Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 4:31 - ކިތާބުލް މުޤައްދަސާ

31 ދެން އެކަލޭގެފާނު ވަޑައިގެންނެވީ ގަލީލީގެ އެހެން އަވަށެއް ކަމަށްވާ ކަޕަރުނައުމް އަށެވެ. އަދި ސަބަތުގެ ދުވަހުގައި އެތަނުގައި މީސްތަކުންނަށް އުގަންނަވާ ދެއްވުމަށް ފެއްޓެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 4:31
14 ပူးပေါင်းရင်းမြစ်များ  

ތިޔަބައިމީހުންނާއި މެދުގައި އަވަށަކުން އަނިޔާވެރި ގޮތަކަށް އަމަލުކޮށްފިނަމަ، އަނެއް އަވަށަކަށް އަވަހަށް ދޭ. އަހަރެން މިބުނަނީ ތެދެއް. ބަނީއިސްރާއީލުގެ ހުރިހާ އަވަށަކަށް ތިޔަބައިމީހުން ގޮސް ނުނިމުނީސް އިންސާނާގެ ދަރިކަލުން އަންނާނެ.


އަދި ނާޒަރަތަށް ވަޑައިގެންނެވުމުގެ ބަދަލުގައި ކަޕަރުނައުމް އަވަށަށް ވަޑައިގެން ދިރިއުޅުއްވަމުން ގެންދެވިއެވެ. އެއީ ޒަބޫލޫން އާއި ނަފްތާލީ ސަރަހައްދުގެ ތެރެއިން ގަލީލީ ކަނޑުގެ އައްސޭރި ފަށުގައިވާ އަވަށެކެވެ.


އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން ހިތާހިތުން ތިޔަ ކިޔަނީ އަހަންނާ ދިމާލަށް މިހެން ބުނަންކަން އަހަންނަށް އެނގޭ. ’⁠އޭ ބޭސްވެރިޔާއޭ. ކަލޭގެ އަމިއްލަ ބަލި ފަސޭހަކޮށް ބަލާށޭ. ކަލޭ ކަޕަރުނައުމްގައި މުޢުޖިޒާތްތައް ދެއްކިޔޭ ބުނާތީ އިވެއޭ. ވީއިރު މުޢުޖިޒާތްތައް ކަލޭގެ އަމިއްލަ ރަށުގައި ވެސް ދައްކަން ވީނުންހޭ؟⁠‘


ނަމަވެސް ބަނީއިސްރާއީލުގެ ވެރިން އެ ރަށުގެ ބާރާއި ނުފޫޒު ހިނގާ ބައެއް ފިރިހެނުންނާއި އަދި ދީންވެރި ކަމަށް މަޝްހޫރު މީހުން އިޙުތިރާމު ކުރާ ބައެއް އަންހެނުންގެ ގާތަށް ގޮސް އެމީހުން ޕައުލް އާއި ބަރުނައްބާސް އާއި ދެކޮޅުވެރި ވާނެ ފަދައިން ވާހަކަދައްކާ ދެކޮޅު ކުރުވިއެވެ. އަދި އެ ގޮތުން އެމީހުން ޕައުލް އަށާއި ބަރުނައްބާސް އަށް އުނދަގޫތައް ދޭން ފެށިއެވެ. އެމީހުން ޕައުލް އާއި ބަރުނައްބާސް އެ ސަރަހައްދު ން ވެސް ބޭރު ކުރިއެވެ.


އަދި ކޮންމެ ސަބަތުގެ ދުވަހެއްގައި ޕައުލް ބަނީއިސްރާއީލު މީހުން އަޅުކަން ކުރުމަށް ދާ ދީނީ މަރުކަޒުގައި ބަނީއިސްރާއީލު މީހުންނާއި އަދި އެހެން މީހުންނާއި ވެސް މާތްރަސްކަލާނގެ އާއި މެދު ވާހަކަދައްކާ އެމީހުން އެކަލާނގެ މަގަށް އެނބުރުމަށް މަސައްކަތް ކުރިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ