Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 5:10 - ކިތާބުލް މުޤައްދަސާ

10 ޒަބަދީގެ ދެދަރިން ޔާމިޒު އާއި ޔޫޙަންނާ ވެސް މިތަން ދެކެ ހައިރާންވިއެވެ. މި ދެމީހުންނަކީ ޝަމްއޫނު އާއި އެކު މަސައްކަތް ކުރާ ދެމީހުންނެވެ. އީސާގެފާނު ޝަމްއޫނަށް ވިދާޅުވިއެވެ. ”⁠ކަންބޮޑުވެ ބިރުނުގަނޭ. މިއަދުން ފެށިގެން ކަލޭ މަސް ހިފުމުގެ ބަދަލުގައި މާތްރަސްކަލާނގެ މަގު ދެއްކުމަށްޓަކައި ހިފާނީ އިންސާނުން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 5:10
14 ပူးပေါင်းရင်းမြစ်များ  

”⁠މާތްރަސްކަލާނގެ ރަސްކަންފުޅަކީ މަސްހިފަން އުކާ ބޮޑު ދަލެއް ފަދަ އެއްޗެއް. އެދާ ކަނޑަށް އެއްލާލުމުން އެންމެހާ މަސްމަހާމެހީގެ ބާވަތްތައް އެ ދަލުގައި ޖެހުނު.


ކުއްލިއަކަށް އީސާގެފާނު އެބޭކަލުންނަށް ވިދާޅުވިއެވެ. ”⁠ބިރު ނުގަނެ ހިތްވަރު ބަހައްޓާ! މިއީ އަހަރެން!⁠“


އެއަށް ފަހު ޔާމީޒު އާއި ޔޫޙަންނާގެ މަންމަ އެ ދެބެއިންނާއި އެކުގައި އީސާގެފާނުގެ އަރިހަށް އައިސް އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އެކަނބުލޭގެ ކުރުނީސްކޮށް ކަމަކަށް އެދި އާދޭސް ދެންނެވިއެވެ.


އީސާގެފާނު އެ ދެބެއިންނަށް ވިދާޅުވިއެވެ. ”⁠އަހަރެންނާއި އެކުގައި އާދޭ. މަސް ހިފުމުގެ ބަދަލުގައި ތިޔަބައިމީހުންނަށް އިންސާނުން ހިފާނެ ގޮތް ދަސްކޮށްދޭނަން.⁠“


ކުޑަ ތަންކޮޅަކަށް ކުރިއަށް ދިޔަ ހިނދު އެކަލޭގެފާނަށް އިތުރު ދެބެއިން ފެނިވަޑައިގެންނެވިއެވެ. އެއީ ޒަބަދީގެ ދެ ދަރިން ކަމުގައިވާ ޔާމިޒު އާއި ޔޫޙަންނާ އެވެ. އެ ދެބެއިން ތިބީ އެމީހުންގެ ބައްޕަ ޒަބަދީ އާއި އެކުގައި ދޯނީގައެވެ. އޭރު އެބައިމީހުން މަސްހިފަން ގެންގުޅުނު ދާތައް މަރާމާތު ކުރަނީ އެވެ. އީސާގެފާނު އެ ދެބެއިންނަށް އެކަލޭގެފާނާއި އެކުގައި އައުމަށް އެދިވަޑައިގަތެވެ.


އީސާގެފާނު އެ ދެ މީހުންނަށް ވިދާޅުވިއެވެ. ”⁠އަހަންނާއިއެކުގައި އާދޭ، އަދި މަސް ހިފުމުގެ ބަދަލުގައި ތިޔަބައިމީހުންނަށް އިންސާނުން ހިފާނެ ގޮތް ދަސްކޮށްދޭނަން.⁠“


މިމީހުން އެމީހުންނާއިއެކު މަހަށް ދިއުމަށް އުޅުނު އަނެއް ދޯނީގެ މީހުންނަށް ގޮވާގެނެސް ދެދޯންޏަށް މަސްތައް އެރުވިއެވެ. މަސްތަކުގެ ގިނަކަމުން ބަރުވެގެން ގޮސް ދެދޯނިމެ ވަނީ ކިރިޔާ ގެނބި ނުގެނބިއެވެ.


އޭނާއާއި އޭނާގެ ރައްޓެހި ހުރިހާ މަސްވެރިން މި ހިފުނުހާ މަސްތަކުގެ ގިނަކަން ދެކެ ވަރަށް ބޮޑަށް ހައިރާން ވިއެވެ.


މިބާރަ އަސްޙާބީންގެ ތެރޭގައި ހިމެނުނީ ފަހުން ޕަތަރަސްއޭ ނަމަކަށް ކިޔުނު ޝަމްއޫނު، މި ޝަމްއޫނުގެ ކޮއްކޮ އަންދުރާއި އަދި ޔާމިޒު އާއި ޔޫޙަންނާ އާއި ފިލިޕު އާއި ބަރުތުލޫމު އާއި މައްތާ އާއި ތޯމާސް އެވެ. އަދި ހަލްފާހުގެ ދަރި ޔާމިޒު އާއި އަދި ދީނާއި ސިޔާސީ ކަންތަކުގައި ހަރުދަނާ މީހެއް ކަމުގައި މަޝްހޫރު ސިމުއާންއެވެ.


އީސާގެފާނުގެ އަސްޙާބީންގެ ތެރެއިން ބަޔަކު އެތާނގައި ތިއްބެވެ. އެއީ ޝަމްއޫނު ޕަތަރަސްއާއި، ވަނަމަކަށް ”⁠ދީދިމޫހު⁠“ އޭ ކިޔޭ ތޯމާސްއާއި، ގަލީލީގެ ޤާނާގެ ނަތާނިއެލްއާއި، ޒަބަދީގެ ދެފިރިހެން ދަރިންނާއި، އަދިވެސް އިތުރު ދެ އަސްޙާބީންނެވެ.


އެ ވަގުތު މާތްރަސްކަލާނގެ މާތްރޫޙުފުޅު އެއެންމެންގެ މައްޗަށް ވެރިވިއެވެ. އަދި މާތްރޫޙުފުޅު މި އެންމެންގެ މައްޗަށް ބާރު ހިންގަވަން ފެށުމުން އެ ރޫޙުފުޅުގެ ބާރުފުޅުގެ ދަށުން އެމީހުން އެކިއެކި ތަފާތު ބަސްތަކުން ވާހަކަ ދައްކަން ފެށިއެވެ.


އެއީ އެފަދަ މީހުން ޝައިތާނާގެ އަޅުވެތިކަމުގައި ގައިދުވެފައި ތިއްބާ ހަމަވިސްނުންލިބި އެ ދަންތުރައިން މިންޖުވެވޭނެ ފަދައިން ވުމަށްޓަކައި ވެސް މެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ