ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”ކަލޭގެ އަތް ކަލޭ ލައިގެން ތިހިރަ ހެދުމުގެ ތެރެއަށް ލާބަލަ.“ އެ ހިނދު މޫސާގެފާނު އެފަދައިން ކަންތައްކުރެއްވިއެވެ. މޫސާގެފާނު އަތްޕުޅު ނެންގެވިއިރު އެކަލޭގެފާނުގެ އަތްޕުޅަށް ވަނީ ނުރައްކާތެރި ބައްޔެއް ޖެހިފައިވާ ފަދަ ގޮތަކަށެވެ. މުޅި އަތްޕުޅުގައި ވަނީ ހުދު ލައްތަކެއް ޖަހާފައެވެ.