33 އެމަރުކަޒުގައި ވީ މީހުންގެ ތެރޭގައި ޖިންނި މޮޔަވެފައި ވީ ފިރިހެނަކު ވިއެވެ. އޭނާގެ ގައިގައި އަވަލާފައި ވީ ޖިންނި މިފަދައިން ކިޔާ ހަޅޭއްލަވާ ގޮވަންފެށިއެވެ.
ކުއްލިއަކަށް ނުބައި ރޫޙެއް އަވަލާފައިވީ ފިރިހެނަކު ދީނީ މަރުކަޒުގެ ތެރެއަށް އައިސް ހަޅޭލަވަން ފެށިއެވެ.
މީސްތަކުން އެކަލޭގެފާނު އުގަންނާ ދެއްވެވި ގޮތާއި އެކަލޭގެފާނުގެ ބަސްފުޅުތަކުގެ އަޑުއިވި ހައިރާންވިއެވެ. އެއީ އެކަލޭގެފާނުގެ ބަސްފުޅުގައި ވާ މަތިވެރި ކަމާއި އާރާއިބާރުގެ ސަބަބުންނެވެ.
”އޭ ނާޒަރަތުގެ އަހުލުވެރި އީސާ. ކަލޭގެފާނު ތިޔައުޅެނީ އަހަރެމެންނަށް ކީއްކުރަން؟ ކަލޭގެފާނު މިތަނަށް ތިޔައައީ އަހަރެމެން ނައްތާލުމަށް ތަ؟ ކަލޭގެފާނު ތިޔައީ ކާކުކަން އަހަންނަށް އެނގޭ. ކަލޭގެފާނަކީ މާތްރަސްކަލާނގެ މަތިވެރި ކުރެއްވި މީހާ.“