Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 4:4 - ކިތާބުލް މުޤައްދަސާ

4 އީސާގެފާނު ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ ބާވައިލެއްވި ފޮތްތަކުގައި ލިޔެވިގެންވާ ފަދައިން: ’⁠މީހަކަށް ދިރިހުރުމަށްޓަކައި ހަމައެކަނި ބޭނުން ވަނީ ކާއެއްޗިއްސެއް ނޫން.⁠‘⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 4:4
13 ပူးပေါင်းရင်းမြစ်များ  

ކަލޭމެން އަޅުކަން ކުރަން ޖެހޭނީ ކަލޭމެންގެ އިލާހު، ތިމަންކަލާނގެއަށް. ކަލޭމެން އެ ގޮތަށް ކަންތައް ކުރާނަމަ އަހަރެން ކަލޭމެންނަށް ކާނާއާއި ބޯފެން ދޭނަން. އަދި ބަލިމަޑުކަމުން ރައްކާތެރި ކޮށްދޭނަން.


އީސާގެފާނު ވިދާޅުވިއެވެ. ”⁠މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެން ވަނީ: ’⁠އިންސާނާ ދިރިހުރުމަށް ޓަކައި ހަމައެކަނި ބޭނުންވަނީ ކާއެއްޗިއްސެއް ނޫން. ނަމަވެސް ބޭނުންވާނީ މާތްރަސްކަލާނގެ ވަޙީކުރެއްވި ކޮންމެ ބަސްފުޅެއް.⁠‘⁠“


އެހެންވީމާ ކާބޯތަކެތި ލިބޭނޭ ގޮތަކާއިމެދު، ނުވަތަ އަންނައުނު ހޯދާނޭ ގޮތަކާއިމެދު ތިޔަބައިމީހުން ފިކުރު ނުކުރޭ.


ދެން އީސާގެފާނު އެމީހުން ކުރެން ސުވާލު ކުރެއްވިއެވެ. ”⁠ފައިސާއެއް، ދަބަހެއް، އަދި ފައިވާނަކާ ނުލާ އަހަރެން ކަލޭމެން ފޮނުވި ފަހަރު ކަލޭމެންނަށް އެއްވެސް އެއްޗަކަށް ދަތިވި ތަ؟⁠“ އެމީހުން ޖަވާބުގައި ބުންޏެވެ. ”⁠ނޫން. އަޅުގަނޑުމެންނަށް އެއްގޮތަކަށް ވެސް ދައްޗެއް ނުވޭ.⁠“


އެއީ ބާވައިލެއްވި ފޮތްތަކުގައި ލިޔެވިގެން ވޭ. ’⁠މަތިވެރި މާތްރަސްކަލާނގެ އެކަލާނގެ މަލާއިކަތުންނަށް ކަލޭގެފާނު ފަރުވާތެރި ކަމާއިއެކު ހިމާޔަތް ކުރުމަށް އަމުރުފުޅު ކުރައްވާނެއޭ.⁠‘


އިބިލީސް އެކަލޭގެފާނަށް ބުންޏެވެ. ”⁠ކަލޭގެފާނީ މާތްރަސްކަލާނގެ ދަރިކަލުންނެއްނު. ވީއިރު މިހިލަތަކަށް ރޮއްޓަށް ބަދަލުވުމަށް އަމުރު ކުރައްވާ. އޭރުން އެހިލަތައް ރޮއްޓަށް ވާނެއެއްނު.⁠“


އީސާގެފާނު މިފަދައިން ވިދާޅުވެ ޖަވާބު ދެއްވިއެވެ. ”⁠ބާވައިލެއްވިގެން ވަނީ މިފަދައިން: ’⁠ސަޖިދަ ކުރަން ވާނީ ހަމައެކަނި އެއްކައުވަންތަ މަތިވެރި ރަސްކަލާނގެ ކިބަފުޅަށޭ. އަދި އީމާންވާން ޖެހޭނީ ވެސް ހަމައެކަނި އެކަލާނގެއަށޭ.⁠‘⁠“


އަދި ދިންނެވުމަކީ ތިޔަބައިމީހުންގެ ބޮލުގައި ހެލްމެޓެއް ފަދައިން އަޅާށެވެ. މާތްރަސްކަލާނގެ ބަސްފުޅުގެ ބޭނުންކުރާށެވެ. އެބަސްފުޅަކީ ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ މާތްރޫޙުފުޅުން ލިބިދެއްވާ ކަނޑިއެއް ފަދައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ