Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 5:2 - ކިތާބުލް މުޤައްދަސާ

2 އެވަގުތު އެ އައްސޭރީގައި ވާ ކުޑަ ދެ މަސްދޯނި އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. އެދޯނީގެވެރިން އެމީހުން މަސް ހިފަން ގެންގުޅޭ ދާތައް ދޮވުމަށް އަތިރިމަތީގައި އުޅެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 5:2
7 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު ގަލީލީ ކަނޑުގެ އައްސޭރިފަށުގައި ހިންގަވާ ވަޑައިގެންނެވި ހިނދު އެކަލޭގެފާނަށް ޝަމްއޫނު ޕަތަރަސްއާއި އޭނާގެ ކޮއްކޮ އަންދުރާއި މި ދެބެއިން ފެނިވަޑައިގަތެވެ. އެ ދެބެއިންނީ މަސްވެރިންނެވެ. އޭރު އެދެބެއިން ތިބީ މަސްހިފުމަށްޓަކައި ދާ އެއްލައިގެންނެވެ.


ކުޑަ ތަންކޮޅަކަށް ކުރިއަށް ދިޔަ ހިނދު އެކަލޭގެފާނަށް އިތުރު ދެބެއިން ފެނިވަޑައިގެންނެވިއެވެ. އެއީ ޒަބަދީގެ ދެ ދަރިން ކަމުގައިވާ ޔާމިޒު އާއި ޔޫޙަންނާ އެވެ. އެ ދެބެއިން ތިބީ އެމީހުންގެ ބައްޕަ ޒަބަދީ އާއި އެކުގައި ދޯނީގައެވެ. އޭރު އެބައިމީހުން މަސްހިފަން ގެންގުޅުނު ދާތައް މަރާމާތު ކުރަނީ އެވެ. އީސާގެފާނު އެ ދެބެއިންނަށް އެކަލޭގެފާނާއި އެކުގައި އައުމަށް އެދިވަޑައިގަތެވެ.


އީސާގެފާނު ގަލީލީ ކަނޑުގެ އައްސޭރިފަށުގައި އޮތްގޮތަށް ހިންގަވާ ވަޑައިގެންނެވި ހިނދު އެކަލޭގެފާނަށް މަސްވެރިންގެ ދެމީހަކު ފެނިވަޑައިގަތެވެ. އެއީ ޝަމްއޫނު އާއި އޭނާގެ ކޮއްކޮ އަންދުރާއި އެވެ. އޭރު އެދެމީހުން ތިބީ މަސްހިފުމަށްޓަކައި ދާ އެއްލައިގެންނެވެ.


ކުޑަތަންކޮޅެއް ކުރިއަށް ވަޑައިގެންނެވި ތަނާހެން އެކަލޭގެފާނަށް އިތުރު ދެބެއިން ފެނިވަޑައިގަތެވެ. އެއީ ޒަބަދީގެ ދެ ދަރިން ކަމުގައިވާ ޔާމިޒު އާއި ޔޫޙަންނާ އެވެ. އެމީހުން ތިބީ އެބައިމީހުންގެ ދޯނީގައި ދާތައް މަރާމާތު ކުރުމަށެވެ.


އެއްދުވަހަކު ޖެނެސަރަތު ކަނޑުގެ އައްސޭރީގައި އީސާގެފާނު ހުންނެވިއެވެ. އީސާގެފާނު އެތާނގައި މީސްތަކުންނަށް މާތްރަސްކަލާނގެ ބަސްފުޅުތައް އަންގަވައި ދެއްވަމުން ގެންދެވިއެވެ. އެކަލޭގެފާނުގެ ބަސްފުޅުތަކުގެ އަޑުއެހުމަށް އައި އެތައްބައިވަރު މީސްތަކުންނެއް އެތަނަށް އެއްވެފައި ތިއްބެވެ. މީހުންގެ އަދަދު ގިނަކަމުން މީސްތަކުން ވަނީ ފިތި ބާރުވެފައެވެ. އެއެންމެން ވެސް އީސާގެފާނުގެ އަރިހަށް ދިއުމަށްޓަކައި މަސައްކަތް ކުރަމުން ގެންދިޔައެވެ.


އެކަލޭގެފާނު ވަޑައިގެން އެތަނުން އެއް ދޯންޏަށް އަރައިވަޑައިގެންނެވިއެވެ. އެއީ އެމީހުންގެ ތެރެއިން ޝަމްއޫނުއޭ ނަމަކަށް ކިޔުނު މީހާގެ ދޯންޏެވެ. އީސާގެފާނު ޝަމްއޫނުގެ ކިބައިން ދޯނި އެއްގަމާއި ތަންކޮޅެއް ދުރަށް ގެންގޮސް ދިނުމަށް އެދިވަޑައިގެންނެވިއެވެ. ދެން އެކަލޭގެފާނު މީސްތަކުންނަށް މާތްރަސްކަލާނގެ ބަސްފުޅުތައް އަންގަވައި ދެއްވަމުން ގެންދެވީ އެދޯނީގައި ހުންނަވައިގެންނެވެ.


ޔަޙުޔާގެފާނު އީސާގެފާނާއި މެދު ވިދާޅުވި ބަސްފުޅު އަޑުއިވިގެން އީސާގެފާނުގެ ފަހަތްޕުޅުން ވަޑައިގަތް ދެމީހުންގެ ތެރެއިން އެކަކީ ޝަމްއޫނުގެ ކޮއްކޮ އަންދުރާއި އެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ