Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 5:32 - ކިތާބުލް މުޤައްދަސާ

32 ހަމަ އެފަދައިން އަހަރެން ވެސް މިއައީ ފާފަވެރިންނަށް ތައުބާވުމަށް ގޮވާލުމަށް. ތިމާމެންނަކީ ޞާލިޙު މީހުން ކަމުގައި ހީކުރާ މީހުން ދިންނެވުމަކަށް ނޫން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 5:32
26 ပူးပေါင်းရင်းမြစ်များ  

”⁠ސަމާލުވެ އަޑުއަހާ! މިއިން ކުޑަކުއްޖަކަށް ނިކަމެތިކޮށް ނުހިތާތި. މިކުދިންގެ މަލާއިކަތުން އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅުގެ ޙަޟްރަތުގައި ހުރިހާ އިރެއްގައިވެސް ތިބޭނެ.


ތިޔަބައިމީހުން ގޮސް މި އާޔަތުގެ މާނަ އޮޅުންފިލުވަބަލަ. ’⁠ތިމަންކަލާނގެ އެދިވޮޑިގަންނަވަނީ ޖަނަވާރުގެ ޤުރުބާނަކަށް ވުރެން އަނެކުންނަށް ތިޔަބައިމީހުން އޯގާތެރިވުމަށޭ.⁠‘ އަހަރެން މި އައީ ޞާލިޙުންނަށް ގޮވާލުމަކަށް ނޫން. އަހަރެން މި އައީ ފާފަވެރިންނަށް ގޮވާލުމަށް.⁠“


ބޮޑުއިމާމުން އީސާގެފާނު އޭނާއާއި ޙަވާލު ކުރި ސަބަބަކީ އެބައިމީހުން އެކަލޭގެފާނާއި މެދު ޙަސަދަ ވެރިވެގެން ވާތީ ކަން އޭނާއަށް ރަނގަޅަށް އެނގެއެވެ.


އެ ދުވަސްތަކުގައި ސަރުކާރާއި ދެކޮޅުވެރިވެ، ސަރުކާރާއި ދެކޮޅަށް ބަޣާވަތެއްގައި މީހުން މަރައި މީހެއް ކަމުގައިވާ ބަރައްބާސް ހައްޔަރު ކުރެވިފައިވިއެވެ.


އީސާގެފާނަށް މިއަޑު އިވި ވަޑައިގެން އެމީހުންނަށް ޖަވާބު ދެއްވިއެވެ. ”⁠ދުޅަހެޔޮ ސިއްޙަތެއްގައި ތިބޭ މީހުންނަކަށް ޙަކީމަކު ބޭނުމެއްނުވޭ. ނަމަވެސް ޙަކީމަކު ބޭނުން ވާނީ ބަލިމީހުންނަށް. އަހަރެން މި އައީ ޞާލިޙުންނަށް ގޮވާލުމަކަށް ނޫން. އެހެނަސް ފާފަވެރިންނަށް ގޮވާލުމަށް.⁠“


ފަހެ އީސާގެފާނު ވިދާޅުވިއެވެ. ”⁠މީސްތަކުންގެ ތެރެއިން އެންމެ ފާފަވެރިއަކުމެ ފާފައިން ދުރުވެ އެކަލާނގެ އެދިވޮޑިގެންވާ ފަދައިން ކަންކުރަން ފަށައިފި ހިނދު މާތްރަސްކަލާނގެ މަލާއިކަތުން ވެސް ހަމަ މިފަދައިން އުފާވެރި ވާނެ.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠ހަމަ މިބުނި ފަދައިން ތިމާއަކީ ތައުބާ ވާން ނުޖެހޭ ދަރުމަވެރި މީހުން ކަމުގައި ދެކޭ ނުވަދިހަނުވަ މީހުންގެ މައްޗަށް ސުވަރުގޭގައި ފާޅު ކުރެވޭ އުފަލަށް ވުރެ ފާފަވެރިންގެ ތެރެއިން ތައުބާވާ އެންމެ މީހަކަށްޓަކައި ސުވަރުގޭގައި ފާޅު ކުރެވޭ އުފާ މާ ބޮޑުވާނެ.⁠“


އިންސާނާގެ ދަރިކަލުން މި ދުނިޔެއަށް އައީ މަގުއޮޅި ގެއްލިފައިވާ މީހުން ހޯދާ ސަލާމަތް ކުރުމަށްޓަކާ.⁠“


އަދި މި ގޮވާލެއްވުން ދުނިޔޭގެ ހުރިހާ ޤައުމަކަށް ގޮވާލެވޭނެ. މި ގޮވާލެއްވުމަކީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާފައިވާ އަލްމަސީޙުގެ ނަންފުޅުގައި މީސްތަކުން މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރުމުން އެމީސްތަކުންގެ ފާފަތައް ފުއްސަވާނެ ކަމުގެ ގޮވާލެއްވުން. މި ގޮވައިލެއްވުން ދުނިޔޭގެ ޤައުމުތަކަށް ފެތުރޭނީ ޖެރޫސަލަމުން.


އީސާގެފާނު އެމީހުންނަށް ޖަވާބު ދެއްވިއެވެ. ”⁠ޙަކީމަކު ބޭނުންވަނީކީ ދުޅަހެޔޮ ސިއްޙަތުގައި ތިބޭ މީހުންނަކަށް ނޫން. ޙަކީމަކު ބޭނުން ވާނީ ބަލި މީހުންނަށް.


އެމީހުން އީސާގެފާނާއި ދިމާލަށް ބުންޏެވެ. ”⁠ޔަޙުޔާގެފާނުގެ އަސްޙާބީން ވެސް އަދި ފަރީސީނުގެ އަސްޙާބީން ވެސް މަހަކު އެތައްފަހަރަކު ރޯދަހިފާ ދުޢާކޮށް ހަދާ. އެކަމަކު ކަލޭގެފާނުގެ އަސްޙާބީން އެފަދައަކުން ކަންތަކެއް ނުކުރޭ.⁠“


މި ވީހާ ތަނަށް މާތްރަސްކަލާނގެ މީސްތަކުން ކުރަމުން ދިޔަ މި ފަދަ ޖާހިލު ކަންތަކާ މެދު އަޅާނުލައްވާ ދޫކޮށްލެއްވި ނަމަވެސް، މިހާރު އެކަލާނގެ ދުނިޔޭގެ އެންމެ ހާ މީސްތަކުންނަށް އަމުރުކުރައްވަނީ ފާފަކުރުން ހުއްޓާލާ، އެކަލާނގެ ކިބަފުޅަށް އެނބުރުމަށޭ.


ޕަތަރަސް ބުންޏެވެ. ”⁠ކަލޭމެން ފާފަކުރުން ހުއްޓާލާ ހިތާއި އަމަލާއި ބަދަލުކޮށް މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރި ކަލޭމެންގެ ފާފަތައް ފުއްސެވުމަށް އެދި، އީސާ އަލްމަސީޙުގެ ނަންފުޅުމަތީ ތައުބާގެ ހިނެވުމުން ހިނައިގަންނާށޭ. އޭރުން ކަލޭމެންނަށް ދެއްވާ ހަދިޔާފުޅެއް ކަމުގައިވާ މާތްރޫޙުފުޅު ލިބޭނެ.


އަހަރެން ބަނީއިސްރާއީލު މީހުންނަށާ އަދި ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ވެސް އަންގައިދީ އޮޅުންފިލުވާ ދިނީ އެއް ވާހަކައެއް. އެއީ އެމީހުންގެ ދިރިއުޅުން ބަދަލުކޮށް ފާފަ ކުރުން ހުއްޓާލާ މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރި މާތްސާހިބާ އީސާ އަލްމަސީޙު ގަބޫލުކޮށް އީމާންވުމަށް.


ވީމާ ކަލޭމެންގެ ހިތާއި އަމަލާއި ބަދަލުކޮށް ދިރިއުޅުމުގައި މާތްރަސްކަލާނގެ އެދިވޮޑިގެންވާ ފަދައިން ކަން ކުރަން ފަށާ. އޭރުން އެކަލާނގެ ކަލޭމެންގެ ފާފަތަކަށް މަޢާފު ކުރައްވާ އެ ފާފަތައް ފުއްސަވާނެ. އަދި އޭރުން އެކަލާނގެ ޙަޟްރަތުން ކަލޭމެންގެ ހިތްތަކަށް ތަނަވަސްކަން ދެއްވާނެ.


މާތްރަސްކަލާނގެ ފޮނުއްވި މި ޚާއްސަ ކުރެއްވި ފަރާތް ފުރަތަމަ އެ ފޮނުއްވީ ކަލޭމެންގެ ކައިރިއަށް، ކަލޭމެންގެ މައްޗަށް ރަޙުމަތް ލެއްވުމަށް. އެއީ އެކަލާނގެ އެދިވޮޑިގެންވަނީ ކަލޭމެން އެންމެން ވެސް ފާފައިގެ މަގުން އެނބުރި ނުބައިކަންތަކުން ދުރުވުން.⁠“


އެންމެ މަތިވެރިކަލާނގެ ދެއްވާ އެންމެ މަތިވެރި މަޤާމުގައި އެކަލާނގެ އީސާގެފާނު ލެއްވި. މަތިވެރި ވެރިއަކު ކަމުގަޔާއި، އަދި މީސްތަކުންގެ ދިންނެވުން ކަމުގައި އެކަލޭގެފާނު ލެއްވި. މާތްރަސްކަލާނގެ މި ފަދައިން ކަން ކުރެއްވީ އެއީ ބަނީއިސްރާއީލުގެ އެންމެ ހާ މީސްތަކުން ވެސް އެކަލޭގެފާނުގެ ކިބައަށް އެނބުރި ތައުބާވުމުން އެއެންމެންގެ ފާފަތައް ވެސް ފޮހެވި އެމީހުންނަށް ވެސް އަލުން ފުރުސަތެއް ދެއްވުމަށްޓާކާ.


މާތްރަސްކަލާނގެއީ އެކަލާނގެ ވަޢުދުފުޅު ފުރިހަމަ ކުރައްވައި އެނބުރި ވަޑައިގެންނެވުމަށް ޙަޤީޤަތުގައި ވެސް ލަސްވެގެންވާ ފަރާތެއް ނޫނެވެ. ބައެއްފަރާތްތަކަށް އެކަން ލަސްވެގެންވާކަމުގައި ވިސްނިފައި އޮތަސްމެއެވެ. އެކަލާނގެ ތިޔަބައިމީހުންނާމެދު ކެތްތެރިވެ ވޮޑިގެންވެއެވެ. އަދި އެއްވެސް ފަރާތެއް ގެއްލެނި ކުރެއްވުމަކަށް އެދިވޮޑި ނުގަންނަވަމެވެ. އެއީ އެކަލާނގެ ހުރިހާ އެންމެންނަށް މުއްދަތު ދެއްވައި ތައުބާވުމަށް އެދިވޮޑިގަންނަވާތީއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ