Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 4:8 - ކިތާބުލް މުޤައްދަސާ

8 އީސާގެފާނު މިފަދައިން ވިދާޅުވެ ޖަވާބު ދެއްވިއެވެ. ”⁠ބާވައިލެއްވިގެން ވަނީ މިފަދައިން: ’⁠ސަޖިދަ ކުރަން ވާނީ ހަމައެކަނި އެއްކައުވަންތަ މަތިވެރި ރަސްކަލާނގެ ކިބަފުޅަށޭ. އަދި އީމާންވާން ޖެހޭނީ ވެސް ހަމައެކަނި އެކަލާނގެއަށޭ.⁠‘⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 4:8
14 ပူးပေါင်းရင်းမြစ်များ  

މިހެން ޕަތަރަސް ދެންނެވުމުން އެކަލޭގެފާނު އޭނާއާ ދިމާއަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. ”⁠އަހަރެންގެ ކައިރިން އެއްކިބާވޭ، ޝައިތާނާ! ތިއުޅެނީ އަހަރެންގެ މަގަށް ހުރަސްއަޅަން. ތިބާގެ ތިޔަ ވިސްނުމަކީ މާތްރަސްކަލާނގެ ކިބަފުޅުގައިވާ ވިސްނުމެއް ނޫން. ތިއީ އިންސާނީ ވިސްނުމެއް.⁠“


އީސާގެފާނު އިބިލީހަށް ވިދާޅުވިއެވެ. ”⁠އަހަރެން ދޫކޮށް މިތަނުން ދުރަށްދޭ ޝައިތާނާ! މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެން ވަނީ: ’⁠ހަމައެކަނި އަޅުކަން ކުރަންވާނީ ތިޔަބައިމީހުންގެ އިލާހު، މާތްރަސްކަލާނގެއަށޭ. އަދި ޚިދުމަތް ކުރާން ޖެހޭނީ ވެސް އެކަލާނގެއަށޭ.⁠‘⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ ބާވައިލެއްވި ފޮތްތަކުގައި ލިޔެވިގެންވާ ފަދައިން: ’⁠މީހަކަށް ދިރިހުރުމަށްޓަކައި ހަމައެކަނި ބޭނުން ވަނީ ކާއެއްޗިއްސެއް ނޫން.⁠‘⁠“


އެހެންވީމާ ކަލޭމެން މާތްރަސްކަލާނގެ ކިބަފުޅަށް ބޯލަނބާށެވެ. އަދި އިބިލީސްއާއި ދެކޮޅަށް ތެދުވާށެވެ. އޭރުން އޭނާ ކަލޭމެންނާއި ދުރަށް ދުވާނެ އެވެ.


ޝައިތާނާއާއި ދެކޮޅަށް ހަރުދަނާ ގޮތުގައި ގާއިމުވެ ވަރުގަދަ އީމާންތެރިކަމެއްގައި ތިބޭށެވެ. މަސީޙީ ޖަމާޢަތުގެ ތިޔަ އަޚުންނާއި އުޚުތުން ހަނދާންކުރާށެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އެންމެހާ މަސީޙީން ތިޔަބައިމީހުންނެކޭ އެއްފަދައިން ވޭން ތަޙައްމަލު ކުރަމުން ދެއެވެ.


އަހަރެން އެ މަލާއިކަތާއަށް އަޅުކަން ކުރުމަށްޓަކައި ފައިންޕުޅު މައްޗަށް ގުދުވެ ސަޖިދަ ކުރީމެވެ. ނަމަވެސް އެ މަލާއިކަތާ އަހަރެންނަށް ވިދާޅުވިއެވެ. ”⁠ތިޔަފަދައިން އަމަލު ނުކުރޭ! އަހަރެންނަކީ ވެސް ތިބާއާއި އަދި އީސާގެފާނާއި މެދު ހެކިވަނިވި ފަރާތްތަކާއި އެއްފަދައިން މާތްރަސްކަލާނގެ ޚާދިމެއް. އިތުރު ފަރާތަކަށް އަޅުކަން ނުކުރޭ! ހަމައެކަނި އަޅުކަން ކުރަން ޖެހޭނީ މާތްރަސްކަލާނގެ ކިބަފުޅަށް! އެހެނީ އީސާގެފާނާއިމެދު ހެކިދޭ ކޮންމެ މީހަކުމެ ބުނެދެނީ މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ބާރުން.⁠“


ނަމަވެސް އެ މަލާއިކަތާ އަހަރެންނަށް ވިދާޅުވިއެވެ. ”⁠ތިޔަފަދައިން އަމަލު ނުކުރޭ! އަހަރެންނަކީ ވެސް ތިބާއާއި، އަދި ތިބާގެ އަޚުން ކަމުގައިވާ ނަބީންނާއި، އަދި މިފޮތުގައިވާ ބަސްފުޅުތަކަށް ކިޔަމަންތެރިވާ މީހުން ފަދަ ޚާދިމެއް. އިތުރު ފަރާތަކަށް އަޅުކަން ނުކުރޭ! ހަމައެކަނި އަޅުކަން ކުރާން ޖެހޭނީ މާތްރަސްކަލާނގެ ކިބަފުޅަށް!⁠“


މިހެންވެ ޞަމޫއީލް އިސްރާއީލުގެ ހުރިހާ އެންމެންނަށް އެންގިއެވެ. ”⁠ކަލޭމެން ހިތުގެ އަޑިން މާތްރަސްކަލާނގެ ކިބަފުޅަށް ރުޖޫޢަ ވާން ބޭނުންނަމަ ކަލޭމެން ތިޔަ ގެންގުޅޭ އެހެނިހެން ކަލުންނާއި ޢަޝްތާރޫތުގެ ސޫރަތައް ދޫކޮށް މާތްރަސްކަލާނގެ ކިބަފުޅަށް އެކަނި އަޅުކަން ޚާލިސް ކުރޭ. އޭރުން މާތްރަސްކަލާނގެ ކަލޭމެން ފިލިސްޠީނުންގެ އަތްދަށުން ސަލާމަތް ކޮށްދެއްވާނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ