Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 4:6 - ކިތާބުލް މުޤައްދަސާ

6-7 އަދި އިބިލީސް ބުންޏެވެ. ”⁠ކަލޭގެފާނު އަހަރެންނަށް ސަޖިދަކޮށްފި ނަމަ އަހަރެން ކަލޭގެފާނަށް މިހުރިހާ ޤައުމުތަކުގެ ވެރިކަން ކުރުމުގެ ބާރާއި އެޤައުމުތަކުގެ މުއްސަނދިކަން މިލްކުކޮށް ދޭނަން. އަހަރެންނަށް އެތަކެތި އަހަރެން ބޭނުން މީހަކަށް މިލްކު ކޮށްދިނުމުގެ ބާރު ލިބިގެން ވޭ. އެއީ މި ތަކެތީގެ މިލްކުވެރިއަކީ އަހަރެން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 4:6
15 ပူးပေါင်းရင်းမြစ်များ  

ދެން އީސާގެފާނު އެއްވެފައި ތިބި މީސްތަކުންނަށް ވިދާޅުވިއެވެ. ”⁠މި ދުނިޔޭގެ މީސްތަކުންގެ މައްޗަށް ހިސާބުބެއްލެވުމުގެ ވަގުތު ޖެހިއްޖެ. މި ދުނިޔޭގެ ވަލީޢަހުދު ކަމުގައިވާ ޝައިތާނާ ދެން ބޭރުކޮށްލެވިދާނެ.


އަހަރެން ކަލޭމެންނާއި ވާހަކަދައްކަން ހުރުމަށް މާކަ ގިނަވަގުތެއް ދެން ނެތް. އެއީ ދުނިޔޭގެ ވަލީޢަހުދު ކަމުގައިވާ ޝައިތާނާ އަހަންނާ ދިމާއަށް އެބައާދޭ. ނަމަވެސް އޭނާގެ ކިބަޔަކު އަހަރެންގެ މައްޗަށް ބާރު ފޯރުވުމުގެ ބާރެއް ނުވޭ.


ކަލޭމެންގެ ބައްޕައަކީ ޝައިތާނާ. ކަލޭމެންނަކީ އޭނާގެ މީހުން. ކަލޭމެން ކުރަނީ ކަލޭމެންގެ ބައްޕަ އުފާވާފަދަ ކަންތައް. ފެށުނީއްސުރެން ވެސް ޝައިތާނާއަކީ ގާތިލެއް. އޭނާއަކީ ތެދާ ދެކޮޅުވެރިވާ މީހެއް. އޭނާގެ ކިބައިގައި ތެދުވެރިކަމެއް ނުވާނެ. އޭނާ ހަދާނީ މުޅީން ވެސް ދޮގު. އެކަމުން ޝައިތާނާގެ އަސްލު ހާމަވެގެންދޭ. ޝައިތާނާއަކީ ދޮގުވެރިއެއް. ޝައިތާނާ އެއީ ދޮގުގެ ބައްޕަ ވެސް މެ.


އެ ދުވަސްތަކުގައި ތިޔަބައިމީހުން ބަލަމުން ދިޔައީ ދުނިޔޭގައި ވީ ނުބައި ގޮތްތަކަށެވެ. އަދި ކިޔަމަންތެރި ވެވުނީ ޝައިތާނާއަށެވެ. މުޅި ދުނިޔޭގެ މައްޗަށް އޭނާގެ ބާރު ހިންގައެވެ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް އުރެދޭ ހުރިހާ އެންމެންގެ މައްޗަށް އެ ޝައިތާނާގެ ރޫޙުގެ ބާރު ފޯރުވާނެއެވެ.


މުޤައްދަސް ފަތްފުށްތަކުގައި މިފަދައިން ބަޔާންވެގެންވެއެވެ. ”⁠އިންސާނުން ވަނީ ވިނަތަކެއްފަދައިންނެވެ. އެބައިމީހުންގެ ރީތިކަން ފަނޑުވެގެންދަނީ މާމެލާމެލީގެ ރީތިކަން ފަނޑުވެދާ ފަދަ އަވަސްކަމާއެކުގައެވެ. ވިނަ މިލައިމޯޅިވެދެއެވެ. އަދި މާމެލާމެލި ވެރި ދެއެވެ.


އަހަރެމެންނަކީ މާތްކަލާނގެ ދަރިންކަން އަހަރެމެން ޔަޤީން ކުރަމެވެ. އެކަމަކު އަހަރެމެންގެ ވަށައިގެންވާ ދުނިޔެ މިވަނީ ޝައިތާނާގެ ބާރުގެ ދަށުގައެވެ.


އެ ޑްރޭގަން ނަގައި އެއްލާލެވުނެވެ. އެއީ ގަދީމީ ހަރުފަ ވެސްމެއެވެ. އޭގެ ނަމަކީ: އިބިލީސް، ނުވަތަ ދުނިޔޭގެ ކެހިވެރިޔާ ކަމުގައި ވާ ޝައިތާނާއެވެ. އެ ޝައިތާނާ ދުނިޔޭގެ ތެރެއަށް އެއްލާލެވުނެވެ. އޭނާ އާއިއެކު އޭނާގެ މަލާއިކަތުން ވެސް އެއްލާލެވުނެވެ.


މި ކަނޑު ދާއްބަ އެންމެ ވައްތަރުވަނީ ލައްޖެހި މިނިކާވަގަކާ އެވެ. އޭގެ ފައި ސާރިދޯޅެއްގެ ފައި ފަދައިންވިއެވެ. އަދި އޭގެ އަނގަ ސިންގާއެއްގެ އަނގަ ފަދައިންވިއެވެ. ޑްރޭގަނަށް ލިބިގެންވީ ބާރާއި، ތަޚުތާއި، އަދި ލިބިގެންވީ ގަދަ އަމުރުވެރިކަން މި ކަނޑު ދާއްބައަށް ދިނެވެ.


މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އޭއްޗަށް ބާރު ލިބުނެވެ. އަދި އެބައިމީހުންގެ މައްޗަށް ފަތަޙަ ހޯއްދުމަށް ވެސް މެއެވެ. އަދި އެންމެހާ ގަބީލާތަކަށާއި، ނަސްލުތަކަށާއި، ބަހުރުވަތަކަށާއި، ޤައުމުތަކަށް އެފަދައިން އަމަލު ކުރުމަށްޓަކައި ވެސް އެ އެއްޗަށް ބާރު ލިބިގެން ވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ