Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 5:29 - ކިތާބުލް މުޤައްދަސާ

29 ދެން އޭނާގެ ގޭގައި އީސާގެފާނުގެ ޝަރަފުގައި ބޮޑު ކެއުމެއް ތައްޔާރު ކުރިއެވެ. އަދި އެހެން ވެސް ވަރަށް ގިނަ ޓެކްސް ނަގާ މީހުންނާއި އެހެނިހެން މީހުން ވެސް އެ ކެއުމަށް އައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 5:29
9 ပူးပေါင်းရင်းမြစ်များ  

އިންސާނާގެ ދަރިކަލުން ކަމުގައިވާ އަހަރެން އައީ ރަލާއި އާދައިގެ ކާނާ ކައިގެން. ވީމާ އެމީހުން ބުނޭ. ’⁠ނިކަން ދެކެބަލަ! އޭނާއަކީ ކެއުމަށް ވަރުހުންނަ ރާބޯ މީހެކޭ. އަދި ޓެކްސް ނަގާ މީހުންނާއި އެންމެ ނުބައި ފާފަވެރިންގެ ވެސް އެކުވެރިއެކޭ.⁠‘ ނަމަވެސް، ނަތީޖާއެއްގެ ގޮތުން މާތްރަސްކަލާނގެ ޙިކުމަތްވަންތަކަން ދައްކަވައިދެއްވާނެ.⁠“


ހަމައެކަނި ތިޔަބައިމީހުން ދެކެ ލޯބިވާ ބަޔަކު ދެކެ ތިޔަބައިމީހުން ވެސް ލޯބިވާނަމަ އެކަމަށް މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވަންވީ ކޮން ޘަވާބެއް؟ ޓެކްސް ނަގާ މީހުން ވެސް އެފަދައިން ކަންތައް ކުރޭ.


އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ފަރިއްކުޅުއްވުމަށް ޓަކައި މައްތާގެ ގޭގައި ތިއްބެވިއެވެ. އެ ހިނދު އެގޭގައި ގިނަ އަދަދެއްގެ ޓެކްސް ނަގާ މީހުންނާއި އަދި ފާފަވެރި އެތައް ބަޔަކު އައިސް އެކަލޭގެފާނާއި އަދި އަސްޙާބީންނާއި އެކުގައި ކައި ހެދިއެވެ.


އެތަން ދޫކުރައްވައި އީސާގެފާނު ވަޑައިގެންނެވި މަގުމަތީގައި ޓެކްސް ނަގާ މީހެއް ކަމުގައިވާ މައްތާ އާއި އެކަލޭގެފާނާއި ދިމާވިއެވެ. އެ ހިނދު މައްތާ އިނީ އޭނާ ޓެކްސް ނެގުމަށް ހަދާފައިވާ އޮފީހުގައެވެ. މައްތާއަށް އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެންނާއި އެކު އާދޭ.⁠“ އޭނާ ތެދުވެ އެކަލޭގެފާނާއި އެކުގައި ދިޔައެވެ.


އީސާގެފާނާއި އަސްޙާބީން ލާވީގެ ގެއަށް ވަޑައިގެން ފަރީއްކުޅުއްވިއެވެ. އެ ފަރީއްކޮޅުގައި ގިނަ ޢަދަދެއްގެ ޓެކްސް ނަގާ މީހުންނާއި އެހެނިހެން ފާފަވެރިން އެބޭކަލުންނާ އެކުގައި ބައިވެރިވިއެވެ. އަދި އޭގެ ގިނަބަޔަކު އީސާގެފާނަށް ތަބާ ވެސް ވިއެވެ.


އެއްދުވަހަކު އީސާގެފާނު މީސްތަކުންނާ ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށް ސަރުކާރުގެ ޓެކްސް ނަގާ މީހުންނާއި އަދި ނުބައި ފާފަތައް ކުރުމަށް މަޝްހޫރު ވެފައިވާ އެތައް ބަޔަކު އީސާގެފާނުގެ ބަސްފުޅުތަކުގެ އަޑު އެހުމަށްޓަކައި އެތަނަށް އައެވެ.


އެމީހުން އެތަނުގައި އެކަލޭގެފާނަށްޓަކައި ފަރިއްކޮޅެއް ތައްޔާރު ކުރިއެވެ. ސުފުރާމަތީގެ ކަންތައް ބެލެހެއްޓުމަށް އުޅުނީ މަރުތާއެވެ. އެ މޭޒުކޮޅުގައި އެކަލޭގެފާނާއެކު ފަރީއްކުޅުއްވުމުގައި ބައިވެރި ވީ މީހުންގެ ތެރޭން އެކަކީ ލާޒަރު އެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ