީސީނުގެ އަސްޙާބީން ވެސް މަހަކު އެތައްފަހަރަކު ރޯދަހިފާ ދުޢާކޮށް ހަދާ. އެކަމަކު ކަލޭގެފާނުގެ އަސްޙާބީން އެފަދައަކުން ކަންތަކެއް ނުކުރޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 5:33
20 ပူးပေါင်းရင်းမြစ်များ  

އަމުރުފުޅުތަކަށް ބޯ ނުލަނބާ މީހެއްގެ ދުޢާތައް ދެކެ މާތްކަލާނގެ ނަފްރަތުވެ ވޮޑިގަންނަވައެވެ.


”⁠ދީނުގެ ދަންނަބޭކަލުންނާއި ފަރީސީންނަށް ހިތާމަ ހުރި! ކަލޭމެންނަކީ މުނާފިޤުބައެއް! އެހެނީ ކަލޭމެންނީ މާތްރަސްކަލާނގެ ރަސްކަންފުޅުގެ ދޮރުކޮޅު މީސްތަކުންނަށް ބަންދުކޮށްގެން ތިބި މީހުން. ކަލޭމެން އަމިއްލައަކަށް ވެސް އެތަނަކަށް ނުވަން، އަދި ވަންނަން ދާ މީހުން ވަނަކަވެސް ނުދޭ!


އެބައިމީހުން ހުވަފަތް އަންހެނުންނަށް މަކަރުހަދާ އެކަނބަލުންގެ ގޯތިތައް ފޭރިގަންނޭ. އަދި ދެއްކުންތެރިކަމާއެކު ދިގުވެގެންވާ ދުޢާތައް ކުރޭ. އެބައިމީހުންނަށް ހުރި ޢުޤޫބާތެއްގެ ބޮޑުކަމާއެ!⁠“


އެއްދުވަހަކު އީސާގެފާނު އެކަހެރި ތަނަކަށް ވަޑައިގެން މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާފުޅުކުރެއްވިއެވެ. އެކަލޭގެފާނު ދުޢާފުޅުން ނިމި ވަޑައިގަތް ވަގުތު އަސްޙާބީންގެ ތެރެއިން މީހަކު ދެންނެވިއެވެ. ”⁠ޔަޙުޔާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ދުޢާކުރަން ދަސްކޮށްދެއްވި. މާތްސާހިބާ ވެސް އަޅުގަނޑުމެންނަށް ދުޢާކުރަން ދަސްކޮށްދެއްވާ.⁠“


މި އަޅާ ހަފްތާއަކު ދެދުވަހު ރޯދަ ހިފަމޭ. އަދި މިއަޅާއަށް ލިބޭ އާމްދަނީގެ ދިހަބައި ކުޅަ އެއްބައިން ސަދަޤާތް ވެސް ދެމޭ.⁠‘


އޭނާގެ ފިރިމީހާ މަރުވިއެވެ. މިހާރު އޭނާގެ އުމުރަކީ އަށްޑިހަ ހަތަރު އަހަރެވެ. އޭނާގެ ފިރިމީހާ މަރުވީއްސުރެ ހުވަފަތް އަންހެނެއްގެ ގޮތުގައި އޭނާ ހުއްޓެވެ. އޭނާ ރެއާއި ދުވާލު ހޭދަކުރަނީ ބައިތުލް މަޤްދިސްގައި ދުޢާކޮށް ރޯދަހިފާ އަޅުކަން ކުރުން މަތީގައެވެ.


އެމީހުން ފިރިމަރުވެފައިވާ އަންހެނުންގެ އަތުން އެމީހުންގެ ގޭގެ ފޭރިގަނޭ. އަދި މީހުންނަށް ދައްކަން ވެގެން ވަރަށް ދިގު ދުޢާތައް ކިޔާހަދާ. އެންމެ ބޮޑަށް ކުށްވެރި ކުރެވޭނީ މިފަދަ މީހުން.⁠“


ހަމަ އެފަދައިން އަހަރެން ވެސް މިއައީ ފާފަވެރިންނަށް ތައުބާވުމަށް ގޮވާލުމަށް. ތިމާމެންނަކީ ޞާލިޙު މީހުން ކަމުގައި ހީކުރާ މީހުން ދިންނެވުމަކަށް ނޫން.⁠“


އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠އަލަތު ކައިވެނި ވާ ފިރިހެނާ އޭނާގެ މެހުމާނުންނާއިއެކު ވަނިކޮށް ކަލޭމެން އޭނާގެ މެހުމާނުން ގާތު ނުކައިތިބުމަށް ބުނާނަން ތަ؟


އަނެއްދުވަހު ވެސް ޔަޙުޔާގެފާނު އެކަލޭގެފާނުގެ ދެ އަސްޙާބީއަކާ އެކު އެތަނުގައި ތިއްބެވިއެވެ.


އެތަނުގައި ޔަޙުޔާގެފާނުގެ އަސްޙާބީންގެ ބަޔަކާއި ބަނީއިސްރާއީލު މީހަކާ ދެމެދު ދީނީ ގޮތުން ސާފުތޯހިރުވުމަށް ހިނައިގަނެވޭ ހިނައިގަތުންތަކާއި ބޭހޭގޮތުން ޒުވާބެއް ހިނގިއެވެ.


މާތްސާހިބާ އޭނާއަށް ވިދާޅުވިއެވެ. ”⁠ތެދުވެގެން ގޮސް ސީދާމަގޭ ކިޔޭ މަގުގައިވާ ޔުދާސްގެ ގެއަށް ދޭ. އެގެއަށް ގޮސް އަހާ އެ ގޭގައި ޝާއުލް އޭ ކިޔާ ތަރުސުސްގެ މީހަކު ވޭހޭ. އޭނާ ހަމަ މި ވަގުތު ތިމަންކަލޭގެފާނުގެ ނަންފުޅުގައި އެބަ ދުޢާ ކުރޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ