16 މިހެން ކަންތައްތައް ހުރި ނަމަވެސް އީސާގެފާނު ވަރަށް ގިނަގިނައިން އެކަހެރި ތަންތަނަށް ވަޑައިގެން ދުޢާފުޅު ކުރެއްވުން މަތީ ވަގުތު ހޭދަކުރެއްވިއެވެ.
އެންމެހައި މީސްތަކުން އެތަނުން ދިއުމުން އެކަލޭގެފާނު ދުޢާކުރެއްވުމަށް ޓަކައި ފަރުބަދަ މައްޗަށް ވަޑައިގަތެވެ. އޭރު އިރުއޮއްސި އަނދިރިވެއްޖެއެވެ. އަދި އެތަނުގައި އީސާގެފާނު ހުންނެވީ އެކަންޏެވެ.
މީސްތަކުންނާ ވަދާޢު ކުރެއްވުމަށް ފަހު ދުޢާ ކުރެއްވުމަށްޓަކައި އެކަލޭގެފާނު ގިނިކަންޏާ ފަރުބަދައަށް އަރާވަޑައިގެންނެވިއެވެ.
ޔަޙުޔާގެފާނު ޖަލަށް ލުމުގެ ކުރިން މީސްތަކުން ޔަޙުޔާގެފާނުގެ އަރިހަށް އައިސް ތައުބާގެ ހިނެވުމުން ހިނައިގަންނަމުން ދިޔައިރު އީސާގެފާނު ވެސް އެތަނަށް ވަޑައިގެން ހިނައިގަތެވެ. އަދި ހިނައިގަތުމަށް ފަހު އީސާގެފާނު ދުޢާފުޅު ކުރައްވަނިކޮށް އުޑު ހުޅުވިގެން ދިޔައެވެ.
މި ދުވަސްތަކުން ދުވަހެއްގައި އީސާގެފާނު ފަރުބަދަތަކުގެ ތެރެއަށް މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާކުރެއްވުން މަތީ ރޭގަނޑު ހޭދަކުރެއްވުމަށްޓަކައި ވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް އީމާންވާ އެތައްބަޔަކު ވެސް އެތަނުގެ ވަކި ހިސާބަކަށް އެކަލޭގެފާނުގެ އަރިހުގައި ދިޔައެވެ.
މީގެ ގާތްގަނޑަކަށް އަށް ދުވަސް ފަހުން އީސާގެފާނު ޕަތަރަސްއާއި ޔާމިޒު އާއި ޔޫޙަންނާ ގޮވައިގެން ދުޢާ ކުރެއްވުމަށްޓަކައި އުސް ފަރުބަދައެއްގެ މައްޗަށް އަރާވަޑައިގަތެވެ.
އީސާގެފާނު ދުޢާކުރައްވަނިކޮށް އެކަލޭގެފާނުގެ މޫނުފުޅު ބަދަލުވެގެން ދިޔައެވެ. އަދި އެކަލޭގެފާނުގެ ހެދުންކޮޅު އަލިވެ އުޖާލާވެ ވިދަންފެށިއެވެ.
އެކަލޭގެފާނު ގަދަކަމުން އެމީހުންގެ ރަސްގެފާނު ކަމުގައި ހަދާނެ ކަން އީސާގެފާނަށް އެނގިވަޑައިގަތުމުން އެކަލޭގެފާނު އެތަނުން ވަޑައިގަތެވެ. އަދި ގިނިކަންޏާ ފަރުބަދަތަކު ތެރެއަށް އެނބުރި ވަޑައިގެންނެވިއެވެ.