Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 5:14 - ކިތާބުލް މުޤައްދަސާ

14 ދެން އީސާގެފާނު އޭނާއަށް އަމުރުފުޅު ކުރެއްވިއެވެ. ”⁠ކަލޭގެ ހަށިގަނޑު އިމާމަކަށް ދައްކާ. އަދި ޖުޒާމުބަލި ޖެހިފައި ފަސޭހަވެއްޖެ މީހަކު ސާފުތާހިރުވުމުގެ ގޮތުން ކުރުމަށް ތައުރާތުގައި މޫސާގެފާނު އަމުރުފުޅު ކުރެއްވި ޤުރުބާންތައް ކުރޭ. އެއީ ކަލޭ ތިޔަބަލިން ފަސޭހަވެ ސާފުވެތާހިރުވީ ކަން އެންމެންނަށް ހާމަކޮށް ދިނުމުގެ ހެއްކެއްގެ ގޮތުން. ނަމަވެސް އަހަރެން ކަލޭގެ ބަލި ފަސޭހަ ކޮށްދިން ވާހަކަ އެއްވެސް މީހެއް ގާތު ބުނެގެންނުވާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 5:14
12 ပူးပေါင်းရင်းမြစ်များ  

އަހަރެންގެ ސަބަބުން ވެރިންގެ ކުރިމައްޗަށާއި އަދި ރަސްރަސްކަލުންގެ ކުރިމައްޗަށް ތިޔަބައިމީހުން ދަމާ ގެންދާނެ. އެ ހިނދު އެބައިމީހުންނަށާއި ބަނީއިސްރާއީލު ނޫން ދަރިކޮޅުތަކުގެ މީހުންނަށް އަހަރެންނާއި ބެހޭގޮތުން ތިޔަބައިމީހުންނަށް ހެކިވޭ ބުނެދެވޭނެ.


ނަމަވެސް އެކަލޭގެފާނަކީ ކޮންބޭފުޅެއްކަން އެހެން މީހުން ކައިރީގައި ނުބުނުމަށް މީސްތަކުންނަށް އެކަލޭގެފާނު އަމުރު ކުރެއްވިއެވެ.


ދެން އީސާގެފާނު އެމީހާއަށް ވިދާޅުވިއެވެ. ”⁠މިވާހަކަ އެއްވެސް މީހެއްގެ ކައިރީގައި ނުބުނާތި. އެކަމަކު ތިބާގެ ހަށިގަނޑު އިމާމަކަށް ދެއްކުމަށްދޭ. އަދި މިފަދަ ބަލިތައް ޖެހިފައިވާ މީހުން ފަސޭހަ ވުމުން ތައުރާތުގައި މޫސާގެފާނު އިރުޝާދު ދެއްވާފައިވާ ފަދައިން ޤުރުބާންތައް ހުށަހަޅާ. އެއީ ހުރިހާ އެންމެންނަށް ތިޔަބަލިން ތިބާ ރަނގަޅުވެއްޖެކަން އަންގައި ދިނުމަށް ޓަކާ.⁠“


އެވަގުތު އެމީހުންގެ ލޯތައް ހުޅުވި ލޮލަށް ފެންނަން ފެށިއެވެ. އީސާގެފާނު އެބައިމީހުންނަށް އިންޒާރު ކުރެއްވިއެވެ. ”⁠އެއްވެސް މީހެއްގެ ކައިރީގައި މި ހިނގާ ދިޔަ ކަންތައްތަކުގެ ވާހަކަ ބުނެގެން ނުވާނެ.⁠“


ތިޔަބައިމީހުން އަރާ ރަށަކުން މީސްތަކުން މަރުޙަބާ ނުކިޔައިފިނަމަ ނޫނީ ތިޔަބައިމީހުންނަށް ސަމާލު ކަމެއް ނުދީފިނަމަ، އެރަށަކުން ފުރައިގެންދަމުން ތިޔަބައިމީހުންގެ ފައިން އެރަށުގެ ހިރަފުސް ފޮހެލާފައިދޭ. އެއީ އެބައިމީހުންނަށް އިންޒާރަކަށްޓަކައި!⁠“


އީސާގެފާނު މިބައިމީހުން ދެކެވަޑައިގެން ވިދާޅުވިއެވެ. ”⁠ކަލޭމެންގެ ހަށިގަނޑު އިމާމުންނަށް ދައްކަން ދޭ.⁠“ މިބައިމީހުން އިމާމުންގެ ގާތަށް ދާން ދިޔަ މަގުމަތީ މިބައިމީހުންގެ ބަލި ފަސޭހަވެ ސާފުތާހިރު ވެއްޖެއެވެ.


އީސާގެފާނު އެމީހާގެ ގައިގައި އަތްޕުޅު ލައްވަވައި ވިދާޅުވިއެވެ. ”⁠އަހަރެން ކަލޭ ތިޔަބަލިން ފަސޭހަކޮށް ދޭނަން. ސާފުވެ ތާހިރުވޭ!⁠“ އީސާގެފާނު މިހެން ވިދާޅުވުމާއިއެކު އެމީހާގެ ގައިން ޖުޒާމުބަލި ފިލާ މުޅިން ރަނގަޅުވެއްޖެއެވެ.


މީހުން ކަލޭމެންނަށް މަރުޙަބާ ނުކިޔައިފިނަމަ އެރަށަކުން ދަމުން ކަލޭމެންގެ ފައިން އެރަށުގެ ހިރަފުސް ފޮޅާލާފައި ދޭ. އެއީ އެމީހުން މާތްރަސްކަލާނގެ ފޮނުއްވި މަތިވެރި ޚަބަރުފުޅުގެ ބޭނުން ނުކުރީތީ އެމީހުންގެ މައްޗަށް އެކަލާނގެ ކޯފާވެ ވޮޑިގެން ވާކަމުގެ އިންޒާރެއްގެ ގޮތުން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ