ލޫކާސް 4:38 - ކިތާބުލް މުޤައްދަސާ38 އީސާގެފާނު މި ދީނީ މަރުކަޒުން ނުކުންނެވުމަށް ފަހު ވަޑައިގެންނެވީ ޝަމްއޫނުގެ ގެއަށެވެ. ޝަމްއޫނަކީ އީސާގެފާނު ދަންނަ ރައްޓެއްސެކެވެ. އޭރު ޝަމްއޫނުގެ މައިދައިތައަށް ވަރަށް ގަދަ ހުމެއް ޖެހިފައި ވިއެވެ. އެގޭގެ މީހުން އީސާގެފާނުގެ ކިބަފުޅުން އޭނާގެ ހުން ރަނގަޅު ކޮށްދެއްވުމަށް އެދުނެވެ. အခန်းကိုကြည့်ပါ။ |
މުޅި ސޫރިޔާ ސަރަހައްދުގައި އީސާގެފާނުގެ ޚަބަރުފުޅު ފެތުރިގެން ދިޔައެވެ. އަދި މީސްތަކުން އެކަލޭގެފާނުގެ އަރިހަށް ބަލިމީހުން ގެންނަމުން ގެންދިޔައެވެ. އެބައިމީހުންނީ ތަފާތު ބަލިމަޑުކަމުގެ ވޭން އުފުލަމުން ގެންދާ މީހުން ވެސް މެއެވެ. އޭގެ ތެރޭގައި އިންތިހާއަށް ވޭނުގައި ތިބި ފަރާތްތަކާއި ޖިންނީގެ އުނދަގުލުގައި ތިބި މީހުންނާއި ހޭނެތި އިދިފުށަށް ދަމާ މީހުންގެ އިތުރުން ވާބަލީގައި ތިބި މީހުން ހިމެނެއެވެ. އީސާގެފާނު މިހުރިހާ މީހުންގެ ބަލި ފަސޭހަ ކޮށްދެއްވިއެވެ.