25 ހަމަ ވަގުތުން އެންމެންގެ ކުރިމަތީގައި މިމީހާ ތެދުވެ އޭނާގެ އަށިގަނޑު ނަގައިގެން މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ޝުކުރު ކުރަމުން އޭނާގެ ގެއަށް ހިނގައްޖެއެވެ.
ދެން މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”އަލިކަން ފާޅުވޭ!“ ދެން ހަމަ އެއާއެކު ދުނިޔެ އަލިވެގެން ދިޔައެވެ.
މީސްތަކުންނަށް މިތަން ފެނި އެބައިމީހުން ނުހަނު އަޖައިބުވިއެވެ. އަދި އިންސާނަކަށް މިފަދަ މަތިވެރި ބާރެއް ދެއްވި ކަމަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް އެ ހުރިހާ އެންމެން ޙަމްދު ކުރިއެވެ.
ހަމަ ވަގުތުން އެންމެންގެ ކުރިމަތީގައި މިމީހާ ތެދުވެ އޭނާގެ އަށިގަނޑު ހިފައިގެން ހިނގައްޖެއެވެ. މިކަމާމެދު އެ މީސްތަކުން އިންތިހާއަށް ޙައިރާންވެ، މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދާއި ސަނާ ކިޔައި ބުނެވުނެވެ. ”މިފަދަ ޙައިރާން ކުރުވަނިވި ކަމެއް އަހަރެމެން ނުދެކެން!“
އެކަލޭގެފާނުގެ ދެ އަތްޕުޅުން އޭނާގެ ގައިގައި އަތްލެއްވިއެވެ. ހަމަ އެހިނދުން އޭނާގެ ހަށިގަނޑު ސީދާވެއްޖެއެވެ. އަދި އެ އަންހެންމީހާ މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ޝުކުރު ކުރިއެވެ.
ހަމަ އެވަގުތު އޭނާގެ ލޮލަށް އަލިވެއްޖެއެވެ. ދެން އޭނާ މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދުކުރަމުން އީސާގެފާނުގެ އަރިހުގައި ހިނގައްޖެއެވެ. މިތަން ދުށް އެންމެން ވެސް މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދުކުރިއެވެ.
އީސާގެފާނު އެމީހާގެ ގައިގައި އަތްޕުޅު ލައްވަވައި ވިދާޅުވިއެވެ. ”އަހަރެން ކަލޭ ތިޔަބަލިން ފަސޭހަކޮށް ދޭނަން. ސާފުވެ ތާހިރުވޭ!“ އީސާގެފާނު މިހެން ވިދާޅުވުމާއިއެކު އެމީހާގެ ގައިން ޖުޒާމުބަލި ފިލާ މުޅިން ރަނގަޅުވެއްޖެއެވެ.
އެހެންވެ ލޮލަށް އަލިކަން ލިބުނު މީހާ އަށް ފަރީސީން އެންގިއެވެ. ”ކަލޭ މާތްރަސްކަލާނގެ ކިބަފުޅަށް ހުވާކޮށް ތެދުބުނޭ. ތިޔަ ބުނާ އީސާއަކީ ދޮގުވެރި ފާފަވެރިއެއް ކަން އަހަރެމެންނަށް އެނގޭ.“