ލޫކާސް 5:17 - ކިތާބުލް މުޤައްދަސާ17 އެއްދުވަހަކު އީސާގެފާނު މީސްތަކުންނަށް މާތްރަސްކަލާނގެ ބަސްފުޅުތައް އަންގަވައި ދެއްވަން ގެއެއްގައި އިންނެވިއެވެ. އެތާނގައި ގަލީލީ އާއި ޖުދެއާ އާއި ޖެރޫސަލަމުގެ ދީނުގެ ދަންނަބޭކަލުންނާއި ފަރީސީންނޭ ކިޔާ ދީންވެރިންގެ ބަޔަކު ވިއެވެ. މީސްތަކުންގެ ބަލިތައް ފަސޭހަކޮށް ދެއްވުމަށްޓަކައި އޭރު އީސާގެފާނާއިއެކު އެންމެ މަތިވެރި ކަލާނގެ ބާރުފުޅު އެތާނގައި ވިއެވެ. အခန်းကိုကြည့်ပါ။ |
ނަމަވެސް އެ ފިރިހެނާ ދިޔަ ގޮތަށް މި ޚަބަރު ހުރިހާ ހިސާބެއްގައި ފެތުރިއެވެ. މިހެން ވުމުގެ ސަބަބުން މީސްތަކުން އެކަލޭގެފާނުގެ ގާތަށް އަންނަ ވަރު ގިނަކަމުން އީސާގެފާނަށް ފާޅުގައި އަވަށްތަކަށް ވެދެވަޑައިގެންނެވޭ ވަރެއް ވެސް ނުވިއެވެ. އެހެންވެ އެކަލޭގެފާނަށް އުޅުއްވަން ޖެހިވަޑައިގަތީ އެކަހެރި ހިސާބުތަކުގައެވެ. އެވަރުން ވެސް މީހުން އެކި ހިސާބުތަކުން އެކަލޭގެފާނުގެ އަރިހަށް އަންނަމުން ދިޔައެވެ.