Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 5:24 - ކިތާބުލް މުޤައްދަސާ

24 އިންސާނާގެ ދަރިކަލުންނަށް މި ދުނިޔޭގައި މީހުންގެ ފާފަތައް ފުއްސެވުމުގެ އިޚްތިޔާރު ލިބިގެން ވާކަން ކަލޭމެންނަށް ތިމަންކަލޭގެފާނު ސާބިތު ކޮށްދޭނަން.⁠“ މިހެން ވިދާޅުވެ އެވާބަލި ޖެހިފައިވާ މީހާއަށް އީސާގެފާނު ވިދާޅުވިއެވެ. ”⁠ތެދުވޭ. ކަލޭގެ އަށިގަނޑު ހިފައިގެން ގެއަށް ދޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 5:24
26 ပူးပေါင်းရင်းမြစ်များ  

އީސާގެފާނަށް ކައިސަރިއާ ފިލިއްޕީގެ ސަރަހައްދަށް ވަޑައިގެންނެވުނު ހިނދު އެކަލޭގެފާނު އެކަލޭގެފާނުގެ އަސްޙާބީން ކުރެން އެއްސެވިއެވެ. ”⁠އިންސާނާގެ ދަރިކަލުން ކަމުގައިވާ އަހަރެންނާއި މެދު މީސްތަކުން ބުނަނީ ކީކޭ؟⁠“


”⁠އިންސާނާގެ ދަރިކަލުން އެކަލޭގެފާނުގެ މަތިވެރިކަމާއެކު އެކަލޭގެފާނުގެ މަލާއިކަތުންނާއިއެކު ވަޑައިގެން އެކަލޭގެފާނުގެ ޝާހީ ތަޚުތުކޮޅުގައި އިށީނދެ ވަޑައިގެން އިންނަވާނެ.


އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠ތިބާ ތިޔަބުނީ ހަމަ ރަނގަޅަށް! އަދި އަހަރެން ތިޔަ ހުރިހާ އެންމެންނަށް ބުނަން. މިއަށް ފަހު އިންސާނާގެ ދަރިކަލުން ކުޅަދުންވަންތަ ރަސްކަލާނގެ ކަނާތްޕުޅު ފަރާތުގައި އިށީނދެގެން އިންނަ ތަން ތިޔަބައިމީހުންނަށް ފެންނާނެ. އަދި ވިލާގަނޑެއްގެ ތެރެއިން އުޑުން އެނބުރި އަންނަތަން ވެސް ފެންނާނެ.⁠“


އީސާގެފާނު އެބޭކަލުންނާއި ހަމައަށް ވަޑައިގެން ވިދާޅުވިއެވެ. ”⁠އުޑާއި ބިމުގައިވާހާ އަމުރުވެރިކަން އަހަރެންނަށް ވަނީ ދެއްވާފަ.


މުޅި ސޫރިޔާ ސަރަހައްދުގައި އީސާގެފާނުގެ ޚަބަރުފުޅު ފެތުރިގެން ދިޔައެވެ. އަދި މީސްތަކުން އެކަލޭގެފާނުގެ އަރިހަށް ބަލިމީހުން ގެންނަމުން ގެންދިޔައެވެ. އެބައިމީހުންނީ ތަފާތު ބަލިމަޑުކަމުގެ ވޭން އުފުލަމުން ގެންދާ މީހުން ވެސް މެއެވެ. އޭގެ ތެރޭގައި އިންތިހާއަށް ވޭނުގައި ތިބި ފަރާތްތަކާއި ޖިންނީގެ އުނދަގުލުގައި ތިބި މީހުންނާއި ހޭނެތި އިދިފުށަށް ދަމާ މީހުންގެ އިތުރުން ވާބަލީގައި ތިބި މީހުން ހިމެނެއެވެ. އީސާގެފާނު މިހުރިހާ މީހުންގެ ބަލި ފަސޭހަ ކޮށްދެއްވިއެވެ.


އިންސާނާގެ ދަރިކަލުންނަށް މިދުނިޔޭގައި މީސްތަކުންގެ ފާފަތައް ޢަފޫކޮށްދެއްވުމުގެ އިޚްތިޔާރު ލިބިގެންވާކަން އަހަރެން ތިޔަބައިމީހުންނަށް ސާބިތުކޮށްދޭނަން.⁠“ ދެން އެވާބަލި ޖެހިފައިވާ މީހާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ތެދުވޭ. ތިބާގެ އަށިގަނޑު ހިފައިގެން ގެއަށް ދޭ!⁠“


އީސާގެފާނު އެމީހާގެ ގައިގައި އަތްޕުޅު ލައްވަވައި ވިދާޅުވިއެވެ. ”⁠އަހަރެން ކަލޭ ތިޔަބަލިން ފަސޭހަކޮށް ދޭނަން. ސާފުވެ ތާހިރުވޭ!⁠“ އީސާގެފާނު މިހެން ވިދާޅުވުމާއިއެކު އެމީހާގެ ގައިން ޖުޒާމުބަލި ފިލާ މުޅިން ރަނގަޅުވެއްޖެއެވެ.


ބަޔަކު ވާބަލި ޖެހިފައިވާ މީހަކު އަށިގަނޑަކަށް ލައިގެން އެތަނަށް ގެނައެވެ. އެބަލިމީހާ އީސާގެފާނުގެ އަރިހަށް ގެންދިއުމަށްޓަކައި އެމީހުން އެގޭގެތެރެއަށް ވަނުމަށް މަސައްކަތް ކުރިއެވެ.


ކަލޭގެ ފާފަތައް ފޮހެވިއްޖެއޭ ނުވަތަ ތެދުވެ ހިނގައިގަންނާށޭ މީގެ ތެރެއިން މިމީހާއާ ދިމާލަށް ބުނަން ފަސޭހައީ ކީކޭ؟


ދެން އީސާގެފާނު ވަޑައިގެން ސަންދޯކުގެ މަތީގައި އަތްޕުޅު ބޭއްވެވުމާއިއެކު ސަންދޯއް އުފުލަމުން ދިޔަ މީހުން ހުއްޓިއްޖެއެވެ. ދެން އީސާގެފާނު މަރުވެފައިވާ މީހާއަށް ވިދާޅުވިއެވެ. ”⁠އޭ ޒުވާނާ. ތެދުވޭ!⁠“


އީސާގެފާނު އެތެރެއަށް ވަދެވަޑައިގެން އެކުއްޖާގެ އަތުގައި ހިފާލައްވާ ވިދާޅުވިއެވެ. ”⁠ކޮއްކޯ. ތެދުވޭ.⁠“


އީސާގެފާނު ދުޢާކުރައްވައި ނިމިވަޑައިގެން ގޮވާލެއްވިއެވެ. ”⁠ލާޒަރު ނުކުމޭ!⁠“


ބައްޕާފުޅު އަޅުގަނޑާއި ހަވާލު ކުރެއްވި އެންމެހައި މީސްތަކުންނަށް ނިމުންނުވާ ދިރިހުރުން ދިނުމުގެ އިޚުތިޔާރުވަނީ އަޅުގަނޑަށް ދެއްވާފައި.


އިންސާނާގެ ދަރިކަލުން ނޫން އެއްވެސް މީހަކު ސުވަރުގެއިން ދުނިޔެއަށް އައިސް އެނބުރި ސުވަރުގެ ގޮސްފައެއް ނުވޭ.


އަދި މީސްތަކުންނާއި މެދު ހިސާބު ބެއްލެވުމުގެ އިޚުތިޔާރު ބައްޕާފުޅު ވަނީ ދަރިކަލުންނަށް ދެއްވާފައި. އެއީ އެ ދަރިކަލުންނަކީ އިންސާނާގެ ދަރިކަލުން ކަމަށް ވާތީ.


ދެން ޕައުލް އޭނާއަށް ގޮވާލާފަ ބާރަށް ބުންޏެވެ. ”⁠ކޮޅަށް ތެދުވޭ.⁠“ ހަމައެވަގުތު އެމީހާ ފުންމައިގެން ތެދުވެ ހިނގަންފެށިއެވެ.


އެންމެ މަތިވެރިކަލާނގެ ދެއްވާ އެންމެ މަތިވެރި މަޤާމުގައި އެކަލާނގެ އީސާގެފާނު ލެއްވި. މަތިވެރި ވެރިއަކު ކަމުގަޔާއި، އަދި މީސްތަކުންގެ ދިންނެވުން ކަމުގައި އެކަލޭގެފާނު ލެއްވި. މާތްރަސްކަލާނގެ މި ފަދައިން ކަން ކުރެއްވީ އެއީ ބަނީއިސްރާއީލުގެ އެންމެ ހާ މީސްތަކުން ވެސް އެކަލޭގެފާނުގެ ކިބައަށް އެނބުރި ތައުބާވުމުން އެއެންމެންގެ ފާފަތައް ވެސް ފޮހެވި އެމީހުންނަށް ވެސް އަލުން ފުރުސަތެއް ދެއްވުމަށްޓާކާ.


މިމީހާއަށް ޕަތަރަސް ބުންޏެވެ. ”⁠އޭ އޭނިޔާސް. މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވި އީސާ އަލްމަސީޙު ކަލޭގެ ބަލި ހެޔޮކުރައްވައިފި. ތެދުވޭ. ތެދުވެ ކަލޭގެ ތަންމަތި ނަގާ އޮޅާލާ.⁠“ ޕަތަރަސް ހަމަ އެހެން ބުނުމާއި އެކު އޭނިޔާސް ކޮޅަށް ތެދުވިއެވެ.


ޕަތަރަސް އެތާނގައި ތިބި އެންމެންނަށް އެތަނުން ދިއުމަށް އެންގިއެވެ. ދެން ޕަތަރަސް ކަކޫމައްޗަށް ތިރިވެ ދުޢާ ކުރިއެވެ. ދެން ތަބިތާގެ ގަބުރާއި ދިމާއަށް އެނބުރި އޭނާ ބުންޏެވެ. ”⁠ތަބިތާ، ތެދުވޭ.⁠“ އެހެން ބުނުމާއި އެކު ތަބިތާގެ ދެ ލޯ ހުޅުވުނެވެ. އަދި އޭނާއަށް ޕަތަރަސް ފެނުމާއި އެކު ތެދުވެ އިށީނެވެ.


އަދި އެ ތަކެތީގެ މެދުގައި އިންސާނާގެ ދަރިކަލުން ފަދަ މީހަކު ވިއެވެ. އެމީހަކު ލައިގެން ހުރި ރިދާކޮޅު އެމީހެއްގެ ފައިތިލައާއި ހަމައަށް ދިގުވެގެންވިއެވެ. އަދި މޭމަތީގައި ވަށައިގެން ރަން ބާސްކީއްޔެއް އަޅާފައިވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ