ލޫކާސް 5:22 - ކިތާބުލް މުޤައްދަސާ22 އީސާގެފާނު މިމީހުންގެ ހިތަށް މިއަރާ އެއްޗެތި ދެނެވަޑައިގެން ވިދާޅުވިއެވެ. ”ކަލޭމެން ތިޔަހެން ތިޔަ ހީކުރަނީ ކީއްވެ؟ အခန်းကိုကြည့်ပါ။ |
އީސާގެފާނަށް ފަރީސީނުގެ ވިސްނުން ހުރި ގޮތް އެނގިވަޑައިގެން އެބައިމީހުންނަށް ވިދާޅުވިއެވެ. ”އެއްވެސް ރަސްކަމެއް ބައިބައި ވެއްޖެ ކަމަށްވާ ނަމަ އެ ރަސްކަން ރޫޅި ހިނގައިދާނެ. އަދި ރަށެއްގައި ވެސް އަދި އާއިލާއެއްގައި ވެސް އެބައެއްގެ ތެރޭގައި ދެކޮޅުވެރިކަން އުފެދި ބައިބައިވެއްޖެނަމަ އެބައެއް ނެތި ހިނގައިދާނެ.
އީސާގެފާނަށް އެބޭކަލުން ދެއްކި ވާހަކަ އެނގިވަޑައިގެން، އެބޭކަލުންގެ ގާތުގައި އެކަލޭގެފާނު އެއްސެވިއެވެ. ”ތިޔަބައިމީހުންގެ އަތުގައި ކާނޭ އެއްޗެއް ނެތުމުން އެކަމާ ތިޔަ މަޝްވަރާ ކުރަނީ ކީއްވެ؟ ތިޔަބައިމީހުންނަށް އަދިވެސް އެނގިގެން ނުވޭތަ؟ ނޫނީ ތިޔަބައިމީހުންގެ ހިތްގާވެ، ތިޔަބައިމީހުންނަށް ވިސްނިގެންނުވިތަ؟
މާތްރަސްކަލާނގެ ބަސްފުޅު އަދިވެސް ދިރި އެބައޮތެވެ. ބާރުފުޅު ވެސް ގަދައެވެ. އެ ބަސްފުޅު ދެމިޔަލީ ކަނޑިޔަކަށް ވުރެން ވެސް ތޫނެވެ. އެ ކަނޑިން އަހަރެމެންގެ ހުޅުތަކާއި ކަށީގެ މަދާއި ފުރާނައާއި ރޫޙު ގުޅޭ ހިސާބު ކަނޑައި ވަކިކޮށްލައެވެ. އަދި އަހަރެމެންގެ ހިތްތަކުގެ ފުންމިނުގައިވާ ޚިޔާލުތަކާ އެދުންތަކާ މެދު ވެސް އިންސާފު ގާއިމު ކުރެއެވެ.
އަހަރެން އެ އަންހެނާގެ ދަރިން ނެތިކޮއްލާނަން. އެގޮތުން އެންމެހާ މަސީޙީ ޖަމާޢަތްތަކުގެ މީހުން އެބައިމީހުންގެ ވިސްނުމާއި އަދި އެބައިމީހުންގެ އެދުން ހުރިގޮތް އަހަރެންނަށް އެނގިގެންވާކަން ދަންނާނެ. އަދި ތިޔަބައިމީހުން ކުރި ޢަމަލަކަށް ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށް އެކަށީގެންވާ ޖަޒާ އަހަރެން ދޭނަން.