ލޫކާސް 4:40 - ކިތާބުލް މުޤައްދަސާ40 އިރުއޮއްސުމާއި ކައިރިވެފައި ވަނިކޮށް މީސްތަކުން އީސާގެފާނުގެ އަރިހަށް އެކި ފާޑުފާޑުގެ ބަލިތައް ޖެހިފައިވާ މީހުން ގެނައެވެ. މި އެންމެންގެ ގައިގައި އެކަލޭގެފާނުގެ އަތްޕުޅު ބީއްސަވާ އެކަލޭގެފާނު އެއެންމެންގެ ބަލި ހެޔޮކުރެއްވިއެވެ. အခန်းကိုကြည့်ပါ။ |
ޔަޙުޔާގެފާނާއިމެދު ކަންތައްތައް ހިނގައިދިޔަ ގޮތުގެ ޚަބަރުފުޅު އީސާގެފާނަށް ލިބިވަޑައިގެންނެވުމުން ދޯންޏެއްގައި ފުރާ ވަޑައިގެން އެކަލޭގެފާނު ގިނިކަންޏާ އެކަހެރި ތަނަކަށް ވަޑައިގަތެވެ. ނަމަވެސް މީސްތަކުންނަށް އެކަލޭގެފާނު ވަޑައިގަންނަވާ ޚަބަރުފުޅު ލިބުމުން އެކިއެކި އަވަށްތަކުން ހިނގާފައި އެކަލޭގެފާނާއި ބައްދަލު ކުރެއްވުމަށް ޓަކައި އައެވެ.
މިމީހުންގެ އީމާންތެރިކަން ނެތުމުގެ ސަބަބުން އީސާގެފާނު އިންތިހާއަށް ޙައިރާންވެ ވަޑައިގަތެވެ. އެކަލޭގެފާނަށް އެބައިމީހުންގެ މެދުގައި މުޢުޖިޒާތެއް ދެއްކެވުމަށް ކުޅެދިގެން ނުވިއެވެ. އެހެނަސް ބައެއް ބަލިމީހުންގެ ގައިގައި އަތްޕުޅު ބީއްސަވާ ލައްވާ އެމީހުންގެ ބަލި ހެޔޮ ކޮށްދެއްވިއެވެ. އެއަށް ފަހު އީސާގެފާނު އެސަރަހައްދުގެ ވަށައިގެންވީ ރަށްތަކުގައި މީސްތަކުންނަށް އުނގަންނަވައި ދެއްވަމުން ގެންދެވިއެވެ.
އީސާގެފާނުގެ މަންދޫބުން މީސްތަކުންގެ ބަލިތައް ފަސޭހަ ކުރަމުން ދިޔުމުގެ ސަބަބުން މީސްތަކުން އެމީހުންގެ ތެރޭގައިވާ ބަލިމީހުން އެނދުއެނދަށާއި އަށިގަނޑުތަކަށް ލައިގެން ގެނެސް މަގުމަތީގައި ބައިތިއްބިއެވެ. އެއީ އީސާގެފާނުގެ މަންދޫބެއް ކަމުގައިވާ ޕަތަރަސް އެހެން ލައިގެން ދާއިރު، އެބަލި މީހުންގެ މައްޗަށް އޭނާގެ ހިޔަނި އެޅިއްޖެ ނަމަވެސް އެމީހުންގެ ބަލިތައް ފަސޭހަވާނެ ކަމުގެ އުންމީދުގައެވެ.