Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 5:3 - ކިތާބުލް މުޤައްދަސާ

3 އެކަލޭގެފާނު ވަޑައިގެން އެތަނުން އެއް ދޯންޏަށް އަރައިވަޑައިގެންނެވިއެވެ. އެއީ އެމީހުންގެ ތެރެއިން ޝަމްއޫނުއޭ ނަމަކަށް ކިޔުނު މީހާގެ ދޯންޏެވެ. އީސާގެފާނު ޝަމްއޫނުގެ ކިބައިން ދޯނި އެއްގަމާއި ތަންކޮޅެއް ދުރަށް ގެންގޮސް ދިނުމަށް އެދިވަޑައިގެންނެވިއެވެ. ދެން އެކަލޭގެފާނު މީސްތަކުންނަށް މާތްރަސްކަލާނގެ ބަސްފުޅުތައް އަންގަވައި ދެއްވަމުން ގެންދެވީ އެދޯނީގައި ހުންނަވައިގެންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 5:3
8 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު ގަލީލީ ކަނޑުގެ އައްސޭރިފަށުގައި ހިންގަވާ ވަޑައިގެންނެވި ހިނދު އެކަލޭގެފާނަށް ޝަމްއޫނު ޕަތަރަސްއާއި އޭނާގެ ކޮއްކޮ އަންދުރާއި މި ދެބެއިން ފެނިވަޑައިގަތެވެ. އެ ދެބެއިންނީ މަސްވެރިންނެވެ. އޭރު އެދެބެއިން ތިބީ މަސްހިފުމަށްޓަކައި ދާ އެއްލައިގެންނެވެ.


އަދި އެދުވަހު އެތައްބައެއްގެ ބަލި ހެޔޮ ވެގެން ވިއެވެ. ނަތީޖާއެއްގެ ގޮތުން އެއްވެފައިވާ މީސްތަކުންނާއެކު ބައެއް ބަލި މީހުން އެކަލޭގެފާނުގެ ހަށިކޮޅުގައި އަތްލުމަށްޓަކާ އެކަކު އަނެކަކު ކޮށްޕަމުން ކުރިއަށް ދެވޭތޯ ބެލިއެވެ.


މީސްތަކުން ގިނަވެ ތޮއްޖެހުނު ހިނދު އެކަލޭގެފާނަށް ދޯނި ތައްޔާރު ކޮށްދެއްވުމަށް އެދި އަސްޙާބީންނަށް ވިދާޅުވިއެވެ. އެއީ މީސްތަކުން އެތަނުގައި ފިތިބާރުވެފައިވުމުން ދުރުގައި ހުންނެވުމަށެވެ.


އެވަގުތު އެ އައްސޭރީގައި ވާ ކުޑަ ދެ މަސްދޯނި އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. އެދޯނީގެވެރިން އެމީހުން މަސް ހިފަން ގެންގުޅޭ ދާތައް ދޮވުމަށް އަތިރިމަތީގައި އުޅެއެވެ.


އަނެއްދުވަހުގެ ފަތިހު އެކަލޭގެފާނު އަނެއްކާވެސް ބައިތުލް މަޤްދިސްއަށް ވަޑައިގެންފިއެވެ. އެވަގުތު އެތައް ބައިވަރު ބަޔަކު އެކަލޭގެފާނުގެ އަރިހަށް އަތުވެއްޖެއެވެ. ދެން އީސާގެފާނު އެތާނ އިށީނދެވަޑައިގެން އެމީސްތަކުންނަށް ކިޔަވައިދެއްވަން ފެއްޓެވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ