Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 4:39 - ކިތާބުލް މުޤައްދަސާ

39 ދެން އެކަލޭގެފާނު ޝަމްއޫނުގެ މައިދައިތަގެ ކައިރިއަށް ވަޑައިގެން އެ ހުން ފިލައިދިއުމަށް އަމުރުފުޅު ކުރެއްވުމާއިއެކު އޭނާގެ ގައިން ހުން ފިލާ ރަނގަޅުވިއެވެ. ހަމަ ވަގުތުން އޭނާ ތެދުވެ އެމީހުންނަށް ކެއުން ތައްޔާރު ކުރުމުގެ ކަންތައްތަކުގައި އުޅެން ފެށިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 4:39
7 ပူးပေါင်းရင်းမြစ်များ  

އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން، ދީނީ މަރުކަޒުން ނުކުންނެވުމަށް ފަހު ޝަމްއޫނު އާއި އަންދުރާއިގެ ގެއަށް ސީދާ ވަޑައިގަތެވެ. އެކަލޭގެފާނުގެ އަރިހުގައި ޔާމިޒާއި ޔޫޙަންނާ ވެސް ގެންދެވިއެވެ.


އީސާގެފާނު އަމުރުވެރިކަމާއި އެކު ވިދާޅުވިއެވެ. ”⁠އަނގަމަޑުކުރޭ! އޭނާގެ ހަށިގަނޑުގެ ތެރެއިން ނުކުމޭ.⁠“ ދެން މި ޖިންނި އެމީހާ ބިންމައްޗަށް ވައްޓާލިއެވެ. އަދި އެމީހާގެ ހަށިގަނޑަށް އެއްވެސް އަނިޔާއެއް ނުދީ އޭނާ ދޫކޮށް ހިނގައްޖެއެވެ.


އަދި މީގެ އިތުރުން، އެމީހުންގެ ތެރޭގައި ޖިންނީންގެ ސަބަބުން ބަލިތައް ޖެހިފައި ވީ އެތައް ބައެއް ވެސް ރަނގަޅުކުރެއްވިއެވެ. މި ޖިންނިތަކަށް އީސާގެފާނަކީ ކޮން ބޭކަލެއްކަން އެނގެއެވެ. އެޖިންނިތައް ގޮވާ ހަޅޭއްލެވިއެވެ. ”⁠ކަލޭގެފާނު ތިޔައީ މާތްރަސްކަލާނގެ ދަރިކަލުން.⁠“ އީސާގެފާނު އެ ޖިންނިތަކަށް ވާހަކަ ނުދެއްކުމަށް ހަރުކަށިކަމާއި އެކު އަމުރުފުޅު ކުރެއްވިއެވެ. އެއީ އެއެއްޗިއްސަށް އެކަލޭގެފާނަކީ މާތްރަސްކަލާނގެ ޚާއްސަކުރެއްވި އަލްމަސީޙުކަން އެނގޭކަން އީސާގެފާނަށް އެނގިވަޑައިގެންފައި ވާތީއެވެ.


އަސްޙާބީން އީސާގެފާނަށް ގޮވައި ހޭފުޅުލައްވައި އެކަލޭގެފާނަށް ދެންނެވި އެވެ. ”⁠ސާހިބާ، ސާހިބާ! އަޅުގަނޑުމެން ގެނބި މި މަރުވަނީ!⁠“ އީސާގެފާނު ތެދުވެ ވަޑައިގެން ޖެހެމުން ދިޔަ ގަދަ ވަޔަށާއި ބޮޑެތި ބިޔަ ރާޅުތަކަށް މަޑުވުމަށް އަމުރު ކުރެއްވި އެވެ. ހަމަ އެވަގުތު ވައިގަނޑު މަޑުވެ ރާޅުތައް ހިނދި ކަނޑު އިހު އޮތް ފަދައިން މަޑުވެއްޖެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ