ލޫކާސް 5:19 - ކިތާބުލް މުޤައްދަސާ19 ނަމަވެސް އެއްވެފައިވާ މީސްތަކުންގެ ގިނަކަމުން އެކަލޭގެފާނުގެ އަރިހަށް ދެވެން ނެތުމުން އެބައިމީހުން އެމީހާ ގޮވައިގެން ފުރާޅު މައްޗަށް އަރާ ފުރާޅުގައި ބާގަނޑެއް ހަދާ މީސްތަކުންގެ މެދުން މިމީހާ އޭނާގެ އަށިގަނޑާއެކު ސީދާ އީސާގެފާނުގެ ކުރިފުޅުމައްޗަށް ތިރިކުރިއެވެ. အခန်းကိုကြည့်ပါ။ |
އަހަރެން މިތަކެތި ތިޔަބައިމީހުންނަށް އުނގަންނައި ދެމުން މިގެންދަނީ އަނދިރީގަ. ނަމަވެސް އަހަރެން ބޭނުންވަނީ މިތަކެތި ތިޔަބައިމީހުން އަލިކަމުގެ ތެރޭގައި ބުނެދިނުމަށް. ތިޔަބައިމީހުންނަށް އިވިގެންވާ ކަންތައް ތިޔަބައިމީހުންގެ ކަންފަތް ކައިރީގައި ސިއްރުސިއްރުން ބުނެވިފައިވީ ކަމުގައިވިޔަސް ގޭގޭގެ ފުރާޅުމަތީގައި ތިބެ ތިޔަބައިމީހުން ހަރުއަޑުން އެތަކެތި ގޮވަމުން ދޭ.
ނަމަވެސް މީސްތަކުން ތޮއްޖެހިފައި ވުމުގެ ސަބަބުން އެ ހަތަރުމީހުންނަށް ވާބަލިޖެހިފައިވީ އެފިރިހެނާ އެކަލޭގެފާނުގެ އަރިހަށް ނުގެންދެވުނެވެ. އެހެންވީމާ އީސާގެފާނު ހުންނެވި ދިމާލަށް ސީދާވާގޮތަށް ފުރާޅުމަތީގައި ބާގަނޑެއް ހަދައިގެން އެކަލޭގެފާނުގެ ކުރިފުޅު މައްޗަށް އަށިގަނޑެއްގެ މަތީގައި އެމީހާ ތިރިކުރިއެވެ.