31 އީސާގެފާނު އެމީހުންނަށް ޖަވާބު ދެއްވިއެވެ. ”ޙަކީމަކު ބޭނުންވަނީކީ ދުޅަހެޔޮ ސިއްޙަތުގައި ތިބޭ މީހުންނަކަށް ނޫން. ޙަކީމަކު ބޭނުން ވާނީ ބަލި މީހުންނަށް.
އީސާގެފާނަށް މިއަޑު އިވި ވަޑައިގެން އެމީހުންނަށް ޖަވާބު ދެއްވިއެވެ. ”ދުޅަހެޔޮ ސިއްޙަތެއްގައި ތިބޭ މީހުންނަކަށް ޙަކީމަކު ބޭނުމެއްނުވޭ. ނަމަވެސް ޙަކީމަކު ބޭނުން ވާނީ ބަލިމީހުންނަށް. އަހަރެން މި އައީ ޞާލިޙުންނަށް ގޮވާލުމަކަށް ނޫން. އެހެނަސް ފާފަވެރިންނަށް ގޮވާލުމަށް.“
ހަމަ އެފަދައިން އަހަރެން ވެސް މިއައީ ފާފަވެރިންނަށް ތައުބާވުމަށް ގޮވާލުމަށް. ތިމާމެންނަކީ ޞާލިޙު މީހުން ކަމުގައި ހީކުރާ މީހުން ދިންނެވުމަކަށް ނޫން.“