Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 4:35 - ކިތާބުލް މުޤައްދަސާ

35 އީސާގެފާނު އަމުރުވެރިކަމާއި އެކު ވިދާޅުވިއެވެ. ”⁠އަނގަމަޑުކުރޭ! އޭނާގެ ހަށިގަނޑުގެ ތެރެއިން ނުކުމޭ.⁠“ ދެން މި ޖިންނި އެމީހާ ބިންމައްޗަށް ވައްޓާލިއެވެ. އަދި އެމީހާގެ ހަށިގަނޑަށް އެއްވެސް އަނިޔާއެއް ނުދީ އޭނާ ދޫކޮށް ހިނގައްޖެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 4:35
17 ပူးပေါင်းရင်းမြစ်များ  

ދެން އީސާގެފާނު އެ ފިރިހެން ކުއްޖާގެ ހަށިގަނޑުގެ ތެރޭގައިވާ ޖިންނިއަށް އަމުރު ކުރެއްވިއެވެ. އެ ހިނދު އެ ޖިންނި އެ ކުއްޖާގެ ހަށިގަނޑުގެ ތެރެއިން ބޭރަށް ނުކުތެވެ. އަދި އެ ފިރިހެން ކުއްޖާ އެވަގުތުން ފެށިގެން ރަނގަޅުވިއެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އޭ އީމާންތެރިކަން ކުޑަ މީހުންނޭ! ކީއްވެ ތިޔަބައިމީހުން ބިރުން ތިޔަ އުޅެނީ؟⁠“ ދެން އެކަލޭގެފާނު ތެދުވެ ވަޑައިގެން ވަޔަށާއި ރާޅުތަކަށް މަޑުވުމަށް އަމުރު ކުރެއްވިއެވެ. އެ ހިނދު ވައި މަޑުވެ ރާޅުތައް ހިނދުނެވެ.


އެވަގުތު ނުބައި ރޫޙުގެ ސަބަބުން އެ ފިރިހެނާ އިދިފުށަށް ދަމަންފެށިއެވެ. އަދި ބާރު އަޑުފަށްގަނޑަކާއެކު އެ ފިރިހެނާ ދޫކޮށް ހިނގައްޖެއެވެ.


އީސާގެފާނު ތެދުވެ ވަޑައިގެން އެ ގަދަ ކޮޅިގަނޑު މަޑުވުމަށް އަމުރު އަމުރުކުރެއްވިއެވެ. އެ ހިނދު ވަޔާއި ކަނޑު އިހުނެކޭ ވެސް އެއްގޮތަށް ހަނުހިމޭން ވިއެވެ.


ގަދަ އަޑުފަށްގަނޑަކާއެކު އެ ފިރިހެން ކުއްޖާ އިދިފުށަށް ދަމައިގަތުމަށް ފަހު ޖިންނި އެ ފިރިހެން ކުއްޖާގެ ހަށިގަނޑުން ބޭރުވެގެން ދިޔައެވެ. އެ ހިނދު އެ ފިރިހެންކުއްޖާ ވަނީ ޙަރަކާތްނެތި މަރުވެފައިވާ މައްޔިތެއް ފަދައިންނެވެ. އަދި އެ ކުއްޖާ ދުށް ގިނަ މީހުންނަށް ބުނެވުނެވެ. ”⁠އެ ކުއްޖާ އެ އޮތީ މަރުވެފަ!⁠“


ނަމަވެސް އޭނާއަށް ވުރެ ވަރުގަދަ މީހަކު އޭނާއާއި ހަމަލާދީ ބަލިކޮށްލައިފި ނަމަ ބަލިވިމީހާ އިތުބާރުކުރި ހަތިޔާރުތައް އެވަރުގަދަ މީހާ ގެންދާނެ. އަދި ބަލިވިމީހާގެ ގޭގައި ވާ މުދާތައް ވެސް އޭނާގެ އެކުވެރިންނަށް ބަހާލާނެ.


އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން ހިތާހިތުން ތިޔަ ކިޔަނީ އަހަންނާ ދިމާލަށް މިހެން ބުނަންކަން އަހަންނަށް އެނގޭ. ’⁠އޭ ބޭސްވެރިޔާއޭ. ކަލޭގެ އަމިއްލަ ބަލި ފަސޭހަކޮށް ބަލާށޭ. ކަލޭ ކަޕަރުނައުމްގައި މުޢުޖިޒާތްތައް ދެއްކިޔޭ ބުނާތީ އިވެއޭ. ވީއިރު މުޢުޖިޒާތްތައް ކަލޭގެ އަމިއްލަ ރަށުގައި ވެސް ދައްކަން ވީނުންހޭ؟⁠‘


ދެން އެކަލޭގެފާނު ޝަމްއޫނުގެ މައިދައިތަގެ ކައިރިއަށް ވަޑައިގެން އެ ހުން ފިލައިދިއުމަށް އަމުރުފުޅު ކުރެއްވުމާއިއެކު އޭނާގެ ގައިން ހުން ފިލާ ރަނގަޅުވިއެވެ. ހަމަ ވަގުތުން އޭނާ ތެދުވެ އެމީހުންނަށް ކެއުން ތައްޔާރު ކުރުމުގެ ކަންތައްތަކުގައި އުޅެން ފެށިއެވެ.


އަދި މީގެ އިތުރުން، އެމީހުންގެ ތެރޭގައި ޖިންނީންގެ ސަބަބުން ބަލިތައް ޖެހިފައި ވީ އެތައް ބައެއް ވެސް ރަނގަޅުކުރެއްވިއެވެ. މި ޖިންނިތަކަށް އީސާގެފާނަކީ ކޮން ބޭކަލެއްކަން އެނގެއެވެ. އެޖިންނިތައް ގޮވާ ހަޅޭއްލެވިއެވެ. ”⁠ކަލޭގެފާނު ތިޔައީ މާތްރަސްކަލާނގެ ދަރިކަލުން.⁠“ އީސާގެފާނު އެ ޖިންނިތަކަށް ވާހަކަ ނުދެއްކުމަށް ހަރުކަށިކަމާއި އެކު އަމުރުފުޅު ކުރެއްވިއެވެ. އެއީ އެއެއްޗިއްސަށް އެކަލޭގެފާނަކީ މާތްރަސްކަލާނގެ ޚާއްސަކުރެއްވި އަލްމަސީޙުކަން އެނގޭކަން އީސާގެފާނަށް އެނގިވަޑައިގެންފައި ވާތީއެވެ.


އަސްޙާބީން އީސާގެފާނަށް ގޮވައި ހޭފުޅުލައްވައި އެކަލޭގެފާނަށް ދެންނެވި އެވެ. ”⁠ސާހިބާ، ސާހިބާ! އަޅުގަނޑުމެން ގެނބި މި މަރުވަނީ!⁠“ އީސާގެފާނު ތެދުވެ ވަޑައިގެން ޖެހެމުން ދިޔަ ގަދަ ވަޔަށާއި ބޮޑެތި ބިޔަ ރާޅުތަކަށް މަޑުވުމަށް އަމުރު ކުރެއްވި އެވެ. ހަމަ އެވަގުތު ވައިގަނޑު މަޑުވެ ރާޅުތައް ހިނދި ކަނޑު އިހު އޮތް ފަދައިން މަޑުވެއްޖެއެވެ.


ޖިންނިއެއް އޭނާއާއި އަވަލައިފި. އޭނާ ކުއްލިއަކަށް ހުރެފައި ހަޅޭއްލަވަން ފަށާ. އޭތި އޭނާ ހޭ ނައްތާލުމުން އޭނާގެ އަނގައިން ފޮނު ވެސް އަރާ. އޭތި އޭނާ އެންމެ އިރުކޮޅަކަށް ވެސް ދުލެއް ނުކުރޭ. އޭތި އޭނާ އެ ނެތި ކޮށްލަނީ.


އެކުއްޖާ އީސާގެފާނުގެ އަރިހަށް އައިސް ހުއްޓާ ވެސް ޖިންނި އޭނާ ހޭނައްތާ ވައްޓާލުމުން އެކުއްޖާގެ ދަތްޕިލާޖެހި އަނގައިން ފޮނުއެރިއެވެ. ނަމަވެސް އީސާގެފާނު އެ ޖިންނިއަށް ރައްކާވެ ދިއުމަށް އަމުރު ކުރެއްވިއެވެ. އަދި އެކުއްޖާ ރަނގަޅުކޮށް އޭނާގެ ބައްޕަ އާއި ހަވާލުކުރެއްވިއެވެ.


އޭ އުޑުތަކާ އަދި އުޑުތަކުގައި ތިބި ހުރިހާ އެންމެން އުފަލުގައިވޭ! ނަމަވެސް ބިމާއި އަދި ކަނޑަށް ބިރުވެރިކަން އަންނާނެ. އެހެނީ ޝައިތާނާ ބިމަށް އައީ ނުހަނު ރުޅިވެރި ކަމާއެކު. އެއީ އޭނާއަށް ލިބިގެންވަނީ ނުހަނު ކުޑަ ވަގުތުކޮޅެއްކަން އޭނާއަށް އެނގޭތީ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ