Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 5:1 - ކިތާބުލް މުޤައްދަސާ

1 އެއްދުވަހަކު ޖެނެސަރަތު ކަނޑުގެ އައްސޭރީގައި އީސާގެފާނު ހުންނެވިއެވެ. އީސާގެފާނު އެތާނގައި މީސްތަކުންނަށް މާތްރަސްކަލާނގެ ބަސްފުޅުތައް އަންގަވައި ދެއްވަމުން ގެންދެވިއެވެ. އެކަލޭގެފާނުގެ ބަސްފުޅުތަކުގެ އަޑުއެހުމަށް އައި އެތައްބައިވަރު މީސްތަކުންނެއް އެތަނަށް އެއްވެފައި ތިއްބެވެ. މީހުންގެ އަދަދު ގިނަކަމުން މީސްތަކުން ވަނީ ފިތި ބާރުވެފައެވެ. އެއެންމެން ވެސް އީސާގެފާނުގެ އަރިހަށް ދިއުމަށްޓަކައި މަސައްކަތް ކުރަމުން ގެންދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 5:1
21 ပူးပေါင်းရင်းမြစ်များ  

ޔަޙުޔާގެފާނު މިރިސާލަތު އަންގަވާ ދެއްވަން ފެއްޓެވީއްސުރެން މިހާތަނަށް މާތްރަސްކަލާނގެ ރަސްކަންފުޅު ބާރަށް ކުރިއަށް ދިޔަ.


އެބޭކަލުން ކަނޑު ހުރަސް ކުރައްވައި ޖެނެސަރަތު އަވަށުގެ ގޮނޑުދޮށަށް ދޯނި ކައިރި ކުރެއްވިއެވެ.


މީސްތަކުން ގިނަވެ ތޮއްޖެހުނު ހިނދު އެކަލޭގެފާނަށް ދޯނި ތައްޔާރު ކޮށްދެއްވުމަށް އެދި އަސްޙާބީންނަށް ވިދާޅުވިއެވެ. އެއީ މީސްތަކުން އެތަނުގައި ފިތިބާރުވެފައިވުމުން ދުރުގައި ހުންނެވުމަށެވެ.


ކަނޑުގެ އައްސޭރި ފަށުގައި އީސާގެފާނު އުނގަންނަވައި ދެއްވަމުން ގެންދެވިއެވެ. އެއްވެފައިވާ މީސްތަކުންގެ އަދަދު ގިނަ ވުމުގެ ސަބަބުން އެކަލޭގެފާނު އެތަނުގައި އޮތް ދޯންޏަކަށް އަރާވަޑައިގެންނެވިއެވެ. އޭރު މީސްތަކުން ގޮނޑުދޮށުގައި ތިއްބެވެ.


ދެން އީސާގެފާނު އޭނާއާއިއެކުގައި ކުރިއަށް ވަޑައިގެންނެވިއެވެ. އަދި އެއްވެފައިވާ މީސްތަކުންގެ ގިނަކަމާއެކު އެކަލޭގެފާނުގެ ފަހަތްޕުޅުން އެމީހުން އައުމުގެ ސަބަބުން މުޅިތަނުގައި މީހުންތައް ފުރިބާރުވެ ކުރިއަށް ވަޑައިގަތުން ވަނީ ދަތިފުޅުވެފައެވެ.


އެބޭކަލުން ކަނޑު ހުރަސްކުރައްވާ އެ ސަރަހައްދުގެ ރަށެއް ކަމުގައިވާ ޖެނެސަރަތުއަށް ދޯނި ލެފުމަށް ފަހު އެ ރަށުގެ ގޮނޑުދޮށުގައި ދޯނި އެޅިއެވެ.


އެވަގުތު އެތައްހާސް ބަޔަކު އެތަނަށް އެއްވަމުން ދިޔައެވެ. މީސްތަކުންގެ ގިނަކަމުން ފިތި ބާރުވެ ކަށިތުނޑެއް ޖައްސާލާނެ ހާ ތަންފުކެއް ވެސް އެތާނގައި ނުވެއެވެ. އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނާއި މުޚާޠަބު ކުރައްވާ ވިދާޅުވިއެވެ. ”⁠ފަރީސީނުގެ މަކަރުވެރި ދޮގު ގޮތްތަކަށް ނުހެއްލޭތި. އެމީހުންގެ ގޮތްތަކުގެ ސަބަބުން މީސްތަކުންނަށް ތެދުމަގު އޮޅޭ.


އެވަގުތު އެ އައްސޭރީގައި ވާ ކުޑަ ދެ މަސްދޯނި އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. އެދޯނީގެވެރިން އެމީހުން މަސް ހިފަން ގެންގުޅޭ ދާތައް ދޮވުމަށް އަތިރިމަތީގައި އުޅެއެވެ.


އެހެން ދުވަހަކު އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠ގަލީލީ ކަނޑުގެ އަނެއް ފަރާތަށް ދަމާ ހިނގާ.⁠“ ދެން އީސާގެފާނު ދޯންޏެއްގައި އެކަލޭގެފާނުގެ އަސްޙާބީންނާއި އެކު ފުރާވަޑައިގަތެވެ.


ދަތުރު ކުރަމުން ދަނިކޮށް އީސާގެފާނަށް ނިދި ކުރެއްވިއްޖެއެވެ. ކުއްލިއަކަށް ވަރަށް ގަދަ ކޮޅިގަނޑަކާއި ޖެހި ވައި ބާރުވެ ރާޅު ބިޔަވިއެވެ. ދޯނި ދިޔަބޮޑުވެ ގެނބެން ކައިރިވިއެވެ. މިހާދީސާގެ ސަބަބުން އެބައިމީހުން ވަރަށް ބޮޑު ނުރައްކަލަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.


މި ޖިންނިތައް އެމީހާގެ ހަށިގަނޑުގެ ތެރެއިން ނުކުމެގެން ގޮސް މިއޫރުތަކުގެ ތެރެއަށް ވަދެއްޖެއެވެ. ހަމަވަގުތުން މިއޫރުގެ ބައިގަނޑު އުސްބިމުގެ މަތިން ތިރިއަށް ދުވެފައި ގޮސް ކަނޑުގެ ތެރެއަށް ވެއްޓި ގެނބި މަރުވެއްޖެއެވެ.


އެވަގުތު އީސާގެފާނު ވިދާޅުވިއެވެ. ”⁠މަގޭ ގައިގައި އަތް ލީ ކާކު؟⁠“ އެތާނގައި ތިބި އެންމެންމެ އެކަލޭގެފާނުގެ ގައިކޮޅުގައި ނާތްލަން ކަމަށް ބުނުމުން ޕަތަރަސް ދެންނެވިއެވެ. ”⁠ސާހިބާ. މިއެންމެން ވެސް ކަލޭގެފާނުގެ ގައިގައި ބީހިލެވޭތޯ އާ ކަލޭގެފާނާއި ކައިރި ވެވޭ ތޯ އެބަ މަސައްކަތް ކުރޭ.⁠“


ޔަޙުޔާގެފާނު އީސާގެފާނާއި މެދު ވިދާޅުވި ބަސްފުޅު އަޑުއިވިގެން އީސާގެފާނުގެ ފަހަތްޕުޅުން ވަޑައިގަތް ދެމީހުންގެ ތެރެއިން އެކަކީ ޝަމްއޫނުގެ ކޮއްކޮ އަންދުރާއި އެވެ.


ދެން މިއަށް ފަހު އީސާގެފާނު ދަތުރުކުރައްވައި ވަޑައިގެންނެވީ ގަލީލީކަނޑު، ނުވަތަ ތިބޭރިޔަސް ކަނޑުގެ އަނެއްފަރާތަށެވެ.


އަދި އަހަރެމެންނަށް މާތްރަސްކަލާނގެ އެންގެވި އެންގެވުންތައް ގެނެސްދެއްވި މުރުޝިދުންގެ މަތިން ހަނދާން ނައްތާ ނުލާށެވެ. އެބޭކަލުން ދިރިއުޅުއްވައި މަރުވެ ދިޔަގޮތް ބަލާށެވެ. އަދި އެފަދަ އީމާންތެރިކަމެއްގައި އުޅެވޭތޯ ބަލާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ