Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 5:15 - ކިތާބުލް މުޤައްދަސާ

15 އެހެން ނަމަވެސް އީސާގެފާނުގެ ޚަބަރު އެރަށުގެ ތެރެއަށް ފެތުރިގެން ހިނގައްޖެއެވެ. އަދި ނަތީޖާއެއްގެ ގޮތުން އެތައް ބަޔަކު އެކަލޭގެފާނުގެ ބަސްފުޅުގެ އަޑު އެހުމަށާއި ބަލިތަކުން ފަސޭހަވުމަށް އެދި އެކަލޭގެފާނުގެ އަރިހަށް އައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 5:15
13 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެއަށް ބިރުވެތިވުމުން ޙިކުމަތްތެރިޔަކަށް ވެވެއެވެ. ހިތްތިރި ކުރުމުން ޝަރަފު ލިބިގަނެވެއެވެ.


މި ޚަބަރު އެސަރަހައްދުގެ ވަށައިގެންވާ ހުރިހާ ހިސާބުތަކަށް ފެތުރިގެން ދިޔައެވެ.


ނަމަވެސް އެބައިމީހުން އެތަނުން ގޮސް އީސާގެފާނު މި ކޮށްދެއްވި ކަންތަކުގެ ޚަބަރު މުޅި އެ ސަރަހައްދުގެ ތެރެއަށް ފަތުރައިލިއެވެ.


އަދި އިސާހިތަކު އީސާގެފާނާއި ބެހޭ ޚަބަރު އަވަސް ކަމާއެކު ގަލީލީގެ ސަރަހައްދުގައި ފެތުރެމުން ދިޔައެވެ.


ނަމަވެސް އެ ފިރިހެނާ ދިޔަ ގޮތަށް މި ޚަބަރު ހުރިހާ ހިސާބެއްގައި ފެތުރިއެވެ. މިހެން ވުމުގެ ސަބަބުން މީސްތަކުން އެކަލޭގެފާނުގެ ގާތަށް އަންނަ ވަރު ގިނަކަމުން އީސާގެފާނަށް ފާޅުގައި އަވަށްތަކަށް ވެދެވަޑައިގެންނެވޭ ވަރެއް ވެސް ނުވިއެވެ. އެހެންވެ އެކަލޭގެފާނަށް އުޅުއްވަން ޖެހިވަޑައިގަތީ އެކަހެރި ހިސާބުތަކުގައެވެ. އެވަރުން ވެސް މީހުން އެކި ހިސާބުތަކުން އެކަލޭގެފާނުގެ އަރިހަށް އަންނަމުން ދިޔައެވެ.


އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނާއިއެކު ގަލީލީ ކަނޑަށް ވަޑައިގަތެވެ. އަދި އެކަލޭގެފާނުގެ ފަހަތްޕުޅުން ގިނަ ޢަދަދެއްގެ ބަޔަކު ދިޔައެވެ. އެބައިމީހުންގެ ތެރޭގައި ގަލީލީންނާއި ޖުދެއާއިންނާއި، ޖެރޫސަލަމުންނާއި، އިދުމެއާގެ ސަރަހައްދުންނާއި، އުރުދުން ކޯރުގެ އިރުމަތީ ރަށްތަކުގެ އިތުރުން، އެ ސަރަހައްދުގެ ވަށައިގެންވީ ރަށްތަކުގެ ތެރެއިން ޞޫރާއި ޞައިދޫންގެ އަހުލުވެރިން ވެސް ވިއެވެ. މިބައިމީހުން އީސާގެފާނުގެ އަރިހަށް އައި ސަބަބަކީ އެކަލޭގެފާނު ކުރައްވަމުން ގެންދަވާ މުޢުޖިޒާތީ ކަންތައްތަކުގެ ޚަބަރު ލިބުމުންނެވެ.


އެވަގުތު އެތައްހާސް ބަޔަކު އެތަނަށް އެއްވަމުން ދިޔައެވެ. މީސްތަކުންގެ ގިނަކަމުން ފިތި ބާރުވެ ކަށިތުނޑެއް ޖައްސާލާނެ ހާ ތަންފުކެއް ވެސް އެތާނގައި ނުވެއެވެ. އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނާއި މުޚާޠަބު ކުރައްވާ ވިދާޅުވިއެވެ. ”⁠ފަރީސީނުގެ މަކަރުވެރި ދޮގު ގޮތްތަކަށް ނުހެއްލޭތި. އެމީހުންގެ ގޮތްތަކުގެ ސަބަބުން މީސްތަކުންނަށް ތެދުމަގު އޮޅޭ.


އެތައްބައިވަރު މީހުންނެއް އީސާގެފާނާއި އެކު ދަތުރު ކުރަމުން އައެވެ. އެކަލޭގެފާނު އެމީހުންނާއި ދިމާއަށް އެނބުރި ވަޑައިގެން ވިދާޅުވިއެވެ.


ވަރަށްގިނަ ބަޔަކު އެކަލޭގެފާނުގެ ފަހަތްޕުޅުން ދިޔައެވެ. އެއީ އެކަލޭގެފާނު ތަފާތު ބަލިތައް ޖެހިފައިވާ މީހުން ރަނގަޅުކުރައްވާ ދެއްކެވި މާނަފުން މުޢުޖިޒާތްތައް އެމީހުންނަށް ފެނިފައިވީތީއެވެ.


މިގޮތުން ބަޔަކު ކުރާ ރަނގަޅު އަމަލުތައް އެންމެން ވެސް ދަނެއެވެ. އަދި އަމަލުތަކުގެ ރަނގަޅުކަން އެނގިގެންދަނީ އެންމެ ފަހުންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ