Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 4:32 - ކިތާބުލް މުޤައްދަސާ

32 މީސްތަކުން އެކަލޭގެފާނު އުގަންނާ ދެއްވެވި ގޮތާއި އެކަލޭގެފާނުގެ ބަސްފުޅުތަކުގެ އަޑުއިވި ހައިރާންވިއެވެ. އެއީ އެކަލޭގެފާނުގެ ބަސްފުޅުގައި ވާ މަތިވެރި ކަމާއި އާރާއިބާރުގެ ސަބަބުންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 4:32
15 ပူးပေါင်းရင်းမြစ်များ  

އެކަލޭގެފާނު އުނގަންނަވައިދެއްވި ގޮތާ މެދު މީސްތަކުން ޙައިރާންވިއެވެ. އެކަލޭގެފާނު އުނގަންނަވައި ދެއްވީ ދީނީ ދަންނަބޭކަލުންގެ ގޮތުގައި ނޫނެވެ. އެއާ ޚިލާފަށް އެކަލޭގެފާނު އުނގަންނަވައި ދެއްވީ އާރާއިބާރު ލިބިވަޑައިގެންފައިވާ ބޭކަލެއްގެ ގޮތުގައެވެ.


އެކަލޭގެފާނުގެ ވިސްނުންފުޅުތޫނުކަމާއި ދެއްވަމުން ގެންދެވި ޖަވާބުފުޅުތަކުގެ ހަރުދަނާ ކަމުގެ ސަބަބުން އެތާނގައި ތިބި އެންމެން ވަރަށް ބޮޑަށް އަޖައިބުވިއެވެ.


އެމަރުކަޒުގައި ވީ މީހުންގެ ތެރޭގައި ޖިންނި މޮޔަވެފައި ވީ ފިރިހެނަކު ވިއެވެ. އޭނާގެ ގައިގައި އަވަލާފައި ވީ ޖިންނި މިފަދައިން ކިޔާ ހަޅޭއްލަވާ ގޮވަންފެށިއެވެ.


މިތާ ތިބި އެންމެން މި މަންޒަރު ދެކި އަޖައިބުވެ ހައިރާންވިއެވެ. މިބައިމީހުން އެކަކު އަނެކަކަށް ބުނަން ފެށިއެވެ. ”⁠މިއީ ކޮންފަދަ އަޖައިބު ކުރުވަނިވި ބަސްތަކެއްހޭ؟ މި ކަލޭގެފާނުގެ ބަސްފުޅުތަކުގައި މަތިވެރިކަމާއި އާރާއިބާރު ވާކަން ކަށަވަރު. މީހުންނާއި އަވަލާފައިވާ ނުބައި ޖިންނިތައް ވެސް އެކަލޭގެފާނުގެ ބަސްފުޅަށް ކިޔަމަންވެ އެމީހުންދޫކޮށް އެދަނީ އޭ.⁠“


ހަށިގަނޑަކަށް އެއްކަމެއް ވެސް ހާސިލެއް ނުކުރެވޭނެ. އިންސާނާއަށް ދިރުން ގެނެސްދެނީ ރޫޙުފުޅު. އަހަރެން މިބުނެދީ އިންސާނާއަށް ދިރުން ލިބިދެވޭ ރޫޙުފުޅުގެ ވާހަކަ.


ސިފައިންގެ މީހުން ޖަވާބުގައި ބުންޏެވެ. ”⁠އެކަލޭގެފާނުގެ ބަސްފުޅުތަކަކީ މީގެ ކުރިން ދުވަހަކު ވެސް މީހަކު ބުނެފައި ނުވާ ފަދަ މަތިވެރި ބަސްފުޅުތަކެއް.⁠“


ސަބަބަކީ ހެޔޮޚަބަރުފުޅު ތިޔަބައިމީހުންނަށް އަހަރެމެން ގެނެސްދިނީ ހަމައެކަނި ބަސްތަކަކުން ނޫން ކަމުންނެވެ. ނަމަވެސް ބާރާއި އެކުގައި ވެސްމެއެވެ. އެހެނީ އަހަރެމެން ފުރިހަމައަށް ބުނެދިން ތަކެއްޗަކީ ޙައްޤު ތެދުކަން ތިޔަބައިމީހުންނަށް ޔަޤީން ކުރެވިފައި ވަނީ މާތްރަސްކަލާނގެ މާތްރޫޙުފުޅުންނެވެ. ތިޔަބައިމީހުންގެ ތެރޭގައި އަހަރެން ވޭތުކުރި ދުވަސްތަކުގައި އަހަރެމެންގެ އަމަލުތައް ހުރި ގޮތުން ތިޔަބައިމީހުންނަށް އަހަރެމެން ގެނެސްދިން އެ ހެޔޮޚަބަރުފުޅުގެ ތެދުކަންވަނީ ސާބިތު ކުރެވިފައެވެ.


ތިބާގެ ފުރިހަމަ އިޚުތިޔާރާއި ބާރުގެ ބޭނުން ކޮށްގެން މިކަންތައް އުނގަންނައިދީ، މީހުން އިސްލާޙުކޮށް ހިތްވަރު ދޭށެވެ. ކޮންމެ މީހެއްގެ އިޙުތިރާމާއި ޤަދަރު ތިބާއަށް ލިބިދޭނެ ކަމުގައި ޔަޤީން ކުރަމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ