ލޫކާސް 5:13 - ކިތާބުލް މުޤައްދަސާ13 އީސާގެފާނު އެމީހާގެ ގައިގައި އަތްޕުޅު ލައްވަވައި ވިދާޅުވިއެވެ. ”އަހަރެން ކަލޭ ތިޔަބަލިން ފަސޭހަކޮށް ދޭނަން. ސާފުވެ ތާހިރުވޭ!“ އީސާގެފާނު މިހެން ވިދާޅުވުމާއިއެކު އެމީހާގެ ގައިން ޖުޒާމުބަލި ފިލާ މުޅިން ރަނގަޅުވެއްޖެއެވެ. အခန်းကိုကြည့်ပါ။ |
އީސާގެފާނު އެއްރަށެއްގައި ވަނިކޮށް އެކަލޭގެފާނު ހުންނެވިތަނަށް ޖުޒާމުބަލި ޖެހި މުޅި ހަށިގަނޑު ފާރުން ފުރިފައި ވީ މީހަކު އައެވެ. މިމީހާއަށް އީސާގެފާނު ފެނުމާއިއެކު އެކަލޭގެފާނުގެ ކުރިފުޅުމަތީ މޫނުވަތަށް ބިންމައްޗަށް ވެއްޓި އޮވެ އާދޭސްދެންނެވި އެވެ. ”މާތްސާހިބާ! ކަލޭގެފާނު އެދިވަޑައިގަންނަވާނަމަ، ކަލޭގެފާނަށް އަޅުގަނޑު މި ބަލިން ފަސޭހަކޮށް ސާފުތާހިރު ކުރެވިދާނެ.“
ދެން އީސާގެފާނު އޭނާއަށް އަމުރުފުޅު ކުރެއްވިއެވެ. ”ކަލޭގެ ހަށިގަނޑު އިމާމަކަށް ދައްކާ. އަދި ޖުޒާމުބަލި ޖެހިފައި ފަސޭހަވެއްޖެ މީހަކު ސާފުތާހިރުވުމުގެ ގޮތުން ކުރުމަށް ތައުރާތުގައި މޫސާގެފާނު އަމުރުފުޅު ކުރެއްވި ޤުރުބާންތައް ކުރޭ. އެއީ ކަލޭ ތިޔަބަލިން ފަސޭހަވެ ސާފުވެތާހިރުވީ ކަން އެންމެންނަށް ހާމަކޮށް ދިނުމުގެ ހެއްކެއްގެ ގޮތުން. ނަމަވެސް އަހަރެން ކަލޭގެ ބަލި ފަސޭހަ ކޮށްދިން ވާހަކަ އެއްވެސް މީހެއް ގާތު ބުނެގެންނުވާނެ.“