Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 5:20 - ކިތާބުލް މުޤައްދަސާ

20 މިބައިމީހުންގެ އީމާންތެރިކަން ދެކެވަޑައިގެން އީސާގެފާނު އެބަލި މީހާއަށް ވިދާޅުވިއެވެ. ”⁠ރަޙުމަތްތެރިޔާ. ކަލޭގެ ފާފަތައް ފޮހެވިއްޖެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 5:20
16 ပူးပေါင်းရင်းမြစ်များ  

އެ ހިނދު މަލާއިކަތާ އެންގެވިއެވެ. ”⁠އެއް ވެސް ޙާލަތެއްގައި ތިޔަ ދަރިކަލުންނަށް އެއްވެސް ގެއްލުމެއް ނުދެއްވާތި! މިހާރު ކަލޭގެފާނު މާތްކަލާނގެ ކިބަފުޅަށް ތެދު ނިޔަތުގައި ކިޔަމަންތެރިވެ ވަޑައިގަންނަވާކަން ދެނެހުރީމު. ތިއީ ކަލޭގެފާނަށް ވަޢުދު ކުރެވުނު ދަރިކަލުން. މާތްކަލާނގެ ކިބަފުޅަށް އެ ދަރިކަލުން ޤުރުބާނުގެ ގޮތުގައި ހުށަހެޅުއްވުމަށް ކަލޭގެފާނު ފަސްޖެހިވެވަޑައެއް ނުގެންނެވި.⁠“


އެ ވަގުތު ބަޔަކު މީހުން ވާބަލި ޖެހިފައިވާ މީހަކު އަށިގަނޑަކަށް ލައިގެން އީސާގެފާނުގެ އަރިހަށް ގެނައެވެ. އެބައިމީހުންގެ އީމާންތެރިކަން އީސާގެފާނަށް ފެނިވަޑައިގެންނެވި ހިނދު، އެ ބަލި މީހާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ދަރިފުޅާ. ހިތްވަރުކުރޭ! ތިބާގެ ފާފަތައް ފޮހެވިއްޖެ!⁠“


’⁠ތިބާގެ ފާފަތައް ފޮހެވިއްޖެއޭ⁠‘ ނުވަތަ ’⁠ތެދުވެ ހިނގާފައި ދާށޭ⁠‘ މީގެ ތެރެއިން އޭނާއާއި ދިމާލަށް ބުނަން ފަސޭހައީ ކީކޭ؟


މިބައިމީހުންގެ އީމާންތެރިކަން ފެނިވަޑައިގެން ވާގިނެތިފައިވާ މީހާއަށް އީސާގެފާނު ވިދާޅުވިއެވެ. ”⁠މަގޭ ދަރިފުޅާ، ތިބާގެ ފާފަތައް ފޮހެވިއްޖެ.⁠“


ދެން އީސާގެފާނު އެ އަންހެން މީހާއަށް ވިދާޅުވިއެވެ. ”⁠ކަލޭގެ ފާފަތައް ފުހެވިއްޖެ.⁠“


އިންސާނުންގެ ގޮތްތައް އެއްވެސް މީހަކު އެކަލޭގެފާނަށް ބުނެދޭކަށް ނުޖެހޭނެ އެވެ. އެހެނީ އިންސާނުންގެ ހުރިހާ ސިފަތަކެއް އެކަލޭގެފާނަށް ފުރިހަމަޔަށް އެނގިވަޑައިގެންވިއެވެ.


ފަހުން ބައިތުލް މަޤްދިސްގެ ތެރޭން އީސާގެފާނު އެމީހާ ހޯއްދަވައި އެމީހާއަށް ވިދާޅުވިއެވެ. ”⁠އަޑުއަހާ! މިހާރު ކަލޭ ތިޔަވަނީ ގަދަ ވެފަ. ދެން ފާފަކުރުން ހުއްޓާލާ! އެހެން ނޫނީ ތިޔަށް ވުރެ ނުބައި ގޮތެއް ވެސް ދިމާ ވެދާނެ.⁠“


ބަރުނައްބާސް އަށް މާތްރަސްކަލާނގެ އެމީހުންނަށް ނިޢުމަތް ދެއްވާފައިވާ މިންވަރު ފެނުމުން އެކަމާ ނުހަނު އުފާވިއެވެ. އަދި އޭނާ އެމީހުންގެ ކިބައިން އެދުނީ އަބަދުވެސް ހިތުގެ އަޑިން އީސާގެފާނަށް އީމާންވެ އެ ގޮތުގައި ހަރުދަނާވެ ދެމި ތިބުމަށޭ.


ޕައުލް މާތްރަސްކަލާނގެ ދެއްވި ދިންނެވުމުގެ އުފާވެރި ޚަބަރުގެ ވާހަކަތައް ދައްކަމުން ދިޔަ އިރު މީނާ ވަރަށް ކަނުލާ އެ ވާހަކަތައް އަޑު އަހަން އިނެވެ. ޕައުލް އޭނާ އާއި ދިމާލަށް ވަރަށް ފަރުވާވެ ބެލިއެވެ. އަދި އޭނާގެ ހިތުގައި އީސާގެފާނުގެ މައްޗަށް އީމާންކަން ވާތީ އީސާގެފާނު އޭނާއަށް ޖެހިފައިވާ ވާބަލިން އޭނާ ސަލާމަތް ކޮށްދެއްވާނެކަން ޕައުލްއަށް އެނގުނެވެ.


އަނެކާއާމެދު ކުރާނެ ޝަކުވާއެއް އޮވެއްޖެނަމަ އެކަން ބަރުދާސްތުކޮށް މަޢާފު ކުރާށެވެ. މާތްކަލާނގެ ތިޔަބައިމީހުންނަށް ވެސް މަޢާފުކޮށްދެއްވި ފަދައިން އެކަކުއަނެކާއަށް ތިޔަބައިމީހުން ވެސް މަޢާފު ކުރާށެވެ.


ފަހަރެއްގައި ބައެއް މީހުން މިފަދައިން ބުނެފާނެއެވެ. ”⁠ހެޔޮ އަމަލުތައް ކުރުމުގައި ނުވި ކަމުގައިވިޔަސް އީމާންތެރިކަމުގައި ހުރެވިދާނޭ.⁠“ އެފަދަ މީހުންނަށް އަހަރެން ޖަވާބުދޭނީ މިފަދައިންނެވެ. ”⁠ތިބާ ހެޔޮ އަމަލުތައް ކުރުމުގައި ނުވެ ތިބާގެ އީމާންތެރިކަން އަހަރެންނަށް ސާބިތުކޮށްދީބަލާށޭ. އަދި އަހަރެންގެ އީމާންތެރިކަން އަހަރެންގެ ހެޔޮ އަމަލުތަކުން ތިބާއަށް އަހަރެން ސާބިތުކޮށްދޭނަމޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ